އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕުގެ އިސްތަށިގަނޑު ވަޔާ އެކު ހޭވިފައި: ބޯ ތެންމާލައިގެން ރަނގަޅަށް ފެންނުވެރޭ ކަމަށް ވިދާޅުވެ ފެނުގެ ޕްރެޝަރު މަތިކުރަން އޭނާ ވަނީ އަމުރުކުރައްވާފައި. -- ފޮޓޯ: ރޮއިޓާސް
10 އެޕްރީލް 2025 - 11:16
އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ލިމިޓްކޮށްފައި ބެހެއްޓުން އުވާލައި "އެމެރިކާ މީހުންނަށް އަލުން ރަނގަޅަށް ފެންވެރޭނެ ގޮތް" ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.
"މޭކް އެމެރިކާސް ޝަވާސް ގްރޭޓް އެގެއިން" ގެ ނަމުގައި މި އަމުރު އައި އިރު ޓްރަމްޕު ވަނީ މީގެ ކުރިން ވެސް ފާހާނާތަކުން ބާރު ޕްރެޝަރުގައި ފެން ނުލިބި، ފެންވަރަށް އުނދަގުވާ ކަމުގެ ޝަކުވާ އެތައް ފަހަރަކު ކުރައްވައިފަ އެވެ.
އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ބަހައްޓާފައި ހުންނަނީ ފެނުގެ އިސްރާފު ކުޑަކޮށް، ދެމެހެއްޓެވި ގޮތުގައި ބޭނުންކުރުމާ ބެހޭ ގަވައިދުތަކުގެ ދަށުންނެވެ.
"އަޅުގަނޑު ވެސް ބޭނުންވޭ ރަނގަޅަށް ރީތިކޮށް ފެންވަރާލައި އަޅުގަނޑުގެ މި ރީތި އިސްތަށިގަނޑު ރަނގަޅަށް ބަލަހައްޓަން،" އޯވަލް އޮފީހުގައި، ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ [ބޯ] ތެމެނީ މާގަނޑު ދަށުގައި 15 މިނެޓް ހުރެގެން. [ފެން] އަންނަނީ ތިއްކަކުން ތިއްކަކުން. މިއީ ބޮޑު ޖޯކެއް."
ޓްރަމްޕުގެ އަމުރުގައި އެނާޖީ ޑިޕާޓްމަންޓަށް އަންގަވާފައި ވަނީ ޝަވާހެޑްތަކަށް މިނެޓަކު 2.5 ގެލަން (9.5 ލިޓަރު) ފެނަށްވުރެ ގިނައިން ފޮނުވުން މަނާކުރާ "ރެޑިކަލް ގްރީން" ގަވައިދު ބަދަލުކުރުމަށެވެ.
ވައިޓް ހައުސް އިން ބުނީ މިއީ ގޭތެރޭގެ އަސާސީ ކަންކަމުގެ މައްޗަށް ވެސް ހަރުކަށި ގަވައިދުތައް ހިންގައި "ފެންވެރުމާ ދެކޮޅަށް އޮބާމާ އާއި ބައިޑެން އިއުލާނުކުރި ހަނގުރާމަ" ނިމުމަކަށް ގެނައުން ކަމަށެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން ވަނީ ފެންވެރާ ޝަވަރާއި ފާހާނާ އާއި ޑިޝްވޮޝަރާއި ގޭތެރޭގެ އެހެނިހެން ސާމާނުތަކަށް ފެނުގެ ޕްރެޝަރު ކަނޑައެޅުމާ ބެހޭ ގަވައިދުތަކާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ.
ފެނުގެ ޕްރެޝަރު ދަށްކަމުން ރަނގަޅަށް ފެން ނުވެރޭ ކަމަށް ޓްރަމްޕް ވިދާޅުވާއިރު އެޕްލަޔަންސް ސްޓޭންޑާޑްސް އެވެއާނަސް ޕްރޮޖެކްޓުން ބުނާ ގޮތުގައި "ޝަވާ ހެޑް ސްޓޭންޑާޑްސް އިން ކަސްޓަމަރުންގެ ފެނާއި ހަކަތައިގެ ބިލް" ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. އަދި މިހާރު ހުރި ޕްރެޝަރުގައި ވެސް "ހަމަ ރީއްޗަށް ފެންވަރާލެވޭ" ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
12 April 2025
ޓްރަމް ފާޑު މީހުން އުޅޭނެ މިގޮތަށް ނޫސްތަކުން ހެޑިން ހޯދަން. އެކަކީ އަންނި، ދެވަނަ މީހަކީ ވެލިދޫ ދާއިރާގެ އައްބާސް، ޖާބިރު. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ
raajje
11 April 2025
ޓުރަންޕަކީ ދެއުޅިއެއްނުވާކަންކަންކުރާމީހެއް، އަބަދުވެސްއުޅެނީ ނޫސްތަކުގެ ހެޑިންގއަށްއެރޭތޯ! ހަމަޖެހޭމީހެއްނޫން، މީއަޅުގަނޑުއެކަނިބުނާއެއްޗެއްވެސްނޫން، އެމެރިކާގެ ގިނަބަޔަކުވެސް ގަބޫލެއްނުކުރޭ ޓުރަންޕު ބޯހަމަޖެހޭކަމަކަށް، ފައިސާހުރީމާކޮންމެވެސްގޮތަކުން ރައީސްކަން ދަމައިގަނެގެންއުޅެނީ
ޕައިޕުލައިން
10 April 2025
ދެން އަނެއްކާ ބިލު ބޮޑުވެގެން ރޮއި ހޭރިގަންނާނެ އަންނަ މަހު، ތިޔަ ޕުރެޝަރެއް މަތިކުރީނުންގޮސް.
ހަސަނު
10 April 2025
ޓުރަމްޕު ބުންޏަސް އެއީ ރަނގަޅު ވާހަކައެއް.. މަށަށް ވެސް ހުކުރު ވަގުތު ފެން ވަރާލަން އުނދަގޫވޭ ޕުރެޝަރު ދަށް ކަމުން...
ބަދަލީ
11 April 2025
ހުކުރު ވަގުތު ގޭގައި ފެންވަރަން ހުންނަން ޖެހެނީ ކީއްވެބާ؟ ހުކުރު ވަގުތު މިސްކިތުގައި ނުހުންނާތީ ވާގޮތެއް ތީ
މހއމ
12 April 2025
ހުކުރުގައި ނޫނަސް މިރާއްޖޭގައިވެސް ޕްރެޝަރ ދަށްކޮށް ދަނީ ފެން. މަވެސް 15 މިނިޓް ބޭނުންވޭ ބޯ ތެމެން.
ސަސި
10 April 2025
ބްރަދަރ ހުޑުން ވިއްކާނެ ހީރޯ ޖެލް ބޭނުން ކިއްސަރަކަށް ދަމާ ލެވޭނެ
ނަރޫޓޯ
10 April 2025
މިކަލޭގެ މިހުރިހާ ދުވަހު އުޅުނީ ރަނގަޅަށް ފެން ނުވަރާ ދޯ؟
ޖޯބައިންދާ
10 April 2025
ކުރިން ބުނިހާއެއްޗެއް ކެންސަލް ކުރުން މި ބޭބެ ގެ ކަމަކީ ދޯ އޮބާމާ