ފެނަކަ ކުންފުނީގެ އޮފީހެއްގެ ނަން ބޯޑު: ބ. ކެންދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން މިއަދު އާ ޖަނަރޭޓަރެއް ފޮނުވަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
16 އެޕްރީލް 2025 - 16:56
ބ. ކެންދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް މިއަދު އާ ޖަނަރޭޓަރި ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ކެންދުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ ކަރަންޓު ދިނުމަށް ބޭނުންކުރާ 400 ކިލޯވޯޓުގެ ދެ ޖަނަރޭޓަރާއި 250 ކިލޯވޯޓުގެ ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯވޯޓުގެ އެއް ޖަނަރޭޓަރު ސެޓަށް އަޑީތެލާއި ފެން އެއްވާ މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލަ ފާހަގަވުމުން އެކަން ހައްލުކުރުމަށް ފެނަކައިގެ ހެޑް އޮފީހުގެ ޓެކްނިކަލް ޓީމެއް އެ ރަށަށް ގޮސް، އެ ޖަނަރޭޓަރު ސެޓު އޯވަހޯލް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އޯވަހޯލްކޮށް އެ ޖަނަރޭޓަރު ހިންގަން ފެށި ނަމަވެސް 15 ދުވަހަކު އޮޕަރޭޓްކުރި ފަހުން އިތުރު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ޖަނަރޭޓަރު ސެޓު ބޭނުންނުކުރެވިގެން ނިއްވާލަން ޖެހުނު ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ ބާކީ ހުރި ދެ ޖަނަރޭޓަރު ސެޓުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ، ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށެވެ. އަދި މި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ރޭ އެ ރަށަށް ފޮނުވައިގެން ކުރި މަސައްކަތުން ދަންވަރު 1:15 ހާއިރު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް މިހާރު ދެމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި ކެންދު އަށް 400 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ފޮނުވާނެ ކަމަށާއި އެ ޖަނަރޭޓަރު އިންސްޓޯލްކޮށް 48 ގަޑިއިރުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކެންދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވެ، އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަންދެން އެ ރަށުން ކަރަންޓުގެ ހިދުމަތް އޮތީ މެދުކެނޑިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމިރްް
17 April 2025
ވަރަށް ބޮޑު އުފަލެއް މިލިބުނީ. އުންމީދަކީ އަވަސް ހައްލެއް ލިބުން.
ޖާމިއު
17 April 2025
މިއީ ހަމަ 100% މިދިޔަ ސަރުކާރުގެ މައްސަލަ މިރަށަށް އިހުމާލުވެފައެތިބީ.
ޖީހާންް
17 April 2025
ސަރުކާރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަން ޔަގީން.
ސިއްބަތް އަޒީޒް
17 April 2025
މިދިޔަ ވެރިކަމުގައި މި ރަށުގައި މި މައްސަލަ ހައްލު ނުވެ ދިޔަ އެތައް ދުވަހެއް ވަންދެން. އެއްމެ ފަހުން ހައްލުވީ މުޒާހަރާ ކޮށްގެން. މިއަދު ތަފާތު. މާ ދުވަހެއް ނުވަނީސް މިދިޔައީ ހައްލުވެގެން.
ކެންދޫ ހަނީފް
17 April 2025
ވަރަށް އުފާވެއްޖެ. މަގެ ރަށް މިއީ.
ލުބުނާ
17 April 2025
ހެޔޮ މުއިއްޒު ދޭ އިންޖީނެއް. ތީގެން އުފައްދާ ކަރަންޓެއް ބޭނުމެއް ނުކުރާނަން މަގުމަތީގަ ނިދަން ޖެހުނަސް!
ސަލްމާނު.
16 April 2025
މިހާރު ރަށުގެ މަގުތަކުގަ ހޮޅިބުރި ޖަހާފަ ހުންނަލެއް ދުރުކަމުން ވަރައް އަނދިރި . އާ ޖަނަރޭޓަރުން މަގުތައް އަލިވާނެ ކަމައް އުން.މީދު ކުރަން
ބުރުހާނުއްދީން
16 April 2025
ދެން މި ރަށުގަ ސަރުކާރު ނިމުމުގެ.ކުރިން ފެނާ ނަރުދަމާ އަޅައި މަގުތައް ހަދައި ދޭންވީ.
ހާލުފޮޅި.
16 April 2025
ތި ރަށަކީ ކޮންމެ ގެއެއްގަ އަވައްޓެއްސެއް ގެންގުޅޭ ރަށެއް އެންމެ 400 އިގެ އެއްޗަކުން ތިޔަ ރަށަކައް އޮބި.ނޯންނާނެ ދަންވަރު އުޅޭ އަވައްޓެހިން ވަރައް ގިނަŵިން ކަރަންޓް ބޭމުނން ކުރާނެ