އެމްޑީޕީގެ މުޒާހަރާ.
16 މާޗް 2025 - 00:10
މާލޭގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ދެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން ފޮނުވި ޗިޓުގައި ބުނީ މަރިޔަމް ޒުބެއިރު (މަންދީ) އަދި ފާތިމަތު ޝިއުނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާއްމުދަތުރުފަތުރު ކުރުމަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންނަށް މަންދީ ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުކުރަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 1:30 އަށެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
އެ މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
16 March 2025
ކޮން މަންދީ އެއް ބާންދީއެއް ލިޔާކަށް! ލިޔެބަލަ މަރިޔަމް ޒުބޭރު
ނުއުމާން
16 March 2025
ރައީސް މުއިއްޒު އޭ ކިޔާއިގެން ދައްކާނެ ވާހަކައެއް ނޭގުނީމަ މިހާރު އެދިމާކޮށްލީ ރައީސް މުއިއްޒުގެ އާއިލާ އާ.. މިލެވެލް އަށް ދިޔާމަ ކަމަކުނުދޭ
ގަސަމް
16 March 2025
އެމްޑީޕީ ނޫނަސް މި ރާއްޖޭގަ ސިޔާސީ މަސައްކަތް ކުރޭ. މިލެވެލްއަކަށް ނުވެއްޓޭ
ފިރާގް
16 March 2025
ތަނެއްގަ ހަޑިމުޑުދާރު ވައްތަރެއް އޮތިއްޔާ އެމްޑީޕީން ޖައްސާނެ، ވެރިކަމުގެ ދަހިވެތިކަމުގަ ބަޔަކު މޮޔަވެދާނެ
ވިފާގް
16 March 2025
މިރާއްޖެއިން މިކަން މިހާރު ހުއްޓެން ވެއްޖެއެއްނުން. އެމްޑީޕީއިން ސަގަފާތަކަށް މިކަން ހަދައިގެން އުޅެނީ.. މި މީހުންގެ ދަރިންނާ ދިމާކޮށްލާފިއްޔާ ދެންކީކޭ ކިޔާނީ. ހަޖަމްވާނެ ބާ
ޓިކްޓޮކް އަމްޖޭ
16 March 2025
ހިޔާލުފާޅު ކުރުމުގެ މިނިވަނިވަން ކަމަކީ ހުރިހާ ކަމަކުން ހައްދުފަހަނަޅާ ދިއުމެއް ނޫން. މާދަން ނޫންކަމެއް ނޭގެ ކާކުގެ ދަރިޔަކާ ކަމެއް މި މީހުން ދިމާކޮށްލާނީކީ
ސަމަދް
16 March 2025
އަންނި ދިޔަ ފަހުން އެމްޑީޕީގެ ކޮލިޓީ ގެއްލިއްޖެ. މުޒާހަރާ ވެސް ކުރަނީ ދޭއްޗާ ކެނައަކު ލައިގެން. އެހެންނު ވާނީ ވައްކަމުގަ އަވަދިނެތި ވިއްޔާ ވެރިކަމުގަ އުޅުނީ. މިއަދު މީހުން އެމްޑީޕީ ބަލައި ނުގަނޭ
ހަމްމާދު
16 March 2025
ރާއީ މެންނަށް ހީވާ ކަހަަލަ ލައްކައޭ. މިހާރު ތި ކުޅޭ ޑްރާމާ އަކީ ދިވެހި ރައްޔިތުންނަށް އާ ޑްރާމާއެއް ނޫން. އަމިއްލަ އެދުމައިން ފޯވެފަ ތިބި ބައެއް މި ބެހި ހަދަނީ ކުޑަކުދިންނާ. ލަދެއް ނުގަނޭތަ؟ ތިޔަށް ސިޔާސީ ވުމޭ ކިޔާތަ؟
މައްކުބޭ
16 March 2025
ފްލެޓްތައް ވެސް އެމްޑީޕީން ބަހާލީ ދާއިރާގެ އެމްޕީ ލިސްޓަށް ދެން ކޮން މުޒާހަރާ އެއް ކުރާކަށް؟ އަދި ހުޅުމާލޭގެ 40 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގު ހުރި ބިންތައް ދަރިންގެ ދަރިންނާމެދުވެސް ނުވިސްނާ އާއިލާތަކަށް މުޅިން ހިލޭ ބަހާ ދައުލަތުގެ އަގު ބޮޑު ބިންތައް ރޭސިސްޓް އުސޫލުން ބަހާލި ބައެއް ތީ.
ޖިހާން އަނީސް
16 March 2025
ވަރަށް ރަނގަޅު ވާހަކައެއް. މިވަރުގެ މީޙުން މުޒާހަރާ މި ކުރަނީ ކޮންމެހެން ރައްޔިތުންނަށް ފައިދާ އަކަށް ނޫން. އަމިއްލަ އެދުމައިގެން އުޅޭ ބައެއް އެމްޑީޕީ އަކީ.
ޗާލި
16 March 2025
ސިޔާސީ ބޭނުމުގަ މުޖުތަމައު ތެރޭގަ ކުށެއް ނެތް ދަރިންނަށް ބުލީ ކޮށް ފޮށުން މީތަ މި މޑޕ ގެ ފެންވަރަކީ؟ ޑިމޮކްރެސީގެ ޗެމްޕިއަނުންނޭ ކިޔާ ބަޔަކު މިކަހަލަ ހަޑިމުޑުދާރު އަމަލު ކުރީމަ ވަރަށް ލަދުވެތި. މިއަދު ފަސްޓްލޭޑީ އެ ދައްކުވައިދެނީ ސިޔާސީ ބޭނުމުގަ ދަރިން ބޭނުން ކޮށް ހިތުހުރި އެއްޗެއް ގޮވާފަ މި މުޖުތަމައު ތެރޭ ނޫޅެވޭނެކަން. ވަރަށް ބަރާބަރު ނިންމުމެއް!