ްެއެމްޑީޕީގެ ޕްރެސް ކޮންފަރެންސްގައި އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 މާޗް 2017 - 16:19
ސްވައިން ފްލޫ ރާއްޖޭގައި ނުރައްކާތެރި ހާލަތަކަށް ދިޔައީ، ރައްޔިތުންގެ ސިއްހަތާ މެދު ސަރުކާރުން ވަރަށް ބޮޑަށް ފަރުވާ ކުޑަ ކޮށް، އޮޅުވައިލުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީގެ ހެލްތު އެންޑް ވެލްފެއާ ކޮމެޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާ އެކު ސްވައިން ފްލޫ ފެތުރޭތާ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. މި ކަން އެނގި ތިބެ، ވަރަށް ބޮޑަށް ސިއްރުކޮށް، ރައްޔިތުންގެ އާއްމު ސިއްހަތަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެއްވެސް ވަރަކަށް މިކަމާ މެދު އަޅާނުލައި އިހުމާލުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރާ ހިސާބަށް މިދިޔައީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބަލީގެ ހާލަތު އިންތިހާ އަށް ބޮޑުވެފައި އޮތް އިރު، އިއްޔެގެ ހެނދުނާ ހަމަ އަށް ވެސް ސަރުކާރުން ބޭނުންވީ، އެކަން ސިއްރު ކޮށްފައި ބޭއްވުމަށެވެ. ރައްޔިތުން ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ނުރައްކަލެއް ނެތް ކަމަށް ބުނެ، އެޗްޕީއޭ އިން ބޭއްވި ނިއުސް ކޮންފަރެންސްގައި އޮޅުވާލީ އެހެންވެގެން ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.
އެއްވެސް ކަމެއް ނެތް ކަން ދައްކަން އިއްޔެގެ ހެނދުނު ދެއްކި ވާހަކަތަކުގެ ހަގީގަތް، ރޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހާމަކުރަން ޖެހުނީ ބަލީގެ ހާލަތު ބޮޑުވެ، ރައްޔިތުންނަށް އެކަން އެންގުން ނޫން އިތުރު ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ފެތުރޭކަން، ސިއްރުކުރީ އަންނަ ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއެޅިދާނެތީ އެވެ.
ސްވައިން ފްލޫ އިތުރުވަމުން އަންނަ އިރު، އެކަށީގެންވާ ފަރުވާ ރާއްޖޭގައި ދެވޭނެ ގޮތެއް ނެތުމަކީ ވެސް އެމްޑީޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ، ވަރަށް ބޮޑު އިހުމާލެއް. މިފަދަ އިހުމާލުތައް މިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ހުރިހާ ފުރުސަތުތަކެއް މަޖިލިސް ތެރެއިން ވެސް ބަންދުކޮށްފައިވާތީ. ސަރުކާރު ޒިންމާދާރުކުރުވަން އެއްވެސް ވަޒީރަކާ ސުވާލުކުރުމުގެ ޖާގައެއް ވެސް ނުދޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
14 March 2017
މުނާފިޤުންތައް ފިތުނަ ފަސާދަ އުފައްދަން ފެށީ ދޯ!
ައަލީނޫރއްދީން
14 March 2017
ސައުދީރަސްގެފާނު ރާއްޖެ އައުމާ ށައްކު
ރައްޔިތުމީހާ
14 March 2017
އެމްޑީޕީ އަކީ ގައުމީ ކަންކަމުގައި އަޑުހަރުކޮށް ވާހަކަދައްކަން ޤާބިލްބައެއްނޫން ތިޔަބައި މީހުންގެ ސަރުކާރުގައި ސިއްހީދާއިރާ އޮތްހާލު ބަލަގަ އަހަރެމެން ދުށީމޭ ލަދުގަންނަންޖެހޭނެ އަނގަފުޅާކުރަން
ޢަލީ
14 March 2017
މިސަރުކާރުން އަބަދުވެސް އޮޅުވާލުން ކަމަކީ ދެންޔާމީނު އަރާބުނާނެ މިބަލި ފެތުރެނީ އެމްޑީޕީ ވެރިކަންކުރިގޮތުންނޭ
އަހުމަދު
14 March 2017
ސަރުކާރު ހިނގާ ގޮތް އެމްޑީޕީއަށް ހަމަނޭނގެނީ. ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަން އެނގެންޖެހޭ ހިސާބުން އަންގާނެ. ސިއްރު ކުރަން ޖެހޭ ކަންކަންވެސް ހުންނާނެ. އެވަރު ނުދަންނަ މީހުން ތިބީމަ 3 އަހަރުވީމަ ވެރިކަންވެސް ވެއްޓުނީ!
ގުރާ
14 March 2017
ކަލޯ. ސިއްރު ކުރީމަ ނުކުތް ނަތީޖާ ސަޅިއެއްނު
ކަމަނަ
14 March 2017
ޑީޑީ މެންނުގަންގާނެލަދެއް ކިތައްމެވަރަކަށް ސަރުކާރާ ދެކޮޅަށް ފެލިއެރުވިޔަސް މިސަރުކާރުން ކަންކަންކުރާވަރާ ގާތައްވެސް އަތަށްގޮވި ސަރުކާރަކުން އެއްކަމެއް ނުކުރެވެ ކިތަށްމެވަރަކަށް ސަރުކާރަށް ފާޑުކިޔަސް ކައުންސިލްއިންތިހާބު ކުރާނީ ޕީޕީއެމް
ރެނދު
14 March 2017
ސާބަހޭ މީހުންތައް މަރުވާއިރުވެސް ސިއްރުކޮށްގެން ފޮއްޓަށްލައިގެން އުޅޭ
ކުދުރޭޑިއޯ
14 March 2017
އެމްޑީޕީއަކީ ތިހާ "ޒިންމާދާރު" ޕާޓީއަށްވާއިރު މިކަހަލަކަމެއް އުޅޭކަން އެނގޭނަމަ ކީއްވެ މިހާ ދުވަސްވަންދެން ބަޔާނެއްނަމަވެސް ނުނެރެތިބީ. ވެރިޔަކު ވެރިކަމަށް ގެންނަން ވީދޭގޮތަށް މިކަމުގައިވެސް އުޅުނުނަމަ ތިޕާޓިއަކީ މީހުންގެ ލޯބިލިބިގެންވާ ޕާޓީއަކަށްވީސް!
ޔަގީން
14 March 2017
ބަލި މިހާލަތަށް ދިޔައީ ސަރުކާރުން ފަރުވާ ކުޑަ ކޮށްގެން ނޫނެވެ. ބަލި މިހާލަތަށް ދިޔައީ އެޗްޕީއޭގެ ފަރުވާ ކުޑަ ކަމުން ކަމަށް މަމެން ގަބޫލުކުރަނީ. އެޗްޕީއޭ އަކީ އެއީ ސިވިލް ސާރވެންޓުންގެ ބެލުމުގެ ދަށުން ހިންގާ ތަނެކެވެ. އެތަނުގެ ވެރިއަކީ މިނިސްޓްރީގެ ޕީއެސް އެވެ. އެކަމަކު މިނިސްޓްރީގެ ޕީއެސް އަދި ދުވަހަކު ވެސް އެޗްޕީއޭ ޑިޕާރޓްމަންޓް ވެސް ލޮލުން ނުދެކެއެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ ވިސްނާ ސިވިލް ސާރވިސްގެ ޓޮޕް ލޭޔަރ ސްޓްރީމް ލައިން ކޮށް ހަދާ ހުރިހާ މިނިސްޓްރީ ތަކެއްގެ ޕީއެސް މެންގެ މަގާމް އަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ މަގާމަކަށް ހައްދަވަން. އެނޫން ގޮތަކަށް މިކަން ހައްލު ނުވާނެ ކަން އެއީ މަމެންނަށް އިރުފެންނަ ފަދައިން ޔަގީންވާ ކަމެކެވެ. ތިޔާ ސިވިލް ސާރވިސް ކަމިޝަންގެ މެމްބަރުން ނެތޭ ސަރުކާރުގެ އެއްވެސް މިނިސްޓްރީ އަކަށް އެމެން އަމިއްލަ އަށް ފެނިގެން ގޮސް ވަދެލާ އެތަންތަނުގައި މަސައްކަތް ކުރާ ގޮތް އަމިއްލަ ލޮލުން ބަލާފައި ވެސް. މަހަށް ދިޔައިއްޔާ މާ ތާހިރެއް ނޫން ދޯ.
ނުބުނީ
14 March 2017
ދޮޅު މަހެއްހާ ކުރިންސުރެ މިކަން މިގައުމުގައި ހިނގާކަން ތިޔަހާ ސާބިތު ހެއްކާއެކު އެނގެން އޮތްނަމަ ކީއްވެ ކުރިން އެމްޑީޕީން އެވާހަކަ ނުބުނީ؟ ސަރުކާރުން އަޅާނުލީ ތަނުގަ ތިޔަ ޕާޓީން އަޅާލިންތޯ؟ މަށަށް ނުފެނުނީ ކަމަށްވެސް ވެދާނެ އެކަމާ ބެހޭ ވާހަކަ ތިޔަ ޕާޓީން ދެއްކިތަން...ކުއްޖަކު ބުނެދީފާނަންތަ މި މީހުން މިވާހަކަ ދެއްކިތޯ ކުރިން؟ މިއީކީ ސަރުކާރު ބަދުނާމުކުރަންވިއަސް ފޮރުވައިގެން ހުންނަންވާނެ ކަހަލަ ކަމެއްނޫންދޯ...
އިބްރާހީމް
14 March 2017
ޕާޓީ ތަކުން ބުނާކަށް ނުޖެހޭނެ. ގައުމުހިންގަން ހަވާލުބެ ތިބި ބަޔަކު އެކަން ކުރަން ޖެހޭނީ. ބީތާވެދާނެ މީހަކު
އާދަނު
14 March 2017
"އިބްރާހީމް" މިކިޔަނީ ޕާޓީން ބުނަން ޖެހެއެކޭނޫން. ރައްޔިތުންދެކެ ލޯބިވާ ބަޔަކު މިކަން އަންގާލިނަމަ ކިހާ ރަނގަޅުވިސް. ހަމައެކަނި އެމްޑީޕީ މީހުންނަށް އަންގާލިނަމަވެސް ކިހާރަނގަޅު.