ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ނުފޫޒު ފޯރުވުމުގެ ގޮތުން ބަންޑާރަ ނައިބު އުޝާމް މެސެޖެއް ޕާސްކުރި ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
11 މާޗް 2025 - 17:05
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުވެ ބަޔާން ދެއްވާފައިވާއިރު، ފަނޑިޔާރުގެ ވަކީލަށް ޖަވާބުދާރީވާން އެ ކޮމިޝަނުން ފުރުސަތު ނުދިން ކަމަށް ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްކެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ބަޔާނާ ގުޅޭ ގޮތުން ވަކީލް ޝަމީލް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އޭނާ އަށް ވާހަކަ ދައްކަވަން ޖޭއެސްސީން ފުރުސަތު ނުދިން ކަމަށެވެ. ވަކީލް ވިދާޅުވީ ކޮމިޓީން އެންގީ ސުވާލުތަކަށް ފަނޑިޔާރު އަމިއްލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށާއި ގާނޫނީ ނުކުތާތަކެއް ފާހަގަކުރަން ހުރުމުން އެކަމަށް ތަކުރާރުކޮށް ވަކީލް އެދުމުން ވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ވަކީލެއްގެ ފުރުސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، އެ ފުރުސަތު ނުދީ ޖޭއެސްސީން ތަހުގީގު ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެހެން މީހެއް މެދުވެރިކޮށް މެސެޖެއް ޕާސްކުރެއްވި ކަމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލްގެ ބަޔާނުގައި ވިދާޅުވި އެވެ.
އެ މެސެޖުގައި ސުޕްރީމް ކޯޓަށް އަތްބާނަން ބޭނުން ނުވާ ކަމަށާއި އެ ވާހަކަތައް ބަޔާން ކުރުމަށް ފަހު، ދެން ދެއްކެވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައާ ގުޅޭ ވާހަކަތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ. ދުސްތޫރީ މައްސަލާގައި ދައުވާ ރައްދު ވަނީ ދައުލަތުގެ މައްޗަށެވެ.
އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ސުލޫކީ މައްސަލާގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އެ މައްސަލައާ ގުޅިގެން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެ ކަމަށެވެ.
"...ޑރ. އިސްމާއިލް ހުއްޓުވުމަށް ފަހު އެތަނުން ދޫކޮށްލުމަށް އެ ތަނަށް ހާޒިރުވި ފުލުހުންގެ އައިއޯ ނިންމައި ދޫކޮށްލަން އުޅެނިކޮށް އައިއޯ އިސް އޮފިސަރުންނަށް ގުޅުމުން ދިގު ފޯނު ކޯލްއަކަށް ފަހު ހައްޔަރުކުރުމަށް ނިންމީ ކަމަށާއި މި ހުރިހާ ކަމަކީ ރޭވިގެން ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގޮތެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވި،" ޝަމީލް ވިދާޅުވި އެވެ.
ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖޭއެސްސީން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ޑރ. އިސްމާއިލްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު "މިހާރު" އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލައި ފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
އެެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވި އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
12 March 2025
މީތަ ތިކިޔާ ފަނޑިޔާރަކީ..؛
އިސްމާލި
12 March 2025
"ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ." ތިމަންނާމެން ސުޕްރީމް ކޯޓަށް އެއްވެސް ނުފޫޒެއް ނުފޮރުވަމޭ. ތިޔަ އެއްޗެއް ފޯރުވީ މޑޕ އޭ. ޒަޔާން އިސްތިއުފާއާއި އެމް.އެމް.އޭ މީހާ ވަކި ކުރުމަކީ ވެސް އިއްތިފާގޭ.
ވޯލް
12 March 2025
މި ފެންނަނީ، އެކައުންޓަންޓެއް ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީއަށް ލީމަ ވާނެގޮތް. ކޮންމެ ފަދަ ތުހުމަތެއްގައިެވެސް، ވަކީލަކު ބޭނުން ކުރުމަކި ކޮންމެމީހަކަށްވެސް ކުރެވޭނެ ކަމެއް. ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައި އޮތީކީ ނޫން. އޭސީސީގައި ކުރިން ޔާމީނު ދައުރުގައި ހުރެ އެތަކެއް ސީޔާސީ ހަޑި ހާވާފަ މިހާރު ޖޭއެސްސީއަށް ވަދެ. ކިޔަވާގެން ތިބެ މިހެން މީހަކު ބުނާހާކަެއް ކުރާނީ ތިމާގެ ސިކުންޑީގައި އުނިކަމެއް ހުރީމަ.
ޑީ ޑަބަލްޑީ
12 March 2025
ވަކިލް ތިޔައީ ވަކީލްކަން ކިޔަވައިގެން އުޅޭ މީހެއްތަ. ހާދަ ގަމާރު މީހެކޯދޯ މި ވަކީލް އަކީ.
