އައިޖީއެމްއެޗް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 އެޕްރީލް 2025 - 13:30
އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އެމްއެންޑީއެފްގެ ފަޔާ ރެސްކިއުގެ އެހީގައި އޭނާ ނަގައިގެން ހަމަ އެ ދުވަހުން ފެށިގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ނޭވާ ލެއްވުމަށް އޮކްސިޖަން ގުޅާފައިވާ ކަމަށް ވިދާޅުވިއަސް އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އަންހެން މީހާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމެއް އަދި އެ ހާދިސާގެ އިތުރު މައުލޫމާތެއް ވެސް ފުލުހުން މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާންބެ
21 April 2025
ފުލުހުން ނުބުންޏަސް ކިޔާއަޑު އެބަ އިވޭ ސަރުކާރުގެ ނުފޫޱުގަދަ މީހެއްގެ ކޮއްކޮ ނުނީ ބޭބެ ކޮއްގެ ް އުޅޭ ކަމެކޭ. ޕާޓީ ކޮއްލީޔޯ. ދެން މި ކޮމެންޓު ޖަހާލަދޭތި
ސާޒީ
21 April 2025
ބާޒީގަރު ކުޅެލީދޯ
އަލި
21 April 2025
ޓެރެސްއިން ވައްޓާލީކަމަށްވަނީ
ޙަބްނާ
21 April 2025
9ވަނަ ފުލޯއިން.