މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
27 މާޗް 2025 - 00:20
ގުރުއާނަށް އަމަލުކޮށްގެން ނޫނީ އިންސާނީ ކަރާމާތް ނުގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންނާއި އާއިލީ މައްސަލަތަކުގެ ތެރެއިން ވެސް މީހުންގެ އަބުރަށް އަރައިގަތުން ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ.
އޮފީސް ތެރޭގައި ނުވަތަ ކުދި ޖަމާއަތްތަކުގެ ތެރޭގައި ވެސް އިންސާނީ ކަރާމާތަށް އަރައިގަންނަމުންދާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އަމަލުތައް ބައްޓަން ކުރަންވީ ގުރުއާނުގައިވާ ގޮތަށް ކަމަށެވެ.
މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ .-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ މުޖުތަމައުތަކުގައި މިހާރު ކަންތައް ހުރީ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ނޫން ކަމަށާއި އެ ފޮތުގައި އޮތްގޮތަށް އަމަލު ކޮށްގެން ނޫނީ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު މި ސުވާލު މިއަދު އަމިއްލަ ނަފްސާ ކުރަން ޖެހޭ. އަޅުގަނޑުމެންމެ އަނެއް މުސްލިމާ، ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން ސަލާމަތްވެފައިތޯ ވަނީ. އެ ސުވާލު ކުރަން އެބަ ޖެހޭ... މިކަން އަޅުގަނޑުމެން ކޮށްފިއްޔާ އަދި ހެޔޮ ނިޔަތުގައި ކޮށްގެން އެ ކަންކަން ރަނގަޅު ކުރަން އުޅެފިއްޔާ އިސާހިތަކު މި މުޖުތަމައު ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ހައްގުތަކާ އެކު ހުދޫދު ތަކެއްވެސް އޮންނަ ކަމަށާއި އަދި އެ ނޫން ގޮތަކަށް އިންސާނީ މުޖުތަމައުއެެއް ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކިހިނެތްތޯ ކަންތައްތައް ހުރީ. އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ، ނެތިމޮށެނީ، ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ، މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް. ގޯސް ހުރިހާ އާދައެއް، އިސްލާމް ދީނުގައި، ކީރިތި ގުރުއާނުގައި މަނާ ކުރައްވާފައިވާ، އެ ކަންކަމާ ދުރަަށް ދާން އަންގަވާފައިވާ ހުރިހާ ކަމެއް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ ކަންކަން އެންމެން ގުޅިގެން ކުރިޔަށް ގެންދިއުމަށް މިފަދަ ރެއެއްގައި އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެހހެ
27 March 2025
އިންސާނީ ކަރާމާތްވެސް އެހެން އެއްޗެއްވެސް، އިންސާނާތެދުވެރިމީހަކައްވެގެން، ތެދެއްހެދެންއޮތަސް ތެދެއްހަދަނީކީނޫން، ދެންކޮންކަރާމަތެއްގެވާހަކަ ދައްކާކައް
ޗޫޤީ
27 March 2025
ޢީދު ދުވަހު ފެންނާނެ ދެޖިންސް މަސްހުނިކޮށްގެން ޤުރުއާނަށް އަމަލުކުރުވާ މަންޒަރު. އެކަން ކުރާނީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި.
ވާސިމް
27 March 2025
ދެޖިންސް މީހުން އެއްތާކަށް ގޮއްސިއްޔާ މަސްހުނި ވާނަމަ މިސްކިތައް ދިޔާމަވެސް މަސްހުނިވާނެ. ވަންނަނީ އެއްދޮރަކުން. މުސްލިމުންގެ ތެރޭ ބައިބައިއުފައްދަން އުޅޭވައްތަރު. ތީވެސް ޔަހޫދީންގެ ރޭވުމެއް. މުސްލިމުން އުފާކޮށްގެންވެސް ނުވާނެޔޯ. ދެޖިންސް އެއްކޮށް މައްކާގެ ޙަރަމްފުޅުގަވެސް އުޅެނީ.
