މާފުށީގައި ވައްކަމުގެ ތުހުމަތުވި މީހެއްގެ ގަޔަށް ކުލަ ފާޓާއެއް އަޅާފައި: އެ މީހާގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ދަނީ ބަލަމުން
16 އެޕްރީލް 2025 - 12:05
ކ. މާފުށީގައި ވައްކަމުގެ ތުހުމަތުވި މީހެއްގެ ގަޔަށް އާންމުންގެ ބަޔަކު ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި އޭނާ އަމިއްލައަށް ގައިގައި ކުލަ ހާކަމުން ދަނިކޮށް، މީހަކު ގޮސް ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން އެ މީހާ ކައިރީގައި ތިއްބާ އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ޕިކަޕަކަށް އަރުވައިގެންނެވެ.
އެނގިފައިވާ ގޮތުގައި ފަހުން އެ މީހާ މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.
އެ ވީޑިއޯގައި ވެސް އޭނާގެ ލޯ ހިރުވާތީ މޫނުގައި އަތްހާކާ މަންޒަރު ފެނެ އެވެ. އެ ވީޑިއޯއާ އެކު ބައެއް މީހުން ވެސް ވަނީ އޭގެ ސަބަބުން ދިމާވާނެ ސިއްހީ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ކުރި ޕޯސްޓެއްގައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވެސް ނުހިންގުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ވެސް އެޗްއާރުސީއެމުން އިލްތިމާސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުކެއް ބޮޑުވަރު
16 April 2025
ވައްކަމުގެ މައްސަލަ ބަލާ ވާހަކައެއް ނެތެއްނު. ވައްކަން އޯކޭ އެހެންވީމަ އަމިއްލަ އަމިއްލައައް އަދަބު ކަނޑައަޅާ ހުކުން ތަންފީޒުކުރަން މަޖުބޫރުވަނީ. ވެދުން
ޚަމެއް ވިކަން
16 April 2025
ކަމެއް ކުރެވުނު ކަމަށް ވާނީ މައްސަލަ ބަލަން ފުލުހުން އަށް މާފުށި އަށް އެރުނަ ނުދީ ހިފާތާލެވިއްޖެޔާ. ޢެހެން ނޫނީ ތީކުރި ކަން ތަ ކަޑަ
ކައުންސެލަރު..
16 April 2025
"ވައްކަމުގެ ތުހުމަތުވި މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ" ކޮބާ ކިހާވަރެއްވި. ލަސްތަ އޭނ މަތީނު ލަސްތަ؟؟ ދެން މީނާގެ ކުށެއްނެތި ކުލައެޅިމީހުން 5 އަހަރަށް ޖަލަށް. ކަޑަ؟ ކޮބާ އެފުރިކާގެ މައްކާރު ޤައުމުތަކާ ތަފާތެއް؟
ބޭޗާރާ
16 April 2025
ވައްކަމުގައި އެމީހާ "ތުހުމަތު"ވީ. ކުލަފާޓާ އެޅިމީހުން އެތިބެނީ މިނިވަންކޮށް. ތިކުލަ އެޅިމީހުންނަކީ އަނެކަކުންނަށް އަނިޔާކުރުމުން އުފާލިބިގަންނަ ބައެއް. ވައްކަން ކުރިކަމުގައިވާނަމަ އެމީހާއަށްވެސް އަދަބު ދީ އަދި ކުލައެޅިމީހުންނަށްވެސް ޝަރުއީ އަދަބު ދީ އަދަބު ނުދީފިނަމަ މާދަމާ އެމީހެއްގެ ގަޔަށް ވަޅިހަރާ އަތްބުރިކޮށްފާނެ. އަޅާނުލާ ދޫކުރަންވާވަރުގެ ކަމެއްނޫންމީކީ. އަޖައިބަކީ ކުލައެޅިމީހުން އެކަންކޮށްފައި އާއިލާ ކައިރިޔަށްގޮސް ހިތްހަމަޖެހިގެން އުޅޭކަން
ކުރެދި
16 April 2025
އެއި ކުލައެއްވެސް ނޫން. ދަވާދު
ޢާދަނުބެ
16 April 2025
ޖަންގަލީ އުސޫލު ނޯންޏަންޔާ ކީއްވެތަ މި ގައުމުގަ ގޭންގުތަށް ފާޅުގަ ހަދައިގެން އުޅެވެނީ؟؟؟؟؟
ޙަޒްމާ ނުޒްމާ
16 April 2025
ކުލަ އެޅި މީހާއަށް އަދަބު ދޭން ޖެހޭނެ. ޖަންގަލީގެ އުސޫލް މިތާ ގާއިމް ކުރަން ފުރުސަތު ދީގެން ނުވާނެ.އިންސާނީ ކަރާމަތާތް ނަގާލާކަށް ނުުވާނެ.
އުދުހޭ
16 April 2025
ހީވާކަހަލަ މިތަނަކީ ހަމަޔާ އިންސާފު އޮންނަތަނެކޭ. ޖަންގަލީގެ އުލޫސު ނޯންނަމަ ކީއްވެތަ ވިހިތީރީސް ފަހަރު ކުށްވެރިވެފަ ތިބޭ މީހުން މަގުމަތިން ފެންނަނީ؟
އަޅި އަލީ
16 April 2025
ފުރަތަމަ އަމިއްލަ މުއައްސަސާގެ މައްސަލަ ބަލާބަލަ! ކިތައް މައްސަލަތޯ 5 އަހަރު ވެފަ ހުރީ އަދިވެސް ބަލާ ނުނިމެނީ! ކުޅުދުއްފުށި ޕޮލިސްޓޭސަނުގެ ދަނޖެހެނީ ކީއްވެތޯ! ފުވަދޫ ފޮލިހުން އަނިޔާ ކުރަނީ ކީއްވެތޯ! ހައްޔަރު ކޮއްފަ ތިބޭ މީހުންގެ ގޮޅިއަށް ދަންވަރު ފުލުހުން ވަދެ ހަޅޭލަވަނީ ކޮން އުސޫލަކުންތޯ! ގޮޅި ކައިރީ ސިގިރޭޓް ބޮޮނީ ކީއްވެތޯ!
ޢާދަނުބެ
16 April 2025
ޢާހިރުގަ ވައްކަންކުރި މީހާ ވާނީ ސާފު ހުދު ފޮތިކޮޅަކަށް ޕާޓޭމެން ހާދަ ދުއްތުރާއެތް ކުރެޔޭ މީހުންނަށް ފުލުހުންނަށް މައްސަލަ ހުށައެޅިޔަސް ވާކަމެތް ނޯޥޭ ތި މީޙުން ތިބެނީ ދޫވެފަ އިސްސާނުން ވީމަ ދެން ކެތްކުރެވޭނީވެސް ވަކިވަރަކައް ދޯ