ޑްރަގް ކެފޭއެއް ހިންގާ ތަނެއްގައި ތިބި ބަޔަކު ފުލުހުން ހައްޔަރުކުރަނީ.-- ފޮޓޯ: ޕޮލިސް
29 މާޗް 2025 - 17:46
މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ 14 ތަނެއް މި އަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމަށް އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ "ޑްރަގް ކެފޭ" ގެ ގޮތުގައި ހިންގަމުން ދިޔަ 14 ތަނެއް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކޮށްފައިވާ ކަމަށެވެ.
އެކަމަކު، އޭނާ ވިދާޅުވީ މާލޭގައި މިފަދަ އިތުރު ހަ ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި އެ ތަންތަން ބަންދުކު ރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
ނާއިފް ވިދާޅުވީ މިހާތަނަށް މާލެއިން 60 އަށް ވުރެ ގިނަ ތަންތަން ފާހަގަކުރެވުނަސް ބަންދު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ތަންތަން ބަހަންޖެހޭ އާއިލާގެ މީހުން ގިނަވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި ގިނަ ބަޔަކާ އެކު އެއްބަސްވުން ހަދާފައި ވުމާއި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށް ނާއިފް ވިދާޅުވި އެވެ.
އެފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. ނާއިފް ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
މިދިޔަ އަހަރު ވެސް ފުލުހުން ވަނީ "ޑްރަގް ކެފޭ" ގެ ގޮތުގައި ހިންގާ 40 އަށް ވުރެ ގިނަ ތަންތަން ބަންދު ކޮށްފަ އެވެ. އޭރު ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 142 ބިދޭސީން ޑިޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިހަނު
31 March 2025
އެތަންތަން ދައުލަތަށް ނަގާށޭ! އޭރުން ގެވެރިންވެސް ބަލާނެ ވާނުވާ. ނޫނީ ގެވެސް ގެއްލިދާނެކަމުގެ ބިރަށް ނަމަވެސް ތިކަންކަމެއް ނުކުރާނެ. ﷲ މޮޅަށް ދެނެވޮޑިގެންވަނީ.
ބައްބެ
31 March 2025
72 ގަޑިއިރަށް ކޯޓު އަމުރެއް ނެތި ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގަ ސިޔާސީ ގޮތުން ސަރުކާރުން ވިޔަފާރިތަކަށް އަތް ފޯރުވުމުގެ ބިރު އެބައޮތް. އެނޫން ގޮތަކަށް އިސްލާހުކުރަން ފެނޭ.
ސްލީމު އިދުރީސް
31 March 2025
ފުލުހުން ތިކުޅޭ ކުޅި ރައްޔިތުންނައް އެގޭ ތިއީ ބިދޭސީ ފޮނުވާލާގޮތައް ކިރުރާކަމެއް! 14 ތައްބަންދުކުރީ ވަކިބަކައް ވިއަފާރި ރަގަޅު ކޮއްދޭން ކަމުގަ ފުލުހުން ކުއްކުރާމި މިންގަނޑައް ބަލާފަ ބުނެވެން އެބަައޮތް! ބަންދުނުކުރެވިގެން ތިއުނީ ޔުނީފޯމު އެޅިމީހުންގެ ތަންތަނޭ ބުނެވެން އެބޮތް! ބަންޑާރަގޯއްޗެއްގަ ގާނޫނާހިލާފު ކަންތައްގަޑެއް ހިންގާނަމަ ބަންދުކުރަން ވެރިންގެ ރުހުން ހޯދަން ނުޖެހޭނެ
ގޮނުއަނގަ
30 March 2025
އިސްލާމްދީނާ ޚިލާފު ކަމެއް ކުރާނަމަ އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާކަމެއް އެތަނެއްގައި ހިނގާނަމަ އެތަނެއް ބަންދުކޮށް ތަޙްޤީޤު ކުރުމުގެ ބާރު ފުލުހުންނަށް ދީފައި ނުވަނީތޯ. ދީފައިވާނަމަ ތަޙްޤީގު ނިމެންދެން ތަން ބަންދު ނުކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ. ތިޔަދެއްކެނީ ބަހަނާ. ކަމުން ރެކެންވެގެން އުފައްދާ ބަހަނާ.
އަޑު ކެފޭ
30 March 2025
އައްޑޫގައި ވެސް ތިފަދަ ކެފޭ ތައް އެބަ ހިންގާ. އެތަންތަން ދޫ ކުރެވެނީ ކިހިނެއް ވެގެންތޯ؟
ސުފުރާމަތިން
30 March 2025
"އެފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ" މިވަރު ވީމާ ޤާނޫނު އިސްލާޙުކުރަން ބަލަހައްޓާ ފަރާތަކަށް ދަންނަވާކަށް ނުވޭތޯ. ހަމަ މިމިންގަނޑުގައި ބައްލަވަން ތިއްބަވާނީތޯ. "މަގޭބައި ނިމުނީ" ޒިންމާ އަދާވީ ދެއްތޯ
ވިސްނަވާށޭ
31 March 2025
ދަންނަވާފައޭ އެއޮތީ ރިޕޯޓުގައި.
ޕޮލިސް އެކަޑަމީ
30 March 2025
ކުރަން ބޭނުންވާ ކަމެއް ކުރަން ތިމީހުން ކޮންމެހެން ޤާނޫނާ ޤަވާއިދަކަށް ނުބަލާނެ. ޤާނޫނާ ޤަވާއިދޭ މިކިޔަނީ ކުރަން ބޭނުން ނުވާތީ ދައްކާ ބަހަނާ. .
ާމިއަދު
30 March 2025
އެޗް 9 ގެ 7 ވަނަ ފަންގިފިލާ 11 ވަނަ އެޕާޓްމަންޓް ހަމަ ވަރުގަދައަށް
1818
29 March 2025
ދެން ރައްޔިތުން ނިކުމެ ބާކީ ހުރިތަންތަން ބަންދުކޮށްދޭންވީ؟ ފުލުހުންނާއި ސިފައިން ދޭބަލަ މަހަށް!
ދޮން
29 March 2025
ހަރާމް ކަމެއް ހުއްޓުވަން ކޮން ޤާނޫނީ ހުރަހެއްތަ ، ބޮޑު ޖޯކެއް އިސްތިއުފާ