އައިޖީއެމްއެޗް: ފުރާޅެއްގެ މައްޗަށް ވެއްޓި އަނިޔާވި އަންހެނަކަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18 އެޕްރީލް 2025 - 16:11
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ ހެނދުނު 7:23 ހާއިރު ކަމަށެވެ.
ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެކަމަކު އޭނާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމާއި ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރި އެވެ.
އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު، އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ތަނުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.
އެކަމަކު ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އެ މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލާއި ހާލު ސާފެއް ނޫނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމމދސދސދ
20 April 2025
މީ މާލޭގެ ހާލަތެއް ނޫންތޯ. އަދިވެސް ނުވޭތޯ މި ޑްރަގް ޕޭންޑެމިކް އައިސްގެން މިއުޅޭ އަސްލު ސަބަބު ހޯދަން ވަރުގަދަ ރެއިޑް ޖަހާ ޓާސްކް ފޯސްތައް ހަދާކަށް.. ވަގު ވަގަށް މީހުން ހޯދަން