މަރުވި މީހަކު ވަޅުލަން ހުޅުމާލެ ސަހަރާގައި ވަޅު ކޮންނަނީ: ޖަމާއަތްތެރިނަށް ދޭ އެލަވަންސް ސިވިލް ސާވިސް ކޮމިޝަނުން ކަނޑާލުމުން އެ ފައިސާ މާލެ ސިޓީ ކައުންސިލުން ދޭން ވަނީ ނިންމާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
13 މާޗް 2025 - 11:45
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޖަމާއަތްތެރިންނަށް ދެމުންއައި "ގަބުރުސްތާން އެލަވަންސް" އިން އުނިކުރިބައި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ޖަމާއަތްތެރިންނަށް އެ ކައުންސިލްގެ ބަޖެޓުން ދޭން ނިންމައިފި އެވެ.
މީގެ ކުރިން ޖަމާއަތްތެރިންނަށް މުސާރައިގެ އިތުރުން 1،500ރ. ގެ އެލަވަންސެއް ލިބުނެވެ.
އެ ފައިސާ ކަނޑާލަފައިވާކަން ސީއެސްސީން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ހުރިހާ ސިޓީތަކާއި އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުވި ސާކިއުލާއެއްގަ އެވެ. އެ އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވައިދަށް ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށް އެންގި ނަމަވެސް އެ އެލަވަންސް ކަނޑާލި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ތިބި ޖަމާއަތްތެރިންނަށް އެ ތަނުގެ ބަޖެޓުން އެ ފައިސާ ދޭން ހުށަހެޅީ މޭޔަރު އާދަމް އާޒިމް އެވެ.
އެ ޖަލްސާގައި މޭޔަރު ވިދާޅުވީ، ޖަމާއަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތެއް ކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ކައުންސިލް ބަޖެޓުން އެ ފައިސާ ދޭން ފާސްކޮށްފަ އެވެ.
ގަލޮޅު އުދުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ރޯދަމަހާ ދިމާކޮށް މުސާރައިން އެ ވަރުގެ ބޮޑު އެއްޗެއް ކަނޑާލުމުން ދަތިވާނެ ކަަމަށެވެ. އެއީ ރަނގަޅަށް ކުރި ކަމެއް ނޫންކަން ފާހަގަ ކޮށް އެލަވަންސް ކަނޑާލި ސަަބަބު ހޯދަން ސީއެސްސީއަށް ހުށަހެޅުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
13 March 2025
ކައުންސިލް ބަޖެޓުން ތިޔަ ދިނުމަކީ މާލިއްޔަތު ގާނޫނާ ފުށުއަރާކަމެއް.
ކިޔެވެލިބޭ
13 March 2025
ޢާޒިމަކީ ވަރަށް ނިކަމެތިންނާމެދު ވިސްނަވާ ބޭފުޅެއް. އަބަދުވެސް އެކަން ފާހަގަކުރެވޭ. ރޭގަނޑުވެސް ކޮންމެ ރެއަކު ރަށުތެރޭގެ ހާލަތު ބައްލަވާލެއްވުމަށް ނުކުމެ އުޅުއްވާތަން ފެނޭ. ޢާޒިމްގެ މޭޔަރުކަމުގައި މާލެތެރެވެސް ފެންނަނީ ވަރަށް ސާފުތާހިރުކޮށް، ކުރިއާ އަޅައިބަލާއިރު. ހެޔޮ ރަޙުމަތް ލައްވާށި!
ދޮންތަކުރު
13 March 2025
ޖަމާޢަތްތެރިން ތިބެނީ މާލެ އާއި މާލެ ކައިރި ރަށްތަކަށްތަ. ރާއްޖޭގެ އެހެން ތަންތަނުގައި މި މަޤާމު ދީފައެއް ނޯވޭ. އެކަމަކު އައްޑޫގަ ތިޔަ އެލަވަންސް ދީފަ އޮވެދާނެ. އެއީ އަމާ ކިރުނުދީގެން އަބަދު ކިރަށް ރޯކުދިން ތިބޭ ތަނެއް. އަމާވެސް ބަލާނެ އެކުއްޖާ ބޭނުން ކަމެއް ވިއްޔާ ކޮށްދެވޭތޯ. އެހެން ރަށްރަށުގައި އެމަސައްކަތް ކުރީމާ އެލަވަންސެއްދޭ.
އެންމެން ހެޕީ
13 March 2025
އެންމެ ނިކަމެތި މީހުންނާ މިކުޅެނީ.
އަހްމަދް
13 March 2025
މުސާރަ ނޫނީ އެލަވަންސެއް ކަނޑާލައިފިނަމަ އެކަން ވަނީ ސިވިލް ސާވިސް ކޮމިޝަނުން ކުރިކަމަކަށް. އެންމެ ރުފިޔާއެއް އެއްވެސް ބޮޑުކޮށްފިނަމަ ސަރުކާރު، ނޫނީ ރައީސުލްޖުމްހޫރިއްޔާ..