ޚަބަރު / ޖިންސީ ގޯނާކުރުން

ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި

ފަޒީން: އަންހެން މުވައްޒަފަކަށް އޭނާ ޖިންސީ ފުރައްސާރަކުރި މައްސަލަ ވަނީ އަންނަ ހަފުތާއަށް ކޮމިޓީން ތާވަލްކޮށްފައި.-- ފޮޓޯ: ބްރޯޑްކޮމް

10 މާޗް 2025 - 12:26

1 comments

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ. އަދި ފަޒީންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން، އޭނާއާ ބައްދަލުކުރުމަށް މިއަދު އޮތީ ކޮމިޓީން ތާވަލުކޮށްފަ އެވެ.

އެކަމަކު، ފަޒީންގެ ވަކީލުގެ އަންހެނުން ބަލިކަމަށް ކޮމިޓީއަށް މެއިލްއަކުން އަންގައިފަ އެވެ. އަދި އެކަން ފަޒީން ވެސް ސިޓީއަކުން ކޮމިޓީއަށް އެންގި އެވެ. އެހެންވެ އޭނާގެ މައްސަލަ ތާވަލްކުރީ އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދާށެވެ.

އެ މައްސަލާގައި ކޮމިޓީން މަޖިލީހަށް ފޮނުވި ސިޓީ ތަޅުމަށް އިއްވަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެ ކޮމިޝަނުންނާއި މުވައްޒަފުގެ ފަރާތުން، ޖެނުއަރީ 9 ގައި ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ކޮމިޝަނުގެ މެމްބަރުންނާއި ބައެއް މުވައްޒަފުނާ ވާހަކަ ދެއްކުމަށް ފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ނިއުޝާ ވިދާޅުވީ އެކި ފަހަރު މަތިން ނުރުހުމުގައި އޭނާގެ ގައިގައި އަތްލާފައިވާ ކަމަށް އަންހެން މުވައްޒަފު ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޓީއަށް އެ މުވައްޒަފު މައުލޫމާތު ދީފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ އެ ކޮމިޝަނުގެ ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުގެ މެމްބަރުން ވެސް މައުލޫމާތުދެ އެވެ.

"ކޮމިޝަނުގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައި ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި އެ މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހްލާގީ މިންގަނޑާއި އަބުރުވެރިކަމާ ހިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމާއި އެ ކަމަކީ މެމްބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީން ކޮށްފައިވާ ކަމަށް ބެލެވޭ ހަމަތަކެއް ކޮމިޓީއަށް ފާހަގަކުރެވުނު،" ކޮމިޓީގެ ސިޓީގައި ފާހަގަކުރެ އެވެ.

އެ މުވައްޒަފުންގެ މައުލޫމާތަށް ރިއާޔަތްކޮށް ކޮމިޓީން ނިންމާފައި ވަނީ ފަޒީން، ރަސްމީ މަސައްކަތުގެ ބޭރުން މުވައްޒަފަށް ގުޅައި ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިން، ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވީ ބަލަމުންދަނީ ކާކުގެ ކޮން މައްސަލައެއް ކަން ހާމަނުކޮށް، ސިއްރު ކޮށްގެންނެވެ. ކޮމިޓީން ބުނި ގޮތުގައި މައްސަލަ ސިއްރުން ކުރިއަށް ގެންދަނީ ދެ މީހެއްގެ ޒާތީ މަސްލަހަތު އެކުލެވޭ މައްސަލައަކަށް ވާތީ އެވެ.

ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒު ވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ އޮފީހަކަށް ވެސް ނުނުކުމެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް / 10 ވަނަ ރޯދަ

10 March 2025

ކޮބާ ފަޒީން ކިހާ ދެރަ ގޮތެއް މިވީ.ދެންވެސް އަތްފައި މައިތިރިކޮށްގެން އަބުރުވެރިކޮށް ކަނބަލުންނާ މުއާމަލާތްކުރުމަށް ނަސޭހަތްތެރިވަން.ވަރަށް ހުތުރު ލަތްގަނޑެއްދޯ ތިޖެހުނީ.ދެންވެސް ތައުބާވެ ހެޔޮމަގު އިހްތިޔާރުކުރުމަށް ގޮވާލަން.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454