ޗޫޤީ
27 March 2025
މައްކާ މިސާލަކަށް ތިނަގަނީ، މައްކާގައި ދެޖިންސްގެ މީހުން އެކަކު އަނެކެއްގެ ގަޔަށް ލޮލަށް ބޮލަކަށް ނާރާ. މިގައުމުގައި އީދު އުފާކުރެވުނުކަމަށް ގިނަ ދިވެހިން ގަބޫލުކުރަނީ ހިންދޫ މީހުން އެމީހުންގެ އީދުތަކުގައި އުފާ ފާޅުކުރާގޮތަށް އުފާ ފާޅުކުރެވުނީމަ. އެއީ ގުރުއާނުގައި އޮތް ގޮތް ތޯއްޗެއް. ކޮންމެ ކަމެއްގައިވެސް އޮންނާނެ ހައްދެއް ހުދޫދެއް. އެކަމަކު މިގައުމުގެ ގިނަ ކަންކަން މިހުންނަނީ ހައްދުފަހަނަ އަޅައި ގޮސްފައި.
ސިޔާސީ ހައްދުން ނެއްޓުން
27 March 2025
ސިޔާސީ ގޮތުން ކިތަންމެ ނުރުހުނަސް ތެދެއްވާނީ ތެދަކަށް. ފުރައްސާރައާއި، އަބުރުނަގާލުމާ، ދޮގުފެތުރުމާ، ފިތުނަ އުފެއްދުމާ، ދޭތެރެޖެއްސުން ފަދަ ކަންކަމަކީ ﷲ ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަ. މިއީ ޑި.ޮކްރަސީއޭ، ހައްގޭ، މިނިވަންކަމޭ ކިޔަައިގެން އެއްވެސް ބަޔަކަށް ހުުއްދަކުރެވޭނެ ކަންކަމެއް ނޫން. ރައީސް އެ ވިދާޅުވީ ކަންއޮތް ގޮތް ކަމަށްވިޔަސް، ދީނުގައި އެކަން އެހެންއޮތަސް ދިވެހިން ސިޔާސީވެފައިތިބި ވަރު ފެންނާނެ މި ހަބަރަށް ކޮށްލާ ކޮމެންޓްތަކުން.
އަހްލީ
27 March 2025
ދައްކާ ވާހަކަޔާ އަމަލާ ދިމާވޭތޯ؟
ޔާ އޫލުލްއަލްބާބް
27 March 2025
ތި ބުނީ ރަނގަޅު ވާހަކައެއް. ތި ކަހަލަ ވިސްނުމުގެ މީހުން މި ގައުމުގައި ގިނަ ނަމަ ކޮންފަދަ....
ހަގީގަތްވާނީ ހަގީގަތަށް
27 March 2025
ފުރައްސާރަކޮށް ނެތިމޮށުމާ، ތޯތޯ ބުހުތާނު ދޮގުވާހަކަތައް ފެތުރުމާއި، ފިތުނަ އުފެއްދުން މީ ދިވެހިންގެ ކަށީގަ ހިފައިފަހުރި ނުބައި އާދައެއް. ސިޔާސީ ޕާޓީތައް އައިފަހުން މިކަން ހައްްދުން ނައްޓައިފި. އިލާހީ ގާނުން ހަރާމްކުރައްވައި، މަނާކުރައްވާފައިވާ މިކަންކަމަކީ މިނިވަންކަމާއި ހައްގުގެ ގޮތުގައި ބޮޑެތި ގާނޫނުތައް ހަދައިގެން ކަނޑައަޅައި، މީހުންގެ ބޮލަށް އެގޮތަށް ވައްދައިފި. ޓީވީ ޗެނަަލްތަކާއި ނޫސްތައް ހަދައިގެން މި ފާފަވެރި އަމަލުކުރުން މެކުހަށްލައިފި.
ސަސި
27 March 2025
އިންސާނީ ކަރާމާތުގެ ހިމެނޭތަ އަދުލުވެރިކަން ކިޔާއެއްޗެއް؟
ގުރާ
27 March 2025
މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން ޤުރުއާނާއި ސުންނަތަށް އަމަލުކުރުމުގައި ދެމިތިއްބަވާތީ އަޅުގަނޑު ވަރަށް އުފާކުރަން. މަނިކުފާނަކީ އަމަލާއި ބަސް ދިމާވާ ބަސްމަދު އަމަލުފުޅުގިނަ ބޭފުޅެއް! ތިޔައީ ޒައީމޭ އަދު ދިވެހި ގައުމު ފަހުރުވެރިވާ! 2028ގައި އިރާދަކުރެވިއްޔާ ބުނެވޭނީ ސޮރީއޭ