ގދ. ގަން: މި ރަށަށް މިހާރު ބޭނުންކުރަނީ ގައްދޫ މީހުން ދަނޑުވެރިކަން ކުރުމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 މާޗް 2025 - 12:01
ގދ. އަތޮޅުގައި ފަޅުރަށެއް ކަމަށްވާ ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު އެ ރަށް ބަލަހައްޓާ ގައްދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.
އެ އިއުލާނުގައި ބުނީ، ގައްދޫގެ ބިނާވެށި ޕްލޭންގައި އެ ރަށުގެ އިހުތިސާސްގެ ގޮތުގައި ހިމެނިފައިވާ ގަމުގައި ތިރީގައި އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެލްއޯއީ ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ބައިނަލްއަގުވާމީ ކުންފުނިތަކަށް ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ގައްދޫ ކައުންސިލުން ބުނި ގޮތުގައި، ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކުންފުނިތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.
- ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
- ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
- މަސްވެރިކަމާއި ގުޅުންހުރި ކަންކަން
- ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންއާ ގުޅުންހުރި ކަންކަން
- ރިސާޗިންއާ ގުޅުންހުރި ކަންކަން
އެ އިއުލާނުގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 30 ގެ ކުރިން ކައުންސިލަށް އެލްއޯއީ ހުށަހަޅަން ވާނެ ކަމަށެވެ.
ގައްދޫން ފުރައިގެން ފަސްވަރަކަށް މިނެޓުން ދެވޭ ގަން މިހާރު ބޭނުންކުރަމުން އަންނަނީ އެ ރަށު މީހުން ދަނޑުވެރިކަން ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން ބުނެލީ
09 March 2025
ފަސޭހައިން ދަތުރު ފަތުރު ނުކުރެވޭ ހިސާބެއްގަ ބޮޑު އިންވެސްޓް ކުރާނީ މޮޔައިން. ބޮޑެތި ރިސޯޓު ތަކަށް ނުވާ ކަންކަން kihineh ކުރާނީ. ހައަދާ އެއްޗެސައް މާރކެޓްއެއް ނެތްއިރު މާލެ ގެނެވޭނެ ފަސޭހަ ގޮތެއްނެއް ހިސާބެއްތީ
ދިވެހިންގެ ރާއްޖެ
09 March 2025
އަދުލުއިންސާފު ނެތް ގައުމެއްގައި އިންވެސްޓު ކުރާނީ ކާކު؟ ކުއްލިޔަކަށް ގާނޫނެއް ހަދާފާނެ، އެރަށުގައި އިންވެސްޓު ކުރި މީހުންގެ މައްސަލަ ބަލާ 7 ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް އަތުލާ، އެންމެން ޖަލަށްލުމަށް.
ކައުންސިލް
09 March 2025
ގަން އެއީ ޒަމާނީ ދަނޑުވެރިކަންކުރާ ރަށެއްކަމަށް ކަނޑައަޅާ އެކަމަށް މަގުފަހިވާނެ ޕްލޭނެއް އެކުލަވާލާ، ރަނގަޅު ހޯޓިކަލްޗަރިސްޓުން ގެނެސް އެމީހުންގެ އެހީގައި ޒަމާނީ ދަނޑުވެރިކަންފަށާ، ދެޖިންސުގެ ތައުލީމީޒުވާނުން އެތާގައި ތަމްރީނުކޮށް އިތުރުތަޖުރިބާ ހޯދުމަށް ޒަމާނީ ދަނޑުވެރިކަން ކުރަމުންއަންނަ ގައުމުތަކަށް ފޮނުވައިގެން ތަމުރީނުދީ، މެނޭޖުކޮށް މާކެޓްކުރާނެ މީހުން އުފެއްދިއްޖެނަމަ ގައްދުއަށާއި ކައިރި ރައްތަކަށް ދާއިމީ އިގްތިސާދެއް ގަމުގައި އުފެއްދިދާނެ
ނާތަހުޒީބު ބޯގޯސް ދިވެހި މީހާ
09 March 2025
ހޯހޯ ތިޔައީ ކަނޑުން އަރާ ބުޅާތައް އައިސް މީހުން މަރާ ރަށެއް