ބޮލީވުޑްގެ އެކްޓަރު އާމިރް ހާން އާއި އޭނާގެ އާ ލޯބިވެރިޔާ ގޯރީ ސްޕްރަޓް.
14 އެޕްރީލް 2025 - 06:18
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން ފުރަތަމަ ފަހަރަށް ޕަބްލިކް އިވެންޓަކަށް ހިނގައްޖެ އެވެ.
އާމިރް އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރަޓް ގޮވައިގެން ދިޔައީ ޗައިނާގެ މަކާއޯގައި މިހާރު ކުރިއަށް ގެންދާ މަކާއޯ އިންޓަނޭޝަނަލް ކޮމެޑީ ފެސްޓިވަލަށެވެ. އެ ދެމީހުން އެކުގައި އިވެންޓަށް ގޮސް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
އެ އިވެންޓުގައި އާމިރް ވަނީ ގޯރީއާ އެކު ފޮޓޯ ނަގަން މީޑިއާ އާއި ޕަޕަރާޒީންގެ ކުރިމަތީގައި ހުއްޓިފަ އެވެ.
އާމިރް އޭނާގެ އާ ލޯބިވެރިޔާ ތައާރަފުކޮށްދިނީ އޭނާގެ 60 ވަނަ އުފަންދުވަހުގެ ކުރިން މުމްބާއީގައި ނޫސްވެރިންނާ ބައްދަލުކުރަން ބޭއްވި އިވެންޓެއްގަ އެވެ.
#viralvideo
— greatandhra (@greatandhranews) April 13, 2025
గౌరీ స్ప్రాట్తో పబ్లిక్ ఈవెంట్లో మొదటి సారిగా ఆమిర్ ఖాన్.
ఆమిర్ ఖాన్ తన 60వ పుట్టినరోజు సందర్భంగా గౌరీ స్ప్రాట్తో డేటింగ్లో ఉన్నట్లు ప్రకటించారు.
తొలిసారి ఇద్దరు మకావు ఇంటర్నేషనల్ కామెడీ ఫెస్టివల్లో ఇద్దరూ కలిసి హాజరయ్యారు. #amirkhan #GauriSpratt pic.twitter.com/QH5crIYK6p
ގޯރީއަކީ ބެންގަލޫރުގައި ސެލޫނެއް ހިންގާ މީހެކެވެ. އަދި އޭނާގެ މުޅި އުމުރު ދިރިއުޅުނީ ވެސް އެ ސިޓީގަ އެވެ. އޭނާ ކުރިން ކައިވެންޏެއްކޮށް، ހަ އަހަރުގެ ކުއްޖެއް ވެސް ހުރެ އެވެ. އަދި އޭނާ އާއި އާމިރްގެ ރަހުމަތްތެރިކަން އޮންނަތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި އެކަމަކު، އެ މީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ދޮޅު އަހަރު ކުރިން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ލޯބިވެރިޔާގެ ނަން ހާމަކުރީ ކީއްވޯ ބައެއް ނޫސްވެރިން އޭރު ސުވާލުކުރުމުން އާމިރް ބުނީ މިހާރު އެމީހުން އުޅެނީ ކޮމިޓެޑް ރިލޭޝަންޝިޕެއްގައި ކަމަށް ވާތީ، އެ މީހުން ރަށްޓެހިވެގެން އުޅޭކަން ސިއްރުކުރަން ބޭނުން ނުވަނީ ކަމަށެވެ.
މި ވާހަކަ މީޑިއާއަށް ހިއްސާކުރުމުން ގޯރީއަށް ލިބޭނެ ސަމާލުކަން ވަރަށް ބޮޑުވާނެތީ، އެކަމަށް ގޯރީ ތައްޔާރުކޮށްދިން ކަމަށް ވެސް އާމިރް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާގަބުޅިސްތާން
14 April 2025
ޗައިނާ މަންޖެޔާ މާ ދޯޅުވާން އުޅޭކަމަށް ވީޑިޔޯއިން ފެންނަނީ. މުސްލިމުންބާދޯ މިއީވެސް
އަސްވިން
14 April 2025
އުމުރާ ގުޅޭ މީހުންނާ އެއްކޮށް ދޯ އާމިރު އުޅެނީ. ބައެއް މީހުން 25 އަހަރުން މަތީ އަންހެނުންނާ ދިމާލަށް ބަލާވެސް ނުލެވޭ މީހުން އުޅޭ. ލޮލ.