މާލެއަށް މީގެ ކުރިން ވިއްސާރަ ކުރި ދުވަހެއްގައި މަގެއްގައި ފެންބޮޑުވެފައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 އެޕްރީލް 2025 - 10:52
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ރީނދޫ އެލާޓު ނެރެފި އެވެ.
މެޓު އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ހެނދުނު 10:45 އިން މެންދުރު 2:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާތީ، ދަތުރުކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް މެޓު އޮފީހުން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް 48 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނައިދު ޝަރީފް
09 April 2025
ގުގުރަންފެށީމަ ހޭލެވިގެން ބަލައިލިއިރު މޫސުން ގޯސްވެއްޖެކަން އެގުނީދޯ.
ޅޮލް
09 April 2025
ވަޒީރުން ގަންބޫޓުގަ ފެންހިއްކަން ނުކުންނާނެ ކަމުގެ އުންމީދުގަ. އަދި އާޒިމާ ފެންގަނޑުގަ ހިގާ ރައްޔިތުންގެ އަތުގަ ހިފާ މަގު ހުރަސްކޮށްދޭނެ ކަމުގެ ހުންމީދުގަ ހުރީމެވެ. އަދި މިނިސްޓަރ މުއްތަލިބު މާލޭ ސިޓީ ކައުންސިލް ކުށްވެރިކޮށް ކޮންމެވެސް ޝަކުވާއެއްކޮށް ބަޔާނެ ނެރޭނެކަމުގެ އުންމީދުގަ ހުރީމެވެ. ސަލާމް
އަބްޑޫޅް +
09 April 2025
ހޫމް. ރީނދޫހުން ޖެހިފަ ދޯ؟
އިނބިރާ
09 April 2025
މައުމޫނުގެ ދައުރުނަމަ ވިލާގަޑަށް ރެޑީނުވެވެނީސް ސިފައިންގެ ކުދިންތިބޭނެ ޕަންޕު ރެޑީކޮށްގެން.
އަބްޑޫޅް +
09 April 2025
ހޫމް. ގައްޔޫންބޭ އެއީ ޔުނީފޯމެއް އަޅައި، މެޑެލި ޖަހައިގެން އުޅުނު ގޮލައެއް ދޯ؟
މައިކާލޯ
09 April 2025
ކުރީފަހަރުވެސް އެބޭފުޅުން ނިކުތީ ކުޑަ ސްރިންޖެއްވަރު ޕަންޕެއް ހިފައިގެން. ތަންކޮޅެއް ބޮޑުއެއްޗެއް ހޯދަންވެއްޖެއްއެއްނުން. ކުޑަކުޑަ ރަށެއްގައި ފެންބޮޑުވެ އެތައް އިރުއްވާއިރުވެސް ފެންކޮޅު ހިންދާނުލެވެއްޏާ އޭ ހާދަގަޅިވީމައޭ ދޯ!
އަލީ
09 April 2025
ހުޅަނގުމޫސުން ފެށުމުގެކުރިއަށް, މާލޭގެ ކާނުތައް ސާފުކޮށްލިނަމަދޯ ބައެއްމަގުތަކުގެ ކާނު ސާފުނުކުރާތާ 3 އަހަރު މިކަންކޮށްލައިފިނަމަވެސް ކޮންމެވެސްވަރެއްގެ ޙައްލެއްލިބޭނެ
މެހި
09 April 2025
ސުޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިއްސާރަވެއްޖެ ކަރައްންޓުބިލް ކުޑަވާނެތައް.
އެމްޑީ ފަހޫ
09 April 2025
ކަލޭމެން އެވަރަށް ހީޓަރު ބޭނުންކުރަންޏާ ކިހިނެއް ތިރިވާނީ.
ފެންނަގޮތް
09 April 2025
ފެން ބޮޑުވެ ގެތަކަށް ވަދެ، ސޯސަލް މީޑިއާގައި ޖެހީމަ ބާ ފެންހިއްކަން ފަށާނީ
ސަސި
09 April 2025
ދެން ލަސްނުކޮށް ފެން ހިއްކަން ނުކުންނަންވީނު،