މާފުށީގައި ވައްކަންކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާފައި.
15 އެޕްރީލް 2025 - 18:00
ކ. މާފުށީގައި ވައްކަން ކުރި ކަމުގެ ތުހުމަތުވު މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް، އެފަދަ ހާލަތްތަކުގައި އޮންނަ އުސޫލެއްގެ ދަށުން ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމަށް އެޗްއާރުސީއެމުން ގޮވާލައިފި އެވެ.
މާފުށީ ފިހާރައަކުން ވައްކަންކުރި ކަމަށް ބުނާ ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ މައްސަލާގައި އެޗްއާރުސީއެމުން ކުރި ޕޯސްޓެއްގައި ވަނީ އެ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކުރަމުންދާތީ، އެފަދަ ނާތަހުޒީބު އަމަލުތައް ފެންނަ ވީޑިއޯތައް އާންމުނުކުރުމަށެވެ.
އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވެސް ނުހިންގުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
އެޗްއާރުސީއެމުން ވަނީ އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފަ އެވެ.
"މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ."
އެއްވެސް މީހަކު އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށް ވެސް އެ ކޮމިޝަނުން ނަސޭހަތްތެރިވެ އެވެ. އަދި ޖިނާއީ މައްސަލަތަކާއި މަދަނީ ނުވަތަ އެ ނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައިފި https://t.co/2X6NadsN9G
— Mihaaru (@Mihaarunews) April 14, 2025
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި ގައިގައި ކުލަ ހާކަމުންދަނިކޮށް، ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލައި މުޅި ބޮލާއި މޫނާ އެކު ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން ކައިރީގައި ތިއްބައި، އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ވެހިކަލަށް އަރުވައިގެންނެވެ.
އެ ވީޑިއޯތަކާ އެކު ގިނަ ބަޔަކު ވަނީ އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮަޓޯ
16 April 2025
ގާނޫނީ ހައްލުގައި އޮތީ ވައްކަންކުރީމާ ދައުލަތުގެ ޖަލޭ ކިޔާ ރިޒޯޓުގައި ހައެއްކަ ހަފުތާ ބަހައްޓާފައި ކޮށްފައި ހުންނަ ހުރިހާ ކުށަކަށް އެތައް ހުކުމަކަށް ރައީސް މީހާ މާފުދީފައި މަގުމައްޗަށް ނެރެވޭގޮތަށް. ގާނޫނީ ހައްލުގައި އޮތީ މައިންބަފައިން ޖަނަވާރުންނެކޭ އެއްގޮތަށް އަދަބެއް އަޚުލާޤެއް ތަރުބިއްޔަތެއް ނުކޮށް ބޮޑުކުރިޔަސް އެއްވެސް ކަމެއް ނުކުރެވޭގޮތަށް. އެހެންވެ ތިޔަ ބުނާ ގާނޫނީ ހައްލަކުން ކުރެވޭނެ ބޭނުމެއް ނެތް.
އަޅި އަލީ
16 April 2025
ތިމީހާއަށް ބަޔަކު އަދަބު ދީފިއެއްނު! މައްސަލަ ފޮލިހަށް ހުށައެޅީމަ ކޮންމެސް ސިޔާސީ ނޫނީ ދައުލަތުގެ ބޮޑެއް ނުފޫޒުން މިނިވަން ކުރާނެ! ފޮލިހަކީ ކިތަންމެ މައްސަލައެއް ތަހުގީގު ކުރިއަށް ތަހުގީގޔު މިންމަން އނެގޭ ބައެއްނޫން! ހެކި ނެތިގެން ޑީއެންއޭ ނުހެދިގެން ދޫކޮއްލާނީ! ކޯޓަށް މައްސަލައެއް ލައިފިއްޔާ 5 - 7 އަހަރު އެބަ ނަގާ! ކުށެއް ކުރާތާ ގިނަވެގެން 48 ތެރޭގަ ހުކުން ކުރެވެން ވާނެ! އެހެންނޫނީ ތިބޭފުލުން ބޮދު މުސާރަ ނަގައިގެން ތިބުމުގެ ބޭމެއް ނެތް!
ޖަލީލީ
16 April 2025
އިސްލާމީ ޝަރީއަތް ބޮލާލާ ޖެހީމަ ދެންވާނެ ހަތަރުއެތި މިގައުމުގަ މި ވަނީ. ހިތުން މޮޅު ގާނޫނު ތަކެއް ހަދައިގެން
ޔަތީނުބެ
16 April 2025
ގާނޫނުގެ ތެރެއިން ހައްލު ނުހޯދޭނެތީ ތިކަން ކުރަން ޖެހެނީ. މިގައުއުމު ގަ ހަމައެކަނި އޮންނަނީ ސިޔާސީ މީހުންގެ ހައްގު. ހަމަމިހެން ބަންގުލަދޭޝް މީހުން ގެ މައްސަލަ އާމުން ހައްލުކުރާތަން ފެންނާނެ. ކަމާބެހޭ ފަރާތްތަކަށް އޮތީ އިވެނޓް ބޭއްވުމާ މުސާރަނެގުން އެކަނި.
ފެންނަގޮތް
16 April 2025
މި ރާއްޖޭގައި އަދުލު އިންސާފަށް އިތުބާރުކޮށްގެން ތިބެގެން ހަލާކުވާނީ ރައްޔިތުން.
އުސްމާނުބެ
16 April 2025
އެޗްއާރުސީއެމް މިތަނުން މީހެއްގެ ގެއިން ވައްކަމެއް ނުވަތަ ގެއްލުމެއް ލިބޭފަހަރު ތިޔެއް އިގޭނީ ، ވެރިމީހާ އައް އެއްވެސް ރައްކަލެއް ހައްގެއްނެއް، ހުރިހާ ހައްގެއް ވަގު ކަލޭގެޔައް ، މިއަދު ހައްޔަރުކޮއްފަ ރަގަޅައް ކާންދީ ބޯންދީފަ މާދަމާ ދޫކޮއްލާނެ ދެން އަނެއްކާވެސް އޭނަ ދާނެ އޭނަގެ މަސައްކަތައް ނުވަތަ ދެން ތިބި ބަޔަކައް ޖެއްސުން ކުރަން....
ކޮރަލް
16 April 2025
އަނިޔާ ކުރަން ފުރުސަތު ނުދެއްވާ ށެވެ. ސަރުކާރުން ހައްލެއް ހޯދަ ދޭށެވެ. ތަކުރާރު ކޮށް ހައްޔަރު ކޮށް ދޫ ކުރާނަމަ ހައްލެއް ނުވާނެ އެވެ. ހޯޕް އައިލެންޑް ގެ މަސައްކަތް އަވަސް ކޮށް ދެއްވާށެވެ.
ތުއްތޮންބެ
16 April 2025
އަޅުގަނޑުމެންފަދަ ތަހުޒީބު މުޖުތަމައެއްގާ ފެނިގެންވާނެ މަންޒަރެއްނޫންތިޔައަކީ އާދެ ވައްކަމެއް ނޫނީ ކުށެއްކޮއްފިއްޔާ އެކަމުގެ މަސްއޫލިއްޔަތު ހަވާލުކޮއްފައިވާ ދައުލަތުގެ އިދާރާތައްއެބަހުރި. ނަމަވެސް މީހުންހުންނަށް ލާއިންސާނީ އަދަބުދީ އިންސާނީކަރާމާތްތެރިކަން ގެއްލޭގޮތައް ތިމާމެން އަމިއްލައަށް މަގުމަތިން ހުކުންކޮއް ޖަންގަލީގެ ގާނޫނުތަންފީޒު ކުރުމަކީ އެއްގޮތަކައްވެސް ބަލައިގަނެވޭނެކަމެެއްނޫން.
އަބުދުލް ޤާދިރު
16 April 2025
މި ކޮމިޝަންގެ މަސައްކަތް ކިހާ ފުރިހަމަ. އެ ނެރުނީ ބަޔާނެއް ވިއްޔާ. ކޮބާ ލަދު
ދަވާދު
16 April 2025
ތި ޢަމަލު ހިންގި މީހުންނަށް ގާނޫނުގަ އޮތް ފިޔަވަޅު އެޅޭނެބާ؟