ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ހެޓްރިކަށް ފަހު ބްރުނޯ ރައްދު ހަމަލާ ޔުނައިޓެޑްގެ އޯނަރު ރެޓްކްލިފަށް

ޔޫރޮޕާ ލީގުގައި ރެއާލް ސޮސިއެޑާޑް ކޮޅަށް ހެޓްރިކް ހެދި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރުނޯ ފެނާންޑޭޒް، އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފަށް ރައްދު ދީފި އެވެ.

މި ހަފުތާގައި ރެޓްކްލިފް ބުނެފައި ވަނީ ޔުނައިޓެޑްގައި ތިބި ބައެއް ކުޅުންތެރިންނަކީ ލިބޭ ބޮޑު މުސާރައާ އެއްވަރުގެ ކުޅުމެއް ދެއްކޭ ކުޅުންތެރިންތަކެއް ނޫން ކަމަށެވެ.

ވަކި ކުޅުންތެރިންގެ ނަންތައް ނުކިޔައި އޭނާ އެ ފާހަގަ ކުރި ކުޅުންތެރިންނަކީ ކާލޯސް ކަސެމީރޯ އާއި ރަސްމުސް ހޮއިލުން އަދި އަންޑްރޭ އޮނާނާ ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ 4-1 ން ސޮސިއެޑާޑްގެ މައްޗަށް ޔުނައިޓެޑް މޮޅުކޮށް ދިނުމުގައި އެ ތިން ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި ބްރުނޯ ހެޓްރިކް ހެދީ ދެ ޕެނަލްޓީ އާއި އެއް އޯޕަން ފުރުސަތުގަ އެވެ. އަނެއް ލަނޑު ޖެހީ ޑިއޭގޯ ޑަލޮޓް އެވެ.

ސޮސިއެޑާޑްގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖެހީ މިކަލް އޮޔާޒަބަލް އެވެ. މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި އެ ޓީމުން ނުކުންނާނީ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށެވެ.

މެޗަށް ފަހު ބްރުނޯ އެންމެ ގިނައިން ވާހަކަ ދެއްކީ ރެޓްކްލިފްގެ ފާޑުކިޔުންތަކަށެވެ. އޭނާ ބުނީ ކްލަބްގެ އޯނަރު އެގޮތަށް ވާހަކަ ދެއްކުމަކީ އެއްވެސް ކުޅުންތެރިޔަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"(ކުޅުންތެރިންނާ ގުޅޭ) ވަކި ވާހަކަތަކެއް އަޑު އިވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. އެއްވެސް ކުޅުންތެރިއަކަށް ކަމުދާކަމަކަށް ނުވާނެ ފާޑުކިޔުން އަމާޒުވުން. ނުވަތަ އެ ވާހަކަ ދައްކާ ކަންކަން އަޑުއަހަން ފަސޭހަ ވާނެ ކުޅުންތެރިޔަކު ނުހުންނާނެ. ތިމާ ރަނގަޅު ނޫން ކަމާ ނުވަތަ އެކަށީގެންވާ ވަރަށް ވުރެވެސް ބޮޑު މުސާރައެއް ދޭ ވާހަކަ ބަލައިގަންނަން ފަސޭހައެއް ނުވާނެ،" ރެޓްކްލިފްގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބްރުނޯ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް. ކޮންމެ މީހެއްގެ ވެސް ކޮންޓްރެކްޓެއް އޮވެގެން މިތަނަށް އަންނަނީ. ނުވަތަ އެއްބަސްވުން އާ ކުރާ ވަގުތު ވެސް ކޮންޓްރެކްޓްތަކަށް ކްލަބުން ވެސް އެއްބަސްވެގެން އަންނަނީ. އަދި ކޮންމެ މީހަކަށް ވެސް އޮންނާނީ ކްލަބަށް މުހިންމު މީހެއްކަން ސާބިތުކޮށް ދިނުން."

އޭނާ ބުނީ ޔުނައިޓެޑްގައި އެއްވެސް މީހަކަށް ފަސޭހަކޮށްލައިގެން ނުހުރެވޭނެ ކަމަށެވެ.

"ސްޓޭންޑަޑްތަކެއް ކަނޑައެޅިފައި ހުރޭ. އަންނަ ކުޅުންތެރިޔަކަށް ވެސް މީޑީއާގެ ބޮޑު ސަމާލުކަމެއް ލިބޭ. އެހެންވެ ކޮންމެ މީހަކު ވެސް ޖެހޭނެ އަބަދުވެސް އަމިއްލައަށް ކަންކަން ރަނގަޅު ކުރަން،" ޕޯޗުގަލްގެ މިޑްފީލްޑަރު ބުންޏެވެ.

މިދިޔަ އޯގަސްޓް މަހު ބްރުނޯ ޔުނައިޓެޑްގެ އެއްބަސްވުން އާ ކޮށްފަ އެވެ. އާ ކޮންޓްރެކްޓްގެ ދަށުން 2027 ގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބްގައި އޭނާ ދެމިހުންނާނެ އެވެ. އޭނާ ބުނީ އެއްބަސްވުން އާ ކުރުމުގެ ކުރިން ޔުނައިޓެޑް ދޫކޮށްލަން ވެސް އޭނާ ވިސްނި ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454