ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
15 އެޕްރީލް 2025 - 13:56
ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 5،000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅައިފި އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަކު ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމުން ލިބުނު އިތުރު މުއްދަތާ އެކު މިރޭ 12:00 އާ ހަމައަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނީ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ލިސްޓަށް މިހާތަނަށް 4،850 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ 3،565 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން 1،285 ޝަކުވާ އެވެ.
ފްލެޓް ލިސްޓުގެ ޝަކުވާގެ ގޮތުގައި މިނިސްޓްރީގެ ކައުންޓަރަށް ވެސް 426 ސިޓީ ހުށަހަޅާފައިވެ އެވެ.
މިދިޔަ ސަރުކާރުގައި ހުޅުމާލޭ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.
އެހެންވެ، މާލޭ ސިޓީ ކައުންސިލާއި ފްލެޓާ ގުޅޭ ޖަމިއްޔާއަކުން ވެސް ދަނީ ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ދެމުންނެެވެ.
ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި، މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޤީޤަތަކީ
16 April 2025
އެއްވެސް ދަރިއަކު ނެތް ދެމަފިރީންނަށް ވެސް 3 ކޮޓަރީގެ ފްލެޓް ދީފައި ތި 1820 މީހުން ތެރޭގައި ހިމެނޭ. އެހެންވީމަ ކޯޗެއްތޯ ތިބޭފުޅުން ތި ބެއްލެވީ؟؟! ތިމާ ޕާޓީ ވީމަ އޯކޭ ނުހަޤުން ދިނަސް؟؟
ގައުމިގެހަލާކުއެމްޑީޕީ
16 April 2025
ޢެމްޑީޕީއިން ހޭވި ހަޑި. މިކަމުގެ ޒިންމާ ނަގުވަންޖެހޭ. އެތަށް ރައްޔިތުންނެ ބިކަ ކޮށް ގައުމަށް ދުއްޕާނަކަށް ހަދާފަ އެތިބެނީ ހެވިފަ.
އިންސާފުކޮބާ
16 April 2025
ފުލެޓުލިސްޓު ރިވިއުކުރާއިރު ކޮބާ ބިން ލިސްޓު. ބާކީ ކޮށްލި ދަފުތަރު ކޮބާ؟ އެލިސްޓު ރިވިއު ކުރަން ނުކެރެނީ މިސަރުކާރު ބޮޑުންނަށް ބިން ދީފަ އޮތީމަތަ؟ ޢެމްޑީޕީގެ ހަޑި ބާތިލުކޮށް ފުލެޓާ ބިން އަލުން ހުޅުވާލާ. ހުރިހާ ރައްޔިތުންގެ ހައްގު ހަމަހަމަ ކަމާއެކު ދީ
ދިއުޅި
16 April 2025
މަކަރާއި ޙީލަތްހެދިކަން އެއޮތީ ކުރި ތަޙުގީގުން ސާބިތުވެފަ. ކަނޑައެޅިގެން އޮޅުވާލައި މަކަރު ހަދައި ދޮގު މަޢުލޫމާތާއެކު ހުށަހެޅި ފޯމު ބާޠިލުކޮށް ރަނގަޅު ޞައްޙަ މަޢުލޫމާތާއެކު ފޯމް ހުށަހެޅި މީހުންނަށް ފުލެޓްތައް ދިނީމާ ނިމުނީ
ބަބޫ
15 April 2025
މިހާރު ތި ލިސްޓަށް އެމްޑީޕީ ވެރިކަމުގަ 3 ފަހަރަށް މިވެރިކަމުގަ 1 ފަހަރު ޝަކުވާ ހުށަހަޅަން ފުރުސަތުދީފި. ޝަކުވާ ދުވަހަކުވެސް މަދެއް ނުވާނެ ބައެއްމީހުން ވައިބާ ގްރޫޕްހަދާލާފަ ޝަކުވާ ހުޝަހަޅަން އެބަ ތިބޭ. ބައެއް މީހުން ރެސްޓޯރެންޓް ތަކުގައި ބަނޑަހަ ޖަހައިގެން އެޕޮއިންޓްމެންޓްގެ އުސޫލުން ޝަކުވާ ހުޝަހަޅައިދޭ. މިހާރު މީ ބޮޑު ކުޅިގަނޑަކަށް ވެއްޖެ. އަދި 100 ބުރަށް ޝަކުވާ ހުޝަހަޅަން ހުޅުވިޔަސް ތިވަރުވާނެ
މުޑަހަންޖާ
15 April 2025
ތިރަށުގެ މިނިސްޓްރީތަކު މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅި ހުންނަގޮތަށް ބަލާއިރު 5000 މައްސަލަ ބަލާނިންމަން ކިތައް އަހަރު ނަގާނެތޯ.
އަމްޖަދު
15 April 2025
5 އަހަރުވަންދެން ރިވިއު ކޮއްފަ ނެރުނަސް ތިވަރަށް ސަކުވާ އޮންނާނެ. ނުލިބޭ މީހުން ގިނަވީމަ އަބަދުވެސް އޮންނާނީ ތިގޮތައް. ތީގަ އެންމެ ރަންގަޅުވާނީ މިހާރު ސަރުތު ހަމާ އެންމެންނަށް ދިނުން. ތި ޕޮއިންޓަކީ ގަބޫލު ކުރެވޭނެ އެއްޗެއްނޫން. އުޅޭތަން ނޫން އެހެންތަންތަން މީހުން ދައްކަނީ
ފާތުން
15 April 2025
މާލޭ މީހުންނަން ފުލެޓް ކޮޅު ދީނިންމާލާ, ކުއްޔަށް ރާއްޖެތެރޭ މހުންނަން އެއިރުން ދެވޭނެ
ޑަބިޔާދޫ
15 April 2025
އަބަދުވެސް ނުލިބޭމީހާގެ އޮންނާނެ ޝަކުވާ، ތިލިބުނުމީހުނަށް ދޭންވީނު އަވަހަށް
ދާލު
15 April 2025
އަދި ޔިއަށްވުރެގިނަވީސް މުޅިދުނިޔެއަށް ޝަކުވާ ކުރެވޭގޮތަށްހެދިނަމަ