13 މާޗް 2025 - 00:05
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިރޭ ހުޅުވާލައިފި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދަން އެ ކޮމިޝަނުން މީގެ ދެ ދުވަސް ކުރި އިއުލާނުގެ މުއްދަތު މިއަދު ހަމަވިއިރު އެ ކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ، ޖޭއެސްސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވިއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ އަލުން ފުރުސަތު ހުޅުވައިލީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން ކުރި ދެ ވަނަ އިއުލާނުގެ ސުންގަޑިއަކީ ޖޭއެސްސީން ބުނިގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އެވެ.
އެކަމަކު އެ ކޮމިޝަނުން ބުނީ، ފުރަތަމަ އިއުލާނުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ އެޕްލިކޭޝަން ނުވަތަ ނިހާޔަތުގެ ނަން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ މަަސައްކަތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި އުމުރުން 30 އަހަރު ވެފައި މީހަކު ކަމަށް ވުމެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމަށް ނުވުމާއި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެ އެވެ.
ޖޭއެސްސީގެ ކުރީގެ އިއުލާނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ކުރިން ފުރުއްވައިފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އެވެ.
ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާޒު
14 March 2025
ސަފީރު މާލެ ވަޑައިގެން އުޅުއްވަނީ ތި މަޤާމާ ޙަވާލުވާން ކަމަށް ޚަބަރު ލިބޭ.
ސުޕްރިމް ކޯޓު
13 March 2025
ތިތަނަށް ލާން އެންމެރަގަޅު ވާނީ އައްދުއްރަހީމް. އަމިއްލަ ދަރިފުޅު ކަޑާލީމަ ވެސް ޗުއްޕުވެސް ބުނަން ނުކެރުނު މީހެއް.މޮޅުގޮޑީ ގަ އިންނަން ވެގެން.
އިހްސާސް
13 March 2025
ތިޔަ މަޤާމުގެ ޝަރުތުގައި ޑިގްރީއެއް އޮތުން އެއީ ހާދަ ފީކަޅާ ކަމެކޭ
ބަކުރުބޭ
13 March 2025
ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ޝަރީއަތް ކުރަން ބޭނުންވާ މީހުން ތި މަގާމަށް ކުރިމަތި ނުލާނެކަން. ސިޔާސީ މީހުންގެ އުނދަގޫ ބޮޑުވެގެންގޮސް އެފަދަ ފަނޑިޔާރުންނަށް، ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވަނީ.
ޝަރަފުﷲ ޔޫސުފް
13 March 2025
އައު ބެންޗް ގެންނަންވީ. ހުކުމްތަކަށް އިތުބާރު ލިބޭނީ އޭރަށް. އަދި ކޮންމެ ގޮތެއް ވިޔަސް ގައުމުގެ އެއްމެ މަތީ ކޯޓުގަ ތިބެންވާނީ އިތުބާރު ލިބިފައިތިބޭ މީހުން. މީ މިހާރު ކޮންމެވެސް ހިސާބަކުން އިތުބާރު ގެއްލުފައި ތިބި މީހުން
ނާޑުވާ
13 March 2025
ސާޖިދާ ލާ. އޭރުން ތިޔަ ބުނާ އިތުބާރު ލިބޭނީ.
ލީޒާ ޒާހިރު
13 March 2025
މުޅި ސުޕްރީމް ކޯޓް އައުކުރަން ޖެހޭ.
ހައިޝަމްް
13 March 2025
ރައްޔިތުންގެ އިތުބާރު މި ކޯޓަށްލިބޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބި ބަޔަކު މި ކޯޓަށް އައްޔަންކޮށްގެން.
އުލްފާާ
13 March 2025
ސުޕްރީމްކޯޓު ބަޔެއްގެ ނުފޫޒުން މިނިވަންވެގެން ދިޔުން އެއީ ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއް.
އަލްސަންް
13 March 2025
މި މަގާމަށް އަންހެނަކުނޫނީ ނެތްތަ މި ގައުމުގަ ލާކަށް.
އެއީރޯ ޕުލޭނު
13 March 2025
މިހާރު ދެން ލާންވީ މީހުން ރެޑީވެދާނެތާ ދޯ ތިޔަ ފޯމެއް ލާން. ޕުލޭނާ ހަމަ އެއްގޮތަށް.