ަމާރު ވަކީލް
12 March 2025
ވަކީލް ގަމާރުވީ ގޮތެއް އަޅެ ބުނެދީބަލަ
ޑރ ވާންޗޯ
12 March 2025
ފަނޑިޔާރު އަޒްމިރަލްދާ ވަކީލަށް ފުރުސަތުނުދިނީމަ އެހެންމީހުން ކީއްކުރާނީ؟.
މުއިޒު
12 March 2025
ކޮންމެސް ވަރަކަށް މާތްރަސްކަލާނގެ ދެއްވި ބުއްދިން ވިސްނާލަބަލަ، މާދަމާ ތި ވާންޗޯ އަށް ވަކީލަކު ނުދިނުމަކީ ވެސް މައްސަލައަކަށް ނުވާނެ މިދާ ރޭޓުން
ޒުބައިރުބެ
12 March 2025
ޑރ ވާންޗޯ އަކަށް ވާނުވާއެއް ނޭނގޭތޯ؟
ސީދިބޭ
12 March 2025
އަޒްމިރަލްޑާ އަކީ އިނގިރޭސި ނަމެއްތޯ؟
ފިލިޕިނޯ
12 March 2025
ސްޕެނިޝް ނަމެއް!
އަޒްމިރި
12 March 2025
އަރަބި އަދި ސުޕެނިޝް
އަދުލުއިންސާފު
12 March 2025
ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް. މިހާ ސާފުކޮށް އޮތްކަމެއްގައި، ކުރީގެ ނާއިބު ރައީސް ޖިހާދު އަށް ގާނޫނީ ވަކީލެއްގެ ފުރުސަތުނުދީ ހައިކޯޓުން މައްސަލަ ކުރިއަށް ގެންދިޔައީ ކީއްވެބާ؟
ވޯލް
12 March 2025
ތިޔަ ދެއްކީ ހައި ކޯޓުގެ ވާހަކަ، ހައި ކޯޓުން ހަދާ ގޯސް އިސްތިއުނާފު ކުރަން އޮންނަތަކީ ސުޕްރީމް ކޯޓް، އެހެންވެ އެ ކޯޓު މަނިވަންކަމާއެކު ފަންކްޝަން ކުރުން މުހިންމު. ދެން އޮތީ ކޯޓުތަކުގައި އަމަލު ކުރެވޭ އިޖުރާޔްތަކެއް އޮވޭ، އެކަށީގެންވާ ފުރުސަތު ދިބުމަށްފަހުވެސް ވަކީލަކު ހަމަ ނުޖައްސާފިއްޔާ ވަކީލަކާ ނުލާ ޝަރީޔަތް ކުރިއަށް ގެންދިއުމުގެ ފުރުސަތޫ ބައެއް ހާލަތުގައި ކޯޓަށް އޮވޭ. މިކަންވެސް ނިންމަ އޮތި ހަމަ ސުޕްރީމްކޯޓު. އެތަން އެއޮތީ ވެރިމީހާގެ ދަށުގައި.
ހަމަދު
12 March 2025
އެމްޑީޕީ ވެރިކަމުގަ ކަނޑާލި 5 ފަޑިޔާރުންނައް އެއްވެސް ފުރުޝަތު ނުދީ ބޭރު ކޮއްލާ އަދި އެމީހުން ބޭނުންވާ ގޮތައް ހުކުމް ކުރާ ފަޑިޔާރުން ލީއިރު އޯކޭ
މުލޭ
11 March 2025
ފަނޑިޔާރު ތިޔަ ވިދާޅުވާގޮތުން "މަސާޖު ޕާލާ" އަށް ބަޔަކު އިސްމާއީލް ގެންދިޔައީތާ!. އިސްމާއީލް އަަށް ވެސް އެނގެންވާނެ އަނބިކަނބަލުންނަކީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނށިޔާރެއްކަން. އިސްމާޢީލުގެ ޢަމަލުތަކުގެ ސަބަބުން އަނބިކަނބަލުންގެ ސުލޫކު ގެއްލިއްޖެ.
ވޯލް
12 March 2025
އެހެން މީހެއްގެ އަމަލުތަކުން އަނެކާގެ ސުލާކާ ގުޅުމެއް ނުހުންނާނެ. މިވަރު ނިވިސްނޭ ތޯ؟؟ އަދި މިހާލަތުގައި ދީނީ ގޮތުން ބަހުސްކުރިޔަސް މިތާގައި މައްސަލަޖެހިގެން މިއުޅޭނީ ފިރިމިހާފެ.
އަސްލު.......
11 March 2025
އަޅުގަނޑު ބަލަމުން އައީ ފަސްއަހަރު ހިފަހައްޓާލެވޭނެކަމަށް އެކަމަކު މިދާވަރުން ހީނުވޭ، އުޝާމު ވިސްނަވާތި އުމުރަކީ 200 އަހަރެއްނޫން،.........
ވޯލް
12 March 2025
ވަރަށް ރަގަޅު ވާހަކައެއް. ވެރިމީހާ ބުންޔަސް ކުރެވޭނެ ކަންކަމާ ނުކުރެވޭނެއޭބުނަން ޖަހޭ ކަންކަން ހުންނާނެ.