ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ: އޭނާއާ ގުޅޭ ސުލޫކީ ދެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވަނީ ބުނެފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
11 މާޗް 2025 - 11:04
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށްފި އެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ. އޭނާ ވަޑައިގަތީ ވަކީލް އިބްރާހިމް ޝަމީލްއާ އެކު އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. އެ މައްސަލައިގައި ހާޒިރުވާން އެއްވެސް ފަނޑިޔާރަކަށް އަދި ނާންގަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
މަހާޒް ޖޭއެސްސީއަށް ހާޒިރުކުރުމުން އޭނާ ވަނީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރިކަން އެނގިވަޑައިގަތްއިރު ވެސް ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
123322
11 March 2025
މީނަގެ ސްޕެޝަލައިޒޭށަން އަކީ، އިންޓެލެކްޗުއަލް ޕރޮޕަރޓީ، މާކަ ގާނޫނު ދަންނަ، އެއައް ފަރިތަމީހެއްނޫން، ހުކުމްކުރާއިރު، މީހުންގެ ބެކްގްރައުންޑައް ބަލާފަ ހުކުމްކުރާމީހެއް، އިސްލާމީޝަރީއާގެ ޒައްރެއްގެމިންވަރުވެސް އެގޭމީހެއްނޫން، މުސްލިމް ގައުމެއްގެ އެންމެ މަތީކޯޓައް މިމީހުންގެ ޝަރުޡު ހަމަވާގޮތެއްނޭގެ
ޒަރީރު
11 March 2025
ސަރުކާރާ އެއްކޮޅަށް ފަނޑިޔާރުން ތިބުމަށްވުރެ ނުރައްކާބޮޑީ ސަރުކާރާ ދެކޮޅަށް ފަނޑިޔާރުން ތިބުން. އަޒްމިރަލްދާ އަކީ އެމްޑީޕީއިން ބުނާ ގޮތްގޮތަށް ހުކުމް ޖަހާނެ މީހެއް. އެއްވެސް ސުވާލެއްނެތި ބޭރުކުރެވެން ޖެހޭނެ.
ކަނބިލި
11 March 2025
ވަރަށް ހުތުރުކޮށް މިދަނީ. ހުވާކުރި ދުވަހު ބުނި ނިމުނީއޭ. ނަމަވެސް ފެންނަނީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ކޮޅުކޮޅަށް ދަމާތަން. މަންޒަރު ބައްދަލުވެއްޖެ
އައްމަޓީ
11 March 2025
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަރުދާހުގައި ބައްޓަންކޮށްފަ އޮތީ 3 ބާރު ވަކިކޮށް، އެކަމަކު 3 ބާރު މުށުތެރެއަށްލައިގެން މެނުވީ މިޤައުމުގައި ވެރިކަމެއް ނުކުރެވޭ، 3 ބާރު ވަކިން ހިންގަންއުޅުނު ރައީސަށްވެސް ޖެހުނީ ފަނޑިޔާރުގޭން ޓިނުނަގަން. އެކަމުން އިބުރަތް ހާސިލްކޮށް ސާލިހުވެސް 3 ބާރު އެއްކޮށްލީ، ވީމާ މުއީޒްވެސް މިޤައުމުގައި ވެރިކަން ކުރަން ބޭނުމިއްޔާ ޖެހޭނީ 3 ބާރު އެއްކޮށްލަން. އެނޫންގޮތަކަށް މިޤައުމަކު 5 އަހަރުވަންދެން ވެރިކަމެއް ނުކުރެވޭ. ވަރަށް ސަލާން
ޕެލަސް އެންޑް ޕްލަސް
11 March 2025
ތިޔަދައްކަނީ ބޭކާރު ވާހަކަތައް. ބާރުތައް އެގޮތަށް ބޭއްވުމަށް ނޫންތަ ޕާޓީޓަކެއް އުފެއްދީ. ޕާޓީތަކުގެ ތަޅާފޮޅުން ތިޔައޮތީ. ވެރިކަން ވަކި ޕާޓީ އަކަށް ލިބުނަސް ބާރުތަކުގައި ތިބެންބޭނުންވަނީ އިދިކޮޅު މީހުން. މިގޮތަށް ކިހިނެއް ތިންބާރު ވަކިން އޮންނާނީ. ތިމަންނަ ޕާޓީއެއް ނޫނޭ ބުނަންވަނީ ފަނޑިޔާރަކަށް ވާންވީމާ. އޭގެކުރިން ވަރިހަމަ ޕާޓީން ގިރައިގެން ބޮއިގެން ހުއްޓަސް. މީޤާނޫނު ވީދާމީހުންގެ ތެދުވެރިކަން.
ޢަލްޓިކޯ
11 March 2025
މީހެއްގެ ނަފްސުގެ އަޚްލާގީ އުނިކަމެއް އެހެންމީހަކަށް ނުފިލުވޭނެ އެމީހާ ކުށްނުކުރާއިރު އެމީހަކީ މައުސޫމްމީހެއް.ތިމައްސަލާގަނެއް އަޒުމިރަލްދާ ޖަވާބު ދޭންޖެހޭ ސަބަބެއް.ފަޑިޔާރު އެކަހެރިކޮށް ސަސްބެންޑު ކުރި މައްސަލަބަލަންޖެހޭނެ.އަޒްމިރަލްދާ އަށްވެސް އެހައްގު އޮންނަންވާނެ.
މުއިއްޒުގެ ސަޕޯޓަރެއް (ކުރިން)
11 March 2025
ރައީސް މުއިއްޒުއަށް އަޅުގަނޑު ވޯޓުދިނީ މަނިކުފާނު މިކަހަލަ ކަންކަން ނުކުރާނެ ކަމައް ހީކޮއް. އެކަމަކު މަނިކުފާނު ވެސް ހަމަ މިހެން. ދެން ކިހިނެއްތޯ ތާއީދު ކުރެވޭނީ؟
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
11 March 2025
އަޒްމިރަލްޑާ އަކީ ހަފްތާ ޒާހިރު ގެ ބޭފުޅެއް. މިވަރުން ފުއްދާލާ! ރާއްޖޭގެ ކަމުވޮށިގެންވާ ބޭފުޅުންނަށް މިބުނީ ކީކޭ-ކަން އެނގިވަޑައިގަންނަވާނެ!
ބޯހަލާކުު
11 March 2025
ދެން މި މީހުންނަށް ނުފޫޒަކީ ކޯށްޗެއްކަމެއްް ވެސް ނުދެ ހުންނާނެ
ކަލާމު
11 March 2025
ނުފޫޒު ފޯރުވާފަ ހުންނާނީ. ފިރިމީހާ ހައްޔަރު ކުރި އިރު ނޭނގެއޯ. މީދެން ޖޯކެއްނު
ހަމަަ ބުނެލީ
11 March 2025
އިސްލާމް ދީނުގަ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭތަ