ރައީސް ވިދާޅުވީ ފަހި ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ނަންގަވައި، ހައްލެއް ގެނެސްދެއްވާނެ ކަމަށް.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރާއްޖޭގެ ޓިކްޓޮކްގައި މަޝްހޫރު އާމިނަތު އިރާޝާ (ފެރޯ ސިސް) ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ޑިސެމްބަރ 2025 - 12:05
ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ދައްކަން އިތުރު ލުއިގޮތްތަކެއް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި، ރާއްޖޭގެ ޓިކްޓޮކްގައި މަޝްހޫރު އާމިނަތު އިރާޝާ (ފެރޯ ސިސް) އާއި އެހެން ބައެއް މީހުން ވެސް ވަނީ 4،000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުއްޔާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ގަލޮޅަށް އުފަން އިރާޝާ ބުނީ މިފަހަރު އޭނާއަށް ވެސް ތިން ކޮޓަރީގެ ފްލެޓެއް ލިބުނު ކަމަށާއި އެތަނަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ ކަމަށެވެ. އެ ފައިސާ ދައްކަން އޭނާގެ މާލީ ހާލަތު ތަން ނުދިން ނަމަވެސް، ފަގީރުންގެ ދަފުތަރުގައި އޭނާގެ ނަން ޖަހައިގެން ޑައުންޕޭމަންޓް ދައްކަން ނުކެރޭނެ ކަމަށް ބުންޏެވެ.
ބަލާފައި، މިކަމުގައި [ޑައުންޕޭމަންޓް] މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، އެންމެ ރަނގަޅު ހައްލެއް ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކާ ގެނެސްދޭނަން. -- ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އާންމުންގެ ސުވާލުތައް ރައީސް ނޯޓްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ފްލެޓް ލިބި ޑައުންޕޭމަންޓް ނުދެއްކި ތިބި، 14 މީހަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދޭން ޒަކާތު ހައުސް އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ނިންމައިފަ އެވެ. އެއީ 14 މީހަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 340،000ރ. އެވެ.
"އެކަމަކު، އަޅުގަނޑު ވެސް މި އުޅެނީ ހަމަ ހަގީގަތުގައި ވެސް އެ 25،000ރ. ދައްކަންވީމަ، އަދި އިތުރަށް 10،500ރ. ދައްކަންވީމަ އެއީ ވަރަށް ބޮޑު އަދަދެއް. މުޅި ހުޅުމާލޭގައި އެޅި ސޯޝަލް ހައުސިންގެ ނުނަގާ ވަރުގެ ބޮޑު ކުއްޔެއް، މި ސަރުކާރުން މި ހަމަޖެއްސީ. އަދި މަހުގެ 11 ގެ ފަހުން މި ނަގަނީ ވެސް އިތުރު 2،500ރ. ލާފައި،" އިރާޝާ ބުންޏެވެ.
އިރާޝާ ބުނީ މިހާރު އާންމު މީހެއްގެ މަހު މުސާރައަކީ އެންމެ ގިނަވެގެން 12،000ރ. ނުވަތަ 13،000ރ. ކަމަށެވެ.
"[އެ މުސާރައިން] ކިރިޔާ ދިރިއުޅެވޭނީ އެ މީހުންނަށް ދަރިންނާއި ކުލި ދައްކައިގެން. އެކަމަކު، ސޯޝަލް ހައުސިން ޔުނިޓަކަށް 10،500ރ. ދައްކާފައި ކަރަންޓު ބިލު، ފެން ބިލު، އަދި އެހެން ޒަރޫރީ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން ކިހިނެއްތޯ، އަތާއި ފަޔާ ދިމައެެއް ނުވޭ އިނގޭތޯ ރައީސުލްޖުމްހޫރިއްޔާ،" އޭނާ ބުންޏެވެ.
"އެހެންވީމަ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން 25،000ރ. ގެ އެޑްވާންސް ކަނޑާލަދިނުމަށް. އަދި އޭގެ އިތުރުން މި ކުލި 10،500ރ. އަށް ވުރެ ކުޑަކޮށްދިނުމަށް."
ރައީސް ވިދާޅުވީ މި އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން 4،000 ފްލެޓު ލިބުނު މީހުންނަށް އެ ތަންތަނަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ޓަވަރަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލާއި މި މަސް ނިމުމުގެ ކުރިން އެ ތަންތަނަށް ބަދަލުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ގަލޮޅުގެ ބައެއް ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑައުންޕޭމަންޓާ ގުޅިގެން އާންމުން ފާޅުކުރި ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ އެ މައްސަލައަށް ގެނެވޭނެ ހައްލެއް ބައްލަވައި "ޕޮޒިޓިވް" ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
"އެހެންވީމަ ތި ކަމަކީ ވެސް [ޑައުންޕޭމަންޓްގެ މައްސަލައަކީ] ހަމަ އަޅުގަނޑު ވަރަށް ސީރިއަސްކޮށް ބަލައިދޭނެ ކަމެއް. ތިކަމަށް ގެނެވޭނެ ހައްލަކީ، މި ދެންނެވީ މި 4،000 ފްލެޓުގެ ޑައުންޕޭމަންޓް 25،000ރ. އުނިކޮށްލުން ނޫނިއްޔާ ކޮން ކަހަލަ ބަދަލެއްތޯ، ނޫނީ މަހުންމަހަށް ދައްކަން ޖެހޭ ވަރަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑުމެން ގޮސްފައި ބަލާނަން،" ރައީސް ވިދާޅުވި އެވެ.
"ބަލާފައި، މިކަމުގައި މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، އެންމެ ރަނގަޅު ހައްލެއް ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކާ ގެނެސްދޭނަން."
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުރިޔާ
17 December 2025
މިއީ މިސަރުކާރުން ނިންމިގޮތް ކުރީ ސަރުކާރުން މިފުލެޓްތަކުގެ ކުއްޔާމެދު ނިންމާފައިވާއިރު ހިމަނާލަންނުކެރުނީ ބިރުން ދެއްތޯ
ސައްދާމު
17 December 2025
ދޮންކަލޯ ތިޔަވިދާޅުވަނީ ސޯޝަލް ހައުސިން ފުލެޓްގެ ވާހަކަތޯ, މީހުންގެ ގެ ކުއްޔަނެގުމާއި މީތި ތަފާތު, ވީމަ ހައްގުމީހުން ހޯދާގެން އެމީހުންނަ ދެނީ.
ހަސަންބޭ
17 December 2025
ވަރަށް ދެރަ ރޯދަމަސް ޖެހެން 18 ދުވަސް ކާރި ކޮށްފަ ދޭ ގޮތަށް ނިންމާފަ އޮތީ ކީއްތަވާނީ އެތާގެ ކުރަންޖެހޭ މަސައްކަތް ރޯދައަށް ނިމޭވަރަށް ތަން ހަވާލު ކުރިނަމަ, ބަދިގެ ބެންޗު ގަނޑެއްހާމިންވެސް ނެތް, އެކަން އެޑްވާސް ނަގާފި ދޮޅުމަސް ކުރިން.
ޙސަނ
17 December 2025
އެގްރިމަންޓުގައި ސޮއި ކުރާ އިރު އެބަ އިނގޭ ދައްކަން ޖެހޭ ވަރެއް. ސޮއި ކުރުމަށް ފަހު މިކަންކަން ބަދަލު ކުރުމަކީ ވެވޭ ބޭއިންސާފެއް. ވިނަރެސް ފްލެޓް ތަކަށް ވެސް ކުރިމަތި ލާން ހުޅުވާލި އިރު ދައްކަން ޖެހޭ އަދަދު ބޮޑުވެ އެތަނަށް ކުރިމަތި ނުލާ އެތައް ބަޔަކު ތިބި…މާފަހުން އަދަދު ކުޑަ ކުރީ. އަނެއްކޮޅުން ޤައުމުގެ ދަރަނި ދަނީ މައްޗަށް
ދެކޮޅުނޖެހޭ
17 December 2025
" ފަގީރުންގެ ދަފުތަރުގައި އޭނާގެ ނަން ޖަހައިގެން ޑައުންޕޭމަންޓް ދައްކަން ނުކެރޭނެ ކަމަށް ބުންޏެވެ" އެކަމަކު ފަގީރަކޯ
ފަޅުމަސް
17 December 2025
ދެން އެތަކެއް ހާލުން ޑިޕޮސިޓު ދެއްކި މީހުންނޯ؟ ދެއްކި މީހުން ދެއްކީކީ ލާރިތަކެއް ގިނަވެފަ ހުރެގެނެއް ނޫން.. އެ މީހުންނަށް އޮތީ ކޮން ލިޔެއް؟
ޢަލްޓިކޯ
17 December 2025
ޙިޔާފްލެޓްތަކަށް ދެލައްކަ ތިންލަ ދައްކަން ޖެހޭ މީހުންގެ ދަރަނި ރައީސް މާފްކުރިކަމަށް އެފުނުވީ އެޗްޑީސީން ސިޓީ ކޮބާހޭ ކޮބާހޭ އެތަން ތަން ކުއްޔަށް ދީ ރެންޓުކުރިމީހާގެ ހައްގު ދިވެހިރައްޔިތުންގެ ހައްގު މީތަ އިންސާފްއަކީ
ފޫހި
17 December 2025
ފުރަތަމަ ކަމަކީ ތިޔަ ސުވާލުކުރާ މީހުންގެ ޝަރުޠު ހަމަވިތޯ ބެލުން. ދެވަނަ ކަމަކީ އުޞޫލު ދެމެހެއްޓުން. އުޞޫލު ގެޒެޓްކުރުމަށްފަހު އެއަށްބަދަލު ގެންނަނަމަ އަލުން ޖެހޭނެ ފުރުޞަތު ހުޅުވާލަން. 10 ރުފިޔާދައްކަންޖެހުނަސް ޝަކުވާ ހުހެއްނުވާނެ. ދެން ދައުލަތް ދެރީމަ އޭގެ އަސަރު ފްލެޓް ނުލިބޭ މީހާއަށް ވެސް ކުރާނެ. ޝަކުވާނިމޭނީ ހިލޭ 3 ފްލެޓް ލިބި ކުއްޔަށް އެތަންތަންދީގެން ކުލިކޭމަ. ރައީސަށް ދަންނަވަން ގައުމުގެ އިގްތިސޯދާ ގުޅޭކަންކަން ތިޔަގޮތަށް ބަދަލުނުކުރުމަށް.
ސަހަރޯއި
17 December 2025
ދިިވެހިން އަނގަމައްޗަށް ނަގައިގެންތިއްބާ ކާއެތިކޮޅު އަނގައަށް ވެއްޓުމުން އެދިރުވާލަދިނުމަކީވެސް ސަރުކާރުން ކޮށްދޭންޖެހޭކަމެއް. ކަފަދާނަށްތެޔޮއަޅާފަބޭއްވިޔަސް ފުރޮޅާލަދޭން ސަރުކާރުން އަންނަންޖެހޭނެ. މިބުނީ އެއްމެލާރިއެއްވެސް ކުޑަކުރާނެކަމެއްނެތް. ތިޔައިންމީހަކު ކުއްޔެއް ނުދައްކާނެ އަނގަޔާއަތާ ދިމާނުވާތީ. އަގުބޮޑުފޯނާ ސައިކަލާ އަލަމާރިފުރިބަންޑުންވާވަރަށް އަންނައުނާފައިވާނާދަބަހާމޭކަޕާ ހުއްޓަސް ކާނެއްޗެއް ެތީމަ ކުލިނުދެއްކޭނެ.
ާދުރުމި
17 December 2025
މި ކޮންކަހަލަ އިންސާފެއް އޮންނަ ގައުމެއްތަ؟ އޗޑސ ން އަގު ބޮޑުކޮށް ވިއްކި ވިނަރެސް ފްލެޓަށް ވަންނަން 350000 ޑައުންޕޭމަންޓަށް ދައްކަން ޖެހުނު އޭގެ ދުވަސް ކޮޅެއް ފަހުން ވިނަރެސް އަކީ ސޯޝަލް އެއް ކަމަށް ކަނޑަ އަޅައިފި އަދި ފަހި ފްލެޓުން ލިބުނު ފްލެޓް ވެސް ވިނަރެސް ގަނެފައި އިނީމައޭ ކިޔާފަ އަތުލައިފި އަބަދުވެސް އެއްބަޔަކަށް މޮޅުގޮތް . މިވަރުވާ އިރު ސްޕްރީމް ކޯޓްވެސް ނިދާފަ . އެހެން ގައުމެއްގައި ނަމަ ބައެއްގެ ހައްގުތަށް ގެންލޭތަން ބަލަން ސކޯޓްނުތިބޭނެ