ހައި ކޯޓް: އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި --- ފޮޓޯ/މިހާރު
29 މާޗް 2025 - 20:51
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒް ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް (ޖޭއެސްސީ) އިން ކުރިން އޮތީ ހުޅުވާލައިފަ އެވެ.
އެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ނިޔާޒްގެ ތެރެއިން ފަނޑިޔާރު ފައިސަލަކީ މިވަގުތު ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެވެ. އަދި ފަނޑިޔާރު ނިޔާޒަކީ ޖޭއެސްސީއަށް ހައި ކޯޓުން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސެވެ.
އެ ދެ ބޭފުޅުން ވެސް ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ބޭފުޅުން ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޖާބެ
30 March 2025
ނިޔާޒް އެންމެރަނގަޅު ވާނީ ޖެހިލުމެއްނެތި ހައްޤު ބަސް ބުނެ ނިޔާ އިއްވަވާ ބޭފުޅެކެވެ
އެހެންތަ
31 March 2025
އީގޯ ފިލުވަން ކުރާ ހުކުމްތަކޯ؟
ވަތަނަބޭ
30 March 2025
ފައިސަލްގެ ގޮތެއް ނޭގެ. ކަރަޕްޓޭ ބުނާތީ އަހަން. ނިޔާޒަކީ މަހާ މޮޅަށް އެހެން މީހަކަށް އެއްޗެއް ނޭގޭކަމަށް ދެކޭ ބޮޑާ ސިގު ރުޅިއެއް ހުންނަ މީހެއް.
ޑޮން ޓީމު
30 March 2025
ފައިސަލަކީ އެންމެ ކޮރަޕްޓް ޖަޖު. އެހެންވީމާ މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން ތި މަގާމް ދޭނީ ފައިސަލްއަށް. ހައިކޯޓުގެ ކޮންޓްރޯލް ނަގަން ވެގެން އެއީ
ވޯލް
30 March 2025
ތިޔަ މަޤާމަށް އެންމެ ގަބީލްވާނީ ނިޔާޒު، ފައިސަލްއަކީ ޔާމީނު ޒަމާނުގައި ތިޔަތަނަށްލާފަ އިން މީހެއް. ގިނަ ރައްޔިތުންގެ މެދުގައި އިތުބާރު ހުރިމީހެއް ނޫން. އެކަމަކު މިރާއްޖޭގައި މިފަދަ މަަޤާމު ލިބޭނީ އެންމެ ޤަބިލު މީހާއަށްވުރެ ބޮޑަށް ސަރުކާރުގެ ގުޅުން އޮންނަ މީޙައަށް.
ހަލީމަތު ސައީދު
30 March 2025
ތިޔަ މަގާމު ދޭނީ ފައިސަލްއަށް. އެއީ ފައިސަލްއަކީ މި ސަރުކާރުން ބޭނުންވާ ކަހަލަ، "ސަރުކާރުގެ ބަސް އަހާ" އަދި ކުރިއަށް އޮތްތަނުގައި ބަސް އަހާނެވެސް މީހަކަށްވާތީ. މިއީ 100 ޔަގީން ކަމެއް. މަ ބުނީތީވެސް ބަލާތި މިއީ ދޮގެއްތޯ
މުހައްމަދު ހަސްތީ
29 March 2025
ފައިސަލްއަކީ އެކަމަށް ކުފޫ ހަމަވާ މީހެއް ނޫން. ސިޔާސީ އެކްޓިވިސްޓަކަށް ސުއޫދު ވެފައި ފައިސަލް އެހެން ނުވާނެ އެއްވެސް ސަބަބެއް ނެތް. ދެން އިލްމާއި ތަޖުރިބާއަށް އަދި ނަޒާހަތްތެރިކަމަށް ބެއްޔަސް ފައިސަލް ކުފޫ ހަމަ ނުވޭ ފަނޑިޔާރުކަމަށްވެސް
ްަސްސަ
30 March 2025
އަދުރޭ ކުފޫ ހަމަވާ ތަނެއްގަތަ އެއިންނަނީ