އެމްއެމްއޭ. ރިޒާވްގައި ހުރި އަދަދު ވަނީ ދަށްވެފައި -- ފޮޓޯ: މިހާރު
13 އެޕްރީލް 2025 - 11:12
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. މިދިޔަ ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 179 މިލިއަން ޑޮލަރެވެ.
ޔޫޒަބަލް ރިޒާވްގެ އިތުރުން ރަސްމީ ރިޒާވް ވެސް ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓު ދަށަށް ވެއްޓިފަ އެވެ. މާޗް މަހުގައި ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެއީ ފެބްރުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 40 މިލިއަން ދަށް އަދަދެކެވެ. އެ މަހުގެ ރަސްމީ ރިޒާވް ގައި 832 މިލިއަން ޑޮލަރު ހުއްޓެވެ.
ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ވެއްޓުމަށް ފަހު، ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕުން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ. ކަރެންސީ ސްވޮޕާ އެކު، މިދިޔަ ތިން މަހުގެ ރިޒާވް ވެސް ވަނީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫކިނބޫ
18 April 2025
ބަޖެޓް ށަރރޕްލަސް ކަމށް ފިނޭނސް ރިޕޯޓް ކޮށް ފޮނު އަރުވާ އިރު ، އެމްއެމްއޭ ރިޕޯޓް މިދައްކނީ ރިޒާރވް ދަށްވެފައި ކަމަސޤ ... ދެނޯ
އެންމެން ހެޕީ
13 April 2025
އެކަމަކު ބޮޑެތި މަނަވަރު ގަންނަ އަޑު އިވެނީ
ޫޔ767
13 April 2025
މިގައުމު ދަރާފަ އޮތްވަރާ 5 އަހަރު އިގްތިސާދީ އެއްވެސް ކުރިއެރުމެއްނެތި އަދި އިގްތިސާދަށް ފައިދާވާނެ އެއްކަމެއްނެތި ދިއުމާ 2024 އިން ފެށިގެން ދަރަނިން ދައްކަންޖެހޭ އަދަދު ބޮޑު ކަމާއެކުވެސް ގައުމު ވިއްކާ ނުލާ ނިވަތަ ޑީފޯލްޓް ވިޔަނުދީ ހިފަހައްޓާލެވެނީ ލައްކަ ތަންދޮރު ދަންނަ ބައެއް ގައުމުގެ ހުންގާނުގައި ތިބީމަ.
އަކްމަލް އަލީ
13 April 2025
މީގަ ނެތް މައްސަލައެއް. މިދިޔަ މަހު 126 މިލިޔަންގެ ލޯނެެއް ދެއްކި.
ނޫހް އިބްރާހިމް
13 April 2025
އިގްތިސާދު ދަތި ހާލަތުން ގައުމު އަސްލު މުއިއްޒް ކުރިޔަށް އެބަ ގެންދޭ. ވަރަށް ގާބިލް ހަގީގަތުގައި.
ޝަބުނަ،ް
13 April 2025
މިކަން ހަމަޔަކަށް އެޅޭނެ އަނެއްކާވެސް. ބޭންކްތަކަށް ޑޮލަރ މާރުކުރާނެ އަންނަ މަހު.
މަފާޒް ސަލީމް
13 April 2025
ހާސްނުވޭ. ލޯން ދެއްކުމުން ވި ގޮތެއް އެއީ. ދެން ދާނީ އަނެއްކާވެސް ރިކަވާވެ މައްޗަަށް.
ޝަހުމް އާދަމް
13 April 2025
ރިޒާވް ހަމަޔަކަށް އަޅުވާ އިގްތިސާދު ކުރިއަރުވާނީ ރައީސް މުއިޒް
ސަލިމްބައި
13 April 2025
މިވަރުން މިއަހަރު ދައްކަން ހުރި ދަރަނިތައް ދެއްކޭނެބާ؟؟ ނޫހުގާ އެއްޗެއް ޖަހާއިރު އޭގެ އަނެއްފުށް ވެސް ސާފުކޮށްލާނަމަ ރަނގަޅުވީސްނު... މިއަހަރު ޖުލައި މަހާ ހަމައަށް ކިތަން މިލިއަން ޑޮލަރު ދައްކަންޖެޖޭތޯ އަދި ޖުލައިގެ ފަހުން ކިތަށް މިލިއަން ދަންކަން ހުރިތޯ އަހާލަބަލަ ...
އައިމިނާ
13 April 2025
އަދިވެސް މިސައިލާ ބޮމާ ޑްރޯން ގަނެވޭތޯ ބަލާތި. މި ކިޔަނީ ކުރިއަށް އޮތް 3 އަހަރަށްވެސް އަލިމަގެއް ފަހިކަމެއް ނެތޭ ފެންނާކަށް.