މަނަދޫ މީހަކު ގެއްލިގެން ހޯދަނީ.
11 މާޗް 2025 - 11:16
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ނުވެގެން މީހަކު ހޯދަން ފުލުހުން އާންމުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 8:05 ގަ އެވެ.
އެންމެ ފަހުން އާއިލާއަށް ހަބަރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އޭނާގެ ފޮޓޯއާ އެކު ފުލުހުން ކުރި ޕޯސްޓުގައިވެ އެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެކަމަކު އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާ އިން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނަދޫ މީހެއް
11 March 2025
ހެޔޮހާލުގައި ހުރެ ފެންނާނެ ކަމަށް އުންމީދުކުރަން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
11 March 2025
އޭނާގެ ބިޓަށް ގުޅޭތޯ ބަލާބަލަ. ބިޓުގާތުގާވެސް ހުރެދާނެ. ނޫނީ މިހާރަކަށްއައިސް މިހުން އެބަދޭ ހޮޓާތަކަށް އަރާމުކޮށްލަންވެސް. ހޮޓާތައްވެސް ޗެކުކޮށްލަބަލަ.