ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓް: އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
09 އެޕްރީލް 2025 - 22:44
ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައިދިޔަ ސައިކަލެއް ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރުފަހު ހިނގި މި އެކްސިޑެންޓުގައި ފުލުހުންގެ ކާރުގައި ސައިކަލުން ޖެހި ކުޑަކުއްޖާއާ އެކު އެ ސައިކަލްގައި އިން އަންހެން މީހާ ތާރު އަޅާފައި އޮތް މަގުމައްޗަށް ވެއްޓުނެވެ.
ނަމަވެސް، ކުއްޖާއަށް ވެސް އަދި އަންހެން މީހާއަށް ވެސް އަނިޔާއެއް ނުވެ އެވެ.
އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.
އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ގޯޅިއަކުން އައި އެ ސައިކަލު މައި މަގަށް އަޅާލަން އުޅުމުގެ ތެރޭގައި އެ މަގުން ދުއްވާފައި އައި ފުލުހުންގެ ކާރުގައި ޖެހިގެންނެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނި
10 April 2025
ފުލުހުންގެ ކާރު ދުއްވާ މީހުންގެ ލައިސަންސް އޮވޭތޯ އެބަޖެހޭ ބަލަން އަދި ތިކުރާ ތަހުޤީޤު ނިމޭދުވަހެއްވެސް ނޯވޭ ޙުޅުމާލޭގައި ފުލުސް ކާރުން ޖައްސާ ހޭނާރާ ޒުވާނަކު މިދިޔަ ޑިސެންބަރުން ފެށިގެން މަރާ ހަނގުރާމަ ކުރަނީ ފުލުހުން އަދިވެސް ތަހުޤީޤު ކުރަނީ،, މީހަމަ ބޮޑު އަރަތެއް
ވޯލް
10 April 2025
ސައިކަލް ދުއްވާ ގިނަ މީހުން އަދާ ބައެއް ގޯސްތައް. ސީދަލަށް ދާ ވެހިކަލްއަށް އިސްކަން ނުދިނުން، ބޮޑު ކުޑަ މަގަކުން ބޮޑު މަގަކަށް ނުކުންނަ އިރު ނުބަލާ ނުކުިތުން، ގޯޅިކަންމަތިން އޯވަރޓޭކް ކުރުން، ކަފިލިހުރަކުން އޯވަރޓޭކް ކުރުން.
ސަލީމު އިދުރީސް
10 April 2025
އަޅުގަނޑައް މައްސަލައަކީ ޕެޓިރޯލުއަންދާ ވައިބުރުޖަހަން ތިކަހަލަ ކުދި ރައްތަކުގަ ފުލުހުން ކާރުގަ އުޅޭތި! ދުއްވާއެއްޗެތި ގިނަވިރަކައް ތިކަން ހިގާވަރު ގިނަވާނެ! ތިކަހަލަ ކުދި ރައްތަކުގަ ސައިކަލާ ކާރު ނުދުއްވޭ ގޮތް ހަދަން ފެނޭ
މުހައްމަދު ގފދ
10 April 2025
އެއީ މާލެ ފިޔަވާ އެންމެ މީހުންގިނަ ރަށް. އަދި ބިމުގެ ގޮތުން ހަތަރު ވަނައަށް ބޮޑު ރަށް. ތަނެއްދޮރެއް ނޭގުނަސް އަނގަ ތަޅާތި.
ސަލީމު އިދުރީސް
11 April 2025
މާލެ އެއީ މާބޮޑުތަނެއްތޯ؟ ކުޅުދުއްފުށީގަ ދިހަކިލޯ މީޓަރު ހަމަނުވާނެ
މަސްމީރު ސިއްތި
10 April 2025
ސައިކަލު ދުއްވާ ގިނަ މީހުން ހިތުން އެމީހުން މޮޅު، ވެލެންޓީނޯ ރޮސީ މެނަށް ވުރެން. އަނެއްކޮޅުން ކާރު ދުއްވާ ގިނަ މީހުން، މައިކަލް ޝޫމޭކާރ މެނަށްވުރެ މޮޅު. ހިތާމަ ހުރި ކަންކަން މީ.
ކުކުޅުމީރު ހާޖަރާ
10 April 2025
އަސުލުވެސް!
އއަޔޔ
10 April 2025
ސައިކަލް ނުބައި ފަޅިން އައުން ވަރަށް ގޯސް، ފުލުހުންގެ ކާރުވެސް ގޯޅިއެއް ކާރިން އެއްވެސް ވަރަކަށް ބަލާނުލާ މާބާރަށް އައީ
ބޯގަޅި
10 April 2025
މައިމަގު ހުރޭތަ ގޯޅިތަކާދުރުގަވެސް، ގޯޅިތަކުން މައިމަގަށް ނުކުންނައިރު ބަލަންޖެހެނީ މައިމަގުން ދުއްވާއިރު ހުރިހާ ގޯޅިތަކަށް ބަލަންނުޖެހޭތީ ނުވެސްބެލޭނެތީ !!!!.
ފަހި
10 April 2025
ސައިކަލް ނުގަވައިދު ފަޅިން ބާރަށްނުކުތުމަކީ ކުށެއް ބައެއްމީހުންނަށް ދުއްވާފަދާއިރު ހީވާކަހަލަ މީއީ ފަޅުރަށެކޭ
ދިވެހިންގެ ލޮޖިކް
10 April 2025
ނުބައިފަޅިން ނުބަލާ ބާރަށް ނުކުތަސް ޖެހިގެން ނުވާނެދޯ. އަދި ހާއްސަކޮށް ފުލުހުންގެ ވެހިކަލެއްގަ. މީގަ ގޯހީ ފުލުހުން
އުދުހޭ
10 April 2025
ބޮޑުމަގުން ކުޑަމަގަށް ނިކުންނަ ވެހިކަލް ހުއްޓާ ދެފަރާތްބެލުމަށްފަހުނޫނީ ނިކުމެގެންނުވާނެ. އެއީ ގަވާއިދު.
ބުރުންދީ
10 April 2025
މިޔަސަރުކާރުގަ މުއަށްސަސާތަށް އާންމު ރައްޔިތުންއަށް ޖެއްސުން ކުރުން މިހާރު އާންމުވެއްޖެ. ދެއިރު ދެ ދަޅައަށް ކަރަންޓް ކެޑުން. ސަރުކާރު އޮފީސް ތަކުގަ ރޯވުން. ސަރުކާރު އުޅަންދުތައް އާންމު ރައްޔިތުން ގައިގައި ޖެހުން. ބޮޑެތި މުޖުރިމުން މިނިވަންވެ' ސަރުކާރަށް ހިދުމަތް ކޮށްދޭ މީހުން ވާނުވާއަށް ބަންދު ކުރުން.
ޒަހީންތަ
10 April 2025
މި ވެރިކަމުގަ އަބަދު މި ސުރުހީތަކށް އަރަނީ ސައުލަތުގެ ވެރިން ކުށްކޮށްގެން ބަންދު ކުރާ ހބަރާއި ފުލުހުންގެ ކާރުތައް އާންމުން ގައިގާ ޖެހޭ ވާހަކަ! ބިރުވެރި ގައުމަކަށްވެއްޖެ