ޓޫރިސްޓުންތަކެއް އެއާޕޯޓުން ނުކުންނަނީ. މި އަހަރުގެ މިހާތަނަށް 500،000 ޓޫރިސްޓުން ރާއްޖެ އައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
13 މާޗް 2025 - 11:42
މި އަހަރުގެ މިހާތަނަށް ފަސް ލައްކަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް 7،100 ޓޫރިސްޓުން އާދެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 470،000 ޓޫރިސްޓުން އަ އެވެ.
މިއަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެގައުމުން ވަނީ 63،000 ޓޫރިސްޓުން އައިސްފަ އެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތާއި ރަޝިއާއިންނެވެ.
ފަސް ލައްކަ ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 345،000 ޓޫރިސްޓުން އައީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ އައި ޓޫރިސްޓުންގެ 69 ޕަސެންޓެވެ. ގެސްޓްހައުސްތަކަށް އައިސްފައި ވަނީ 127،000 ޓޫރިސްޓުންނެވެ.
މިއަހަރު އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު އިތުރުވި އިރު މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވުރެ 1.5 ޕަސެންޓު ދަށްވެފަ އެވެ. އެކަމަކު ޖެނުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދުވަނީ މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ.
މިދިޔަ ދެ މަހަކީ ވެސް ޕީކް ސީޒަން ކަމުން ކޮންމެ މަހަކު ވަނީ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
13 March 2025
މިއަހަރުއަންނަ ގިނަ ޓުއަރިސްޓުންނަކީ މިދިއަހަރު ބުކިން ހެދިމީހުން! މިއަހަރު ޓުއަރިސްޓުން އަންނަން ކުރަންޖެހޭހޭދަ ވަރައް ބޮޑުތަން ބޮޑުވެއްޖެ! ސަބަބަކީ ތިމާވެށީގެ ނަމުގަ ނަގާ ޓެކުސްތައް ބޮޑުކޮއް ޔޫރަފުންވެސް ކަރާސީން ޓެކުސް ނަގަން ފަށުން! ކުރިން700 - 800 ޑޮލަރައް ގަންނަ ޓިކެޓު15000 - 2000 ލިބުމާ އަދި މިދަނޑިވަޅުގަ ހަމަ މިގައުމުގަވެސް ގުރީންޓެކުސް 100% ބޮޑުކުރުން! ދެންބަލަން ތިބެންވީ ޓުއަރިމަކީ ވަރައް ނާޒުކު ގޮންޖެހުން ބޮޑު ވިއަފާރިއެއް!
ޑޮލަރުރޭޓު
13 March 2025
މަޓީގެ މީހުނަށް މިލިޔަނުން ލިބޭވާހަކަ،އެބުނަނީ. އާންމުމީހުނަކަށްނޫން
ރިސޯޓް ބޯއީސް
13 March 2025
2.2 މިލިއަން ޓޫރިސްޓުން ކްރޮސް ކުރާނެ އީޒީ ކަމާ އެކީ. ސަރުކާރުގެ އަމާޒަށް ވާސިލް ވާނެ ދެތިން މަސް ކުރިން
ސައިފްް
13 March 2025
އާ ޓާރމިނަލްއާ އެކު މިތަން އިރާނެއްނު. އެއްބަޔަކު ބުނި ފަތުރުވެރިން އަންނަ ގޮތް މަދުވާނޭ. އިތުރެއްނު މިވަނީ
ސަމޫހް
13 March 2025
ބައި މިލިއަން ކީއްކުރަން. މިލިއަނުން އަންނާނެ މި ގައުމަށް. ވެރިން ތަފާތު ވީމަ އަދަދުވެސް ތަފާތު ވާނެ
ރާއިމާާ
13 March 2025
ޓުއަރިޒަމް ސިނާއަތް އަދި އިތުރަށް ބޫސްޓް ވެގެންދާނެ އެއާޕޯޓްގެ އައު ޓަރމިނަލް ނިންމާ ހުޅުވާލީމަ. އޭރުން 3 ގުނަ ވެގެންދާނެ.
ޒިނާހްް
13 March 2025
މި އަހަރުވެސް ރާއްޖެއިން އަންދާޒާކުރާވަރަށްވުރެ ގިނަ ފަތުވެރިން އަންނާނެކަމަށް ބެލެވޭ. މިއީ ވަރަށް ފާލެއް.
އައްޔަ އައްޔަ
13 March 2025
ހެޔޮ ފާލެކޭ ބުނަން ދެއްތޯ ތިއުޅެނީ؟ އަންދާޒާ ކުރާ ވަރަށްވުރެ އެތަށް ގުނައެއް އިތުރު ވެގެން ދާނެ. މިހާރު މި ފެންނަނީ އަދި ކޮޅުމަތި