2014 ވަނަ އަހަރުގެ އިންޑިއަން ސުޕަ ލީގް ފެށުމުގެ ރަސްމިއްޔާތުގައި ރިތިކް ރޯޝަން އާއި ޕްރިޔަންކާ ޗޯޕްރާ ޕާފޯމްކުރަނީ.
12 އެޕްރީލް 2025 - 06:39
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އެމެރިކާގެ ނިއު ޔޯކަށް ގޮސް ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ ބައްދަލުކޮށްފި އެވެ.
އެމެރިކާގައި ތިބި އޭނާގެ ފޭނުންނާ ބައްދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިވެންޓެއްގައި ރިތިކް ބުނީ އޭނާ ނިއު ޔޯކަށް ކުރާ ދަތުރުގައި ޕްރިޔަންކާ އާއި ނިކްއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ނިކްގެ ބްރޯޑްވޭ ޝޯ "ދަ ލާސްޓް ފައިވް އިޔާސް" ބަލަން ދިޔަ ކަމަށް ވެސް ރިތިކް ބުންޏެވެ.
"ރޭގައި އަހަރެން އުޅުނީ ނިކް އާއި ޕްރިޔަންކާއާ އެކު. އޭނާގެ ބްރޯޑްވޭ ޝޯ ބަލަން ދިޔައިން، އެއީ ވަރަށް ފުރިހަމަ ޝޯއެއް. އޭނާ ވަރަށް ރީތިކޮށް އެކްޓްކުރި. އޭގެ ނަމަކީ 'ދަ ލާސްޓް ފައިވް އިޔާސް'،" އެ އިވެންޓުގައި ރިތިކް ބުންޏެވެ.
ރިތިކް، ޕްރިޔަންކާއާ ބައްދަލުކުރުމުން ފޭނުންނަށް އެކަން ވަރަށް ބޮޑަށް ހާއްސަވި އެވެ. ސަބަބަކީ ރިތިކްގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމު ގެނެސްދޭން އުޅޭއިރު، އެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ކަމަށް ބުނާ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި އެ ދެމީހުން ބައްދަލުކުރުމުންނެވެ. "ކްރިޝް"ގެ ދެވަނަ އަދި ތިންވަނަ ފިލްމުގެ ލީޑު އަންހެން ތަރިއަކީ ޕްރިޔަންކާ އެވެ.
މީގެ ކުރިން "ކްރިޝް"ގެ ފިލްމުތައް ޑައިރެކްޓުކުރީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ނަމަވެސް، ހަތަރު ވަނަ ފިލްމު ޑައިރެކްޓުކުރަނީ ރިތިކް އެވެ. އަދި މިއީ ރިތިކް ފިލްމެއް ޑައިރެކްޓުކުރާ ފުރަތަމަ ފަހަރެވެ.
"ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގައި ހާއްސަ ފެނިލުމަކުން، މި ފްރެންޗައިޒްގެ ފެށުން ކަމަށްވާ "ކޮއި މިލް ގަޔާ"ގައި މުހިންމު ރޯލުތައް ކުޅުނު ޕްރިތީ ޒިންތާ އާއި ރޭކާ ވެސް ފެންނާނެ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް، މި ފިލްމުގެ ކާސްޓު އަދިވެސް ރަސްމީކޮށް އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޖަލް
13 April 2025
އޭ ތެދެއްތަ ސުނީ
ެއދއ
12 April 2025
ދެން އަހަރެމެން ކީއްކުރަންވީ ތިޔަކަމާ
ައަލަކުރި
12 April 2025
އަހަންނަކަށް ނޭނގެ