ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތައް: ފްލެޓް ލިސްޓަށް 2،800 ޝަކުވާ ހުށަހަޅާފައިވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މާޗް 2025 - 13:18
މީގެ މަސް ދުވަސް ކުރިން އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 2،800 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ މަހުގެ 27 ގައި އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިހާތަނަށް 2،843 ޝަކުވާ ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ހުށަހެޅީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅިގެންނެވެ. އެ ލިސްޓަށް 2،079 ޝަކުވާ ހުށަހަޅާފައިވެ އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް ހުށަހަޅާފައި ވަނީ 764 ޝަކުވާ އެވެ.
ފްލެޓް ލިސްޓާ ގުޅިގެން 3،000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅާފައިވާއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އަންނަ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފަ އެވެ. ކުރިން އޮތީ މިމަހުގެ 31 ގެ ނިޔަލަށެވެ.
ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ކުރީގެ ސަރުކާރުގައި އާންމުކުރި ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި އޭރު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލަށް ހުށަހަޅާފައިވެ އެވެ.
ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި، މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރަތޭރީ
25 March 2025
އެންމެ ރަނގަޅުވާނީ ކުރީ ސަރުކާރުން ފުލެޓް ލިބޭނެކަމަށް ލިޔުން ދީފައިވާ ފަރާތްތަކަށް ދިނުމަށްފަހު، އަލުން މި ސަރުކާރުން އަޅާ ދޫކުރާ ފްލެޓްތަށް އިންސާފުވެރިކަމާއުކު ދޫކުރުން..އެހެންނޫނިއްޔާ ވަރަށްގިނަ ބައެއްގެ ނަފްރަތު ލިބުން ނޫންކަމެއްނުވާނެ.
ޑާލު
26 March 2025
ގިނައިންހުރީ ދޮގުމައުލޫމާތުދީފަ، ޕާޓީ ކުދިންނަށް ބަހާފަ
ބަބޫ
25 March 2025
ލިބުނު މީހުނަށް ތަން ހަވާލުކުރަނީ ކޮންއިރަކުން
އިބޯ
25 March 2025
އިބޫ ވެރިކަމުގަ ދީފަހުރި ގޯތިތައްވެސް އަތުލަންވީ. މުޅިން ނުޙައްޤުން ދީފަހުރީ. ޕާޓީ ކުދިންނަށް ބަހާލާފަ އޮތީ
ނިހާލްް
25 March 2025
ޝަކުވާ ކުރަން ވަގުތު އިތުރު ކުރިޔަސް ހަމަ އެއްބަޔަކު ޝަކުވާ ލާނީ. ހައްގުވެރި ފަރާތަކަށް ނުލިބި އިން ނަމަ އެއީ އެމީހެއްގެ ޑޮކިއުމެންޓްސް މަދުވާތީ. ހަމަކޮށް ލާފަ ހައްގުވެރި މީހުންނަށް ފްލެޓް ދީފަ ހުރީ، މިއީ ކަމުގެ ހަގީގަތަކީ
ރިފްޤާ
25 March 2025
ކިތަންމެ ޝަކުވާއެއް ހުށަހެޅިޔަސް ނުލާހިކު އިންސާފުވެރިކަމާ އެކީ ދީފަ ހުރި އެއްޗެއް އެއީ. އެއްވެސް މެމްބަރަކަށްވެސް ނުފޫޒް ނުފޯރުވުނު ކަމެއް ކަމަކީ. އެހާ އަދުލު އިންސާފުން ދީފަ ހުރި އެއްޗެސް ފްލެޓަކީ
މާހިދުު
25 March 2025
ޝަކުވާ ހުށަހަޅަންޏާ ހުށަހަޅަންވީ އިބުރާހިމް މުހައްމަދު ސޯލިހު ހިލޭ ދީފަ ހުރި ބިންތައް ނެގުމަށް. އެ ހާދަ ދަށު ދަރައިގެ ކަމެކޭ އޭނަ ކުރި. މމި ގައުމުގެ އެއްޗަކީ ބިން. ބިން މީހުން ހިލޭ ބަހާ ނިންމާތަ. އެވެސް ރޮޒެއިނާ އާ އޭނަ އާއިލާއަށާ އެމްޑީޕީ އިސް ވެރިންނަށް. ނެތޭ ރަނގަޅަށް އެންމެ ކަމެއްވެސް ކޮށްފަައެއް އޭނަ ވެރިކަމުގަ.
އިޝާމް އަބްދުﷲ
25 March 2025
ތި ލިސްޓަކް ނެތް މައްސަލައެއް. ސަރުކާރުން މިކަން ކުރި ގޮތް ވަރަށް ފުރިހަމަ. އަސްލު ހަމަ ހައްގު ނޫން މީހުން ކަޓާފަ ހުރީ
ހަސީީނާާ
25 March 2025
ރޯދަ މަހެއް ބޯމަތީ އޮއްވާ ވާނުވާ ނޭނގޭ ލިސްޓެއް އިއުލާނުކޮށް، ހިތްހަމަ ޖެހިލައިގެން އަޅުކަން ކުރުމުންވެސް މިރޯދަމަހު މަހްރޫމު ކުރުވައިފި. ދެކެދެކެވެސް މިވަރުގެ ވެރިކަމެއް ނުދެކެން
ހާޝިމް ހަޝީ
25 March 2025
ފްލެޓްއެއްގެ މައްސަލައިގަ ކަލޭ އަޅުކަން ނުވަންޏާ މާދަން ބިމެއްގެ މައްސަލައިގަ ކަލޭ ދީނުންވެސް ބޭރުވާނެއްނު. މުދަލަކާ ހެދީ ދުނިޔެއަށް ގެއްލި ހުސް ތިވަނީ
ޑަބިޔާދޫ
25 March 2025
އަހަންނަކަށްނުވިސްނޭ ތިފުލެޓްތައް ނުދީ ލަސްކުރާސަބަބެއް، އމޑޕ މީހުނަށް މަގުމަތި ހަލަބޮލިކުރަން ފުރުސަތުދޭންވެގެންތޯ، އމސ މާލޭމީހުނަށް ހިލޭގޯތި ދިންގޮތަށް ފަޓާސް ބަރިއެއްހެން ތިދީ ނިންމަންވީނު
ރަންޖަވާހިރު
25 March 2025
ތިލިސްޓުގައި ހުރިމީހުނަށް އަވަހަށްދީ ތިކަން ނިންމަންވީނު، ދިވެހިން ވަރަށް އަވަހަށް ހަނދާންނެތޭނެ، ތި ނުދީ ލަސްކުރާވަރަކަށް ކަންތައްބޮޑުވާނީ، އަބަދުވެސް ނުލިބޭ މީހުންގެ އޮންނާނެ ޝަކުވާ،