ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
11 މާޗް 2025 - 20:51
ފުލުހުންނާއި ސިފައިން ގުޅިގެން ރޭ މާލެ އާއި ހުޅުމާލޭގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގިޔަސް، މި ވަގުތު ނުރައްކަލެއް ނެތް ކަމަށާއި ކަންބޮޑުވާންޖެހޭ ހާލަތެއް ވެސް ނެތް ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ، ބައެއް ގެތަކާއި ވެހިކަލްތައް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިންޓެލިޖެންސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް، ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މިފަދަ އޮޕަރޭޝަންތައް އާންމުކޮށް ހިންގާ ކަމަށެވެ.
އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، ކަންބޮޑުވާންޖެހޭ ހާލަތެއް އަދި ނެތް ކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފަ އެވެ.
މީގެ އިތުރުން، ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރި ގައުމަކަށް ހެދުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނިންމައިލި ކަމެއްވެސް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމްް
12 March 2025
ޝުކުރިއްޔާ ރައީސް މުއިއްޒު އަބަދައް ވެސް
ަްައީލޮން މަސްކް
12 March 2025
ކޮބާތަ އަޕްޑޭޓަކީ؟ މީހުން ހައްޔަރު ކޮށްފަ ކަންބޮޑު ނުވާށޭ ހަބަރުގަ ޖެހީމަ ނިމުނީތަ؟ ތިޔަފެނުނު އެއްޗެހި ރައްޔިތުންނަށް ދައްކަން ޖެހޭނެއެއްނު؟
ނަރީމާން
12 March 2025
ތި އަދި މާ މަޖާ ވާހަކައެއްނު! ގައުމީ ސަލާމަތަށް ނުރައްކާވެގެން އޮޕަރޭޝަން ހިންގާފަ މީހުން ހައްޔަރުކޮށްފަ ތިބުނަނީ ކަންބޮޑުނުވާށޭ! ދެން ހޭން ތާ މިޖެހުނީ އެހެންވީމަ!
ހަސަން އަޝްފާގް
11 March 2025
މިކަމާ ގުޅޭގޮތުން މާރިޔާ ދީދީ އަދި އެމްޑީޕީއިން ދެއްކި ވާހަކަ ބަލަޔެއް ނުގަނެވޭނެ. ލަދު
ޜުވޭދާ ރަމީޒް
11 March 2025
ޢަލްހަމްދުﷲ.އުފާވެރި ހަބަރެއް.ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިއީ
މުހައްމަދު ހަނީފް
11 March 2025
މިކަންވެސް އިދިކޮޅުން އުޅެފި ސިޔަސީ ކުރަން. ކީކޭ ބުނާނީ
އަފާފް ސައީދު
11 March 2025
ދިވެހި ރައްޔިތުންގެ ހައްގުގައި ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތް ހަމަ ސަތޭކަ
ޑރ ވާންޗޯ
11 March 2025
ކަންބޮޑުވާނެކަމެއްނެތް، އޮޕަރޭސަން ސަކްސަސްފުލް. ޕޭސަންޓްއަށް ވީގޮތެއް އަދިވެސްނޭގެ.
ލަދުހަޔާތްކުޑަ ދޮންތުއްތު
11 March 2025
ތިޔަ ހައްޔަރުކުރި ބައެއްގެ ފޮޓޯ ދައްކާލެވޭކަށްނެތްތަ؟ ޓެރަރިޒަމްގެ ތުހުމަތުގާ މިގައުމުން ބަޔަކު ހައްޔަރުކުރަންޏާ އެންމެ 3 ނޫންކަންނޭންގެ ހައްޔަރުކުރަންޖެހޭނީ. ހީވަނީ ކޮންމެވެސް ސަތޭކައެއްގެތެރޭގާ އެނަންބަރު ގުނާލެވޭނެހެން.
ރޯނު އެދުރު އަލަމާ
11 March 2025
ތިތަނުން ފެނުނު އެއްޗެއް ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ އެބަ.
ޖަވާ ބު
12 March 2025
ދޮން ކަލޯ ނެތް އެއްޗެއް ހާމަ ކުރެވޭނެ ގޮތެއް ބުއްދީގެ ހަމަތަކުން ކިޔާދެވޭނެ އެއްޗެއް އޮންނާނެބާ؟