ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެ ތަނުގައި ތިބޭ ބަލިމީހުންނަށް އެޗްޑީސީ އާއި ސަލަފް ގުޅިގެން ރޯދަވީއްލާ ޕެކް ހަދިޔާ ކުރުމުގެ އެއްބަސްވުން ދެ ފަރާތުން ބަދަލުކުރަނީ.---ފޮޓޯ: އެޗްޑީސީ
05 މާޗް 2025 - 22:31
އެޗްޑީސީ އާއި ސަލަފް ޖަމިއްޔާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ރޯދަ ވީއްލާ ތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ ހޮސްޕިޓަލަށް ރޯދަވީއްލުން ޕެކް ފޯރުކޮށްދިނުމަށް ސަލަފް ޖަމިއްޔާއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ރޯދަވީއްލުން ޕެކް ތައްޔާރުކުރުމަށް ބޭނުންވާ ތަނެއް ސަލަފް ޖަމިއްޔާ އަށް އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް މި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ރޯދަވީއްލުން ޕެކް ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، ރޯދަމަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ސީއެސްއާރުގެ ދަށުން ކުރިމަގުގައި ވެސް މިފަދަ މުޖުތަމައަށް ފައިދާ ހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު، ރޯދަމަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޖާބެ
06 March 2025
އެޗްޑީސީ އިން ކުރަންވީ ކަމަކީ މެންޑޭޓްގަ ހަވާލުވެހުރި ރަށް ސާފުކޮށް ބަގީއްޗާ އެއްފަދައިން ރަޑުތެރެ ރީތިކުރުން .ފްލެޓްތަކުގެ ހުސްކޮށް އޮންނަސަރަހައްދު ކުނިބުނިން ފުރިފަ ،ރަށުގެ މަގުތަކުން ބާބެހުކަލްތައް ނަގާ މަގުތައް ތަރުތީބުކޮށް ހުސްބިންތައް ސާފުކޮށްފަ ޕަބްލިކްޔޫސްތަކަށް ބޭނުންކުރެވޭގޮތް ހަދައިދެއްވުން.މިކަން ރައްޔިތުންބޭނުމީ
އަލީ
06 March 2025
ސޮދަޤާތަކީ ކަނާތުން ދޭއިރު ވާތަށްވެސް ނޭނގޭހާ ސިއްރުން ދޭ އެއްޗެކޭ ޢިލްމުވެރިން ވިދާޅުވަނީ. އެކަމަކު ތިޔައީ ވަރަށް ދެއްކުންތެރިކަމުގެ ޢަމަލެއް.
ބުރަދަރު
06 March 2025
ސިއްރާއި ފާޅުގައި ހޭދަ ކުރުމަށް އެންގެވި އެންގެވުމުގެ މާނައަކީ ކޮބާ؟ އެއްޗެއް ނޭނގުނަސް ރޯނުފިލާ ކަންކަމުގަ ވާހަކަ ދައްކާތީ މައްސަލައަކީ. ފަރުދެއްގެ ހައިސިއްޔަތުން ކުރާ ކަންކަމާ ޖަމިއްޔާ ހަދައިގެން ކަންކުރާ ގޮތާ ތަފާތުވާނެ.
ކޮސް
06 March 2025
ޞަލަފަކީ ކައްކާ ކާންދިނުމުގެ ޚިދުމަތްދޭން ފެށި ބައެއްތޯ!!!
ކޮސްގެ ބަފާގެ ބޭބެގެ ކޮއްކޮގެ ވައިފް
06 March 2025
ބްރޯ. ޗެރިޓީ ކިޔާ އެއްޗެއް އެނގޭތަ؟
ގަޓު
06 March 2025
މަހީކުރީ މިއީ ޞަލަފުން ޚަރަދުކުރާ ކަމެއްކަމަށް.
ގަޓުނުވި ގަޓް ބްރޯ
06 March 2025
''އެޗްޑީސީ އާއި ސަލަފް ޖަމިއްޔާ ގުޅިގެން،''. އެޗްޑިސީން ކަންކަން ފަހިކޮށްދިނީމަ ސަލަފުން މިކަން ހިންގަނީ.
އިހްސާސް
06 March 2025
ދެން ގޮތް ދެއްކިއަސް ތީ ތަންކޮޅެއް ބޮޑުވަރު، ތިއަށްވުރެ ރަގަލުވާނެ ފަޤީރު ބަޔަކަށް ތި ރޯދަ ވީއްލުން ދިނިއްޔާމުން
އިހްސާސް / މިއަދު 6 ވަނަ ރޯދަ
06 March 2025
ހޮސްޕިޓަލްގަ އެނދުމަތިކުރެވިފަ ތިބި ގިނަ މީހުން އެއީ އަތްމަތި ދަތި މީހުން.
މިންމިި
05 March 2025
މީ ރަނގަޅުކަމެއް.