ޕިކަޕް މޫދަށް ވެއްޓިފައި ---
26 މާޗް 2025 - 15:46
ދ. ކުޑަހުވަދޫގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ، މިއަދު ފަޅު ތެރެއިން މޫދަށް ވެއްޓިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ ޕިކަޕު މޫދަށް ވެއްޓުނީ ބަނދަރުގައި މުދާ އެރުވުމަށްފަހު ފަހަތަށް ޖެއްސި ގަޑީގައި ބުރެކި މައްސަލަ ޖެހި، ކޮންޓްރޯލް ނުވެގެން ކަމަށެވެ.
ކޮންޓްރޯލް ނުވެ ގޮސް ޕިކަޕް ވެއްޓުނީ ފަޅުތެރެއަށެވެ.
އެ ވަގުތު ޕިކަޕުގެ ޑްރައިވަރު ފިޔަވައި އިތުރު މީހެއް ނެތެވެ.
އެ މީހާއަށް ވެސް އަނިޔާއެއް ނުލިބެ އެވެ.
"މުދާ ހުރި ކޮންމެ ވެސް ވަރަކަށް." ޖާދުﷲ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒއސް
27 March 2025
ތިތަނުން މެލޭގެ މަތިންދާބޯޓު ފެނޭތޯ ބަލާބަލަ
ދެލޯފުޅު
27 March 2025
އޯ އޯ ތީ އެއްކަ އެމްއެޗް 370 ހޯދި ރަށު މީހުންދޯ. އަނެއްކާ ތި ޕިކަޕު ވެއްޓިފަ އޮތްތާ ދަށުން ރަންވަޅެއް ނޫނީ ތެޔޮވަޅެއް ނުފެނިއްޖިއްޔާ ރަނގަޅު
ޑޮކްޓާރ. ބަނާނާ
27 March 2025
ޙާސްކަނޑާލާ ތިޔާ އޮތީ މާބޮޑު މަސައްކަތެއް ނެތި އަގުބޮޑު ޑައިވް ސައިޓެއް ހެދި ނިމިފަ! ދެން ޢެންމެން ފީނަން ފަށާ
އަލިދީދި
26 March 2025
ޑައިވް ސްޕޮޓެއް ހެދި ނަމަ. ނާގާނެ ކަމެެއް ނެތް.
ސަނީސައިޑްބޮންޑް
26 March 2025
އޮތްގޮތަށްބާއްވާ! އޭރުންދުވަސްކޮޅަކުން ތިތަންވާނީ ޕިކަޕްޑައިވްޕޮއިންޓަށް. ވަރަށްމަޤްބޫލްވާނެ އިންސްޓަގްރާމްގަދެން
ކުލީ ޕިކަޕު
26 March 2025
އެއީ އެއްވެސް ކަމެއް ނޫން! ރޯދަ މަހު މެންދުރު ވަރަށް ހޫނު ގަދަ! ޢެހެންވީމާ ޓެކުނިކަލެއް ދިމާވެދާނެ!
ދޮންދީދީ
26 March 2025
ޕިކަޕުވެސް ރޯދައިތަ؟
ފިނިފިނި ވާރެޔާ
26 March 2025
ނަސީބެއްނު ފަޅުތެރެ އެހާ ފުން ނޫންކަންވެސް ދޯ. މި ކަމުންވެސް ޢިބުރަތެއް ހާސިލުކުރާނެ ކަމުގައި އުންމީދުކުރަން.
ފަނއ
27 March 2025
ފަޅުތެރެ އަކީ ކުރިން ފުން ތަނެއްތަ
ބާޅާބޭ
26 March 2025
އެވަރު ކަމެއް ދިމަވެދާނެ ދޯ
ޖެރާޑް.
26 March 2025
ދެން ފައްތާލާފައި ބާއްވާ... މާދަމާ ރަންގަނޑަކަށް ތިތަންވާނެ..