ޚަބަރު / ޑރ. އަހުމަދު ޝަމްހީދު (ހުޅުމާލެ ދެކުނު)

ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުން ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވައި، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދެވެ.

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިީހުން ފާސްކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް ކުއްލި މައްސަލާގައިވެ އެވެ.

އަދި، އެ މައްސަލާގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހެއް ތާވަލްކޮށްފައިނިކޮށް، އެ ދުވަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ މައްސަލަ ހިނގުން ހުއްޓުވައި، މައްސަލަ ބަލަން ހުރަސް އެޅުން ގޮތުގައި ކުއްލި މައްސަލާގައި ވަނީ ސިފަ ކޮށްފަ އެވެ.

ޝަމްހީދުގެ ކުއްލި މައްސަލާގައި ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު އެ މައްސަލަ ބެލޭނެ ގޮތެއް މިވަގުތު އިތުރަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި އެ ކޯޓުގައި މަރުތަޅު އަޅުވާ ކަމަށް ބުނެފަ އެވެ.

މި އަމަލުތައް ކުށްވެރިކޮށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް ހިންގާ ހުރިހާ އަމަލެއް ހުއްޓާލުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި މައްސަލަ ބޭރުކޮށްލާފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކުރުމުގައި ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން މިއަދުގެ ވޯޓުގައި ވޯޓު ދެއްވީ ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 30%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޛޫދު

04 March 2025

ރާއްޖޭގަ ޖުޑީޝަރީއެއް އޮވޭތަ؟ ނުދަންނަން. ހުސްނޫ ސޫދު އަކީ ކާކުކަން ނުދަންނަށް މީހަކު މިދިވެހި ރާއްޖޭގަ އުޅޭނެހެނެއް ހިއެއްނުވޭ. ހުރިހާ އެއްމެން އިސްތިއުފާދީ

The name is already taken The name is available. Register?

ތޯއިފް އަލީ

04 March 2025

ބަލަ ގޮޑި ގެއްލެން ޖެހޭ. އަހަރުން ވޯޓު ދީފަ ހޮވީ ޕާޓީ މީހާއޭ. އޭނަ ޕާޓީ ތްރޫކޮށް ހޮވިފަ ބޭނުންހާ ގޮތަކަށް ވޯޓު ދޭން ހޮވި މީހެއް ނޫން އެއީ. ކޮން ސުޕްރީމް ކޯޓެއް އޮންނާނީ. އެތާ ތިބި ދެތިން ފަޑިޔާރުންނަކަށް ނޫން އިނގޭނީ އަހަރުން ގިނަ ރައްޔިތުން ބޭނުންވާ ގޮތް. ސަސްޕެންޑެއްވެސް ނޫން ކުރަންވީ. ތަންވެސް އުވާލަން ވީ

The name is already taken The name is available. Register?

ނޯޕާޓީ

04 March 2025

އަހަރެން ވޯޓު ދިނީ ވޯޓު ކަރުދާހުގަ އޮތް ކެނޑިޑޭޓަށް. ޕާޓީއަކަށްނޫން. ޕާޓީއަކުން ހަމަ މީހެއް ނެރޭއިރަށް ނުދޭނަން. ޕާޓީތަކުގަ އުޅޭ މީހުން ނޫން މީހުންނަކީ މިހާރު މީހުންނެއްވެސް ނޫންތަ؟

The name is already taken The name is available. Register?

ހަމްދާ

04 March 2025

ވަޓެ ޖޯކު

The name is already taken The name is available. Register?

ަސައީދް

04 March 2025

ސަސްޕެންޑް ކުރަން މާ ލަސްވެސް ވެއްޖެ. އެމްޑީޕީން ހީވާ ކަހަލަ މި މީހުން ބޭނުންހާ ސަކަރާތެއް ޖެހޭނޭ މިގައުމުގަ. އެހެން އެކަމެއް ނުވާނެ

The name is already taken The name is available. Register?

މުންޝިދް

04 March 2025

ރައީސް މުއިއްޒުވަނީ ޒަމާންތަކެއްވަންދެން ޖުޑީޝަރީ ނިޒާމަށް ފޯރަމުންދިޔ ަ ނުފޫޒު އެއްކޮށް ހުއްޓުވާފައި.

The name is already taken The name is available. Register?

ރިއްޕެ

04 March 2025

ކުއްލި މައްސަލަ ހުށަހަޅަން ދޭބަލަ ކޮންމެވެސް އެހެން ތަނަކަށް. އެމްޑީޕީ އަކީ ދިވެހި ރައްޔިތުން ބޮޑު ތަނުން ނޯ އޭ ބުނެފަ އިން ޕާޓީއެއް

The name is already taken The name is available. Register?

ލީވާންް

04 March 2025

ސަރުކާރަކުން ނުފޯރުވާނެ. ފޯރުވާނެ ޖާގައެއްވެސް ރައީސް މުއިއްޒު ނުދެއްވާނެ.

The name is already taken The name is available. Register?

ނިޒާރްް

04 March 2025

ތިއީ ބޭކާރުވާހަކަ ތިދައްކަނީ. ތިއީ ހަމަ މަޖިލީހުގެ މަސައްކަތްތަކަށް ޖެއްސުން ކުރަންވެގެން ކުރިކަމެއް.

The name is already taken The name is available. Register?

އިސްމާލި

04 March 2025

ވަރަށް ހަޑީ ދެއްތޯ މެންބަރުން އުޅުއްވާ ވައްތަރު. އިދިކޮޅު ފަރާތްތަކަށް މަޖްލީހުގެ ތެރޭގައި އަޑު އުފުލުމުގެ ފުރުސަތު ދޭން ޖެހޭނެ. އެ ފަރާތްތަކަކީވެސް ރައްޔިތުންތަކެއް ތަމްސީލް ކުރާ ބައެއް. ބެންޗު ކުޑަކުރަން ވޯޓު ދިނީ ރައްޔިތުންގެ ފިކުރާއި އެއްގޮތަށް ކަމަށް ގޮވާ ބަޔަކު ރައްޔިތުންގެ ތެރެއިން ބައެއް ގެ ފިކުރު ހުށައަޅާދޭން ހުރަސް އެޅުމަކީ ހަޑި އަދި ލަދުވެތި ކަމެއް.

The name is already taken The name is available. Register?

ރައޫދް

04 March 2025

ޝަމްހީދު ތިބޭފުޅާ ހީކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން މި އެމްޑީޕީ ކަމަށްތަ؟ ރައީސް މުއިއްޒު ކޮށްއުޅުއްވާ ކަމެއް ނޫން ތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454