ހައިކޯޓުގެ އިސްފަނޑިޔާރަކަށް އައްޔަންކުރަން ނިންމި ފައިސަލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 އެޕްރީލް 2025 - 00:18
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް މުހައްމަދު ފައިސަލް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ އެ ކޮމިޝަނުން މިރޭ ބޭއްވި ޖަލްސާގަ އެވެ.
ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ، އެ ޒިންމާތައް އުފުއްލަވަމުން ގެންދެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް މިދިޔަ މަހު އައްޔަންކުރެއްވުމުންނެވެ. އޭގެ ފަހުން ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ހުންނެވީ ވެސް ފައިސަލްއާ އެވެ.
ގާނޫނީ ދާއިރާގައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފައިސަލް ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ. ވަކީލެއްގެ ގޮތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފައިވެ އެވެ. ޖޭއެސްސީގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ފައިސަލް ހައި ކޯޓަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
18 April 2025
މަރުހަބާ އޒ.ފައިސަލް، ކާމިޔާބަށް އެދެން ހައިކޯޓުން ރައްޔިތުންނަށް ފޯރުކޮށް ދެމުން ގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޯޓަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދުކުރަން.
ޖބޖހޖބ
19 April 2025
ހައިކޯޓަކީ އެންމެ ކޮރަޕްޓް ކޯޓު. ނާގާބިލު ފަނޑިޔާރުން ތިބިތަނެއް
ޗީޗީ
18 April 2025
ގާބިލުކަމެއްނެތި ނުފޫޒުން ފަހަރަކު މަގާމެއް ހޯދަމުންދާ މީހެއް ގޮތުގައި ދިވެހި ތާރީހުގައި ހާއްސަކޮށް ޖުޑީޝަރީގެ ތާރީހުގައި ލިޔެވޭނެ މީހެއް
ވވޗދދ
18 April 2025
މިހިރީ ކުރިންސުރެ މިޖަންހިނގާނީ މިހެންކަން ޔަގީނަށްވެސް އެނގިފަހުރި ކަންކަން. ނުފޫޒުހަމަ ހުސްނުފޫޒު