ރާއްޖެއަށް ޑްރަގް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުން--
22 މާޗް 2025 - 21:25
ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަތް ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކު ކަމަށެވެ.
އެމްއެންޑީއެފް އާއި ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ.
އެ މައްސަލާގައި ހައްޔަރުކުރި 10 މީހުންނަކީ:
- އިންޑޮނޭޝިއާގެ ނަސްވަން އާދިލް (30އ)
- އިންޑޮނޭޝިއާގެ އެޑްރިއަންސަޔާ (25އ)
- އިންޑޮނޭޝިއާގެ މުހައްމަދު އިގްބާލް މަކްރޫމް (30އ)
- އިންޑިއާގެ ޕްރަބާކަރަން ނަގަރާޖަން (35އ)
- އިންޑިއާގެ ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
- އިންޑިއާގެ ގަނޭޝް ބޮމްމާލީ (22އ)
- އިންޑިއާގެ ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
- އިންޑިއާގެ ޕީޓާ ވިނީ (28އ)
- އިންޑިއާގެ ސަރަން ޕަދްމަން (28އ)
- އިންޑިއާގެ ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހަކު 5 ދުވަހަށް އަދި އިތުރު ފަސް މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހާޒިރު ކުރުމުން އެކަކު އިތުރު ތިން ދުވަހަށް އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
23 March 2025
ރާއްޖޭގެ 1 ރަށުން އަނެއްރަށަށް ދަތުރުކުރާ އެމްޓީސީސީ އުޅަނދުތަކުގަވެސް ފުރާ ބިދޭސީންނެވެ!
ބިދޭސީ މީހާ
23 March 2025
މިހާރު ކޮބާ ދިވެހި މީހާ. މޭޒުދަށުން ދެވެ ފިލީތަ. ކުރިނަ ބުނީ ބޭރު 9 މީހުން ވާހަކަ މިހާރު 10. ޕާސްޕޯޓް ބަދަލުވީ ތޯއްޗެއް....
އިހްސާސް
23 March 2025
ދެން ޑިޕޯޓު ކޮށްލާފަ ނިންމާލަފާނެ.
ނާޒު
23 March 2025
1988 ނޮވެމްބަރ 3 ގަ ރާއްޖެޔަށް އެރި ޓެރަރިސްޓުންގެ ނަންތަކާ ވައްތަރު ނަންތަކެއް އެބަ ފެނޭ.
ހޮޓްކިންގ
23 March 2025
އިންޑިއާ ކައްޕަޅިތަކުގައިވެސް ޑްރަގް އެތެރެކުރާތާ ކިތަންމެ ދުހެއް. އެހެންވެ އެހާ ތިޔާގެއީ.
ނަގޫ ސޭސަރު
23 March 2025
ދިވެހިމީހާއަކީ ވަނަވަރު ނެތް މީހަކީތަ. ހާމަކުރާން ނުކެރުނީތަ. ގޭންގް ސްޓާރަކީތަ
ވަސަންތީ
23 March 2025
މިތާ ގަނޭޝްއާ ޕްރަބާކަރަން އަކީ ނޮވެމްބަރ 3 ގައިވެސް ބައިވެރި ދެމީހުން؟؟؟؟؟
ބިޝުން ބިޝުން
24 March 2025
ސާބަހޭ، އޭރު އަދި އެ ދެ "ކުދިން" ނުވެސް ވިހާނެ
ބާބް
23 March 2025
މިތަނުގައި އެންމެ ޝަރަފުވެރިކަމާއެކު އެންމެ އަވަހަށް މުއްސަނދިވެވޭނީ ޑްރަގްކޮޅެއްގައި ޖެހިލައިގެންކަން އެމީހުންނަށްވެސް އެނގޭ. އެޔަގީންކަން ލިބޭ އެހެރަ މުއްދަތު ޖަހާ ގޮތުންވެސް.
ބޮޑުބެގެ ބެއްޔާ
23 March 2025
އެތެރެކުރިކަން ކޯޓަށް ސާބިތުވެއްޖެއްޔާ މަރަން ހުކުމް ކުރާގޮތަށް ހަމަޖައްސައިގެންނޫނީ ނުވާނެ އިސްލާހެއް. އެތައް ޖީލެއް ހަލާކުކޮށްފިޔޭ މިވެރިން.
އަބްޑޫޅް +
23 March 2025
އިންޑޮނޭސިޔާ އަކީ އިސްލާން ރަށެއް ދޯ؟
ހަމަކަށަވަރުން
23 March 2025
މިއެއްޗެހި އެތެރެވާ ދިވެހިރާއްޖެ އަކީ 100% މުސްލިމު ގައުމެއްކަން ހަނދާން ނެތި ޖަހާލި ކޮމެންޓެއް ދޯ ތީ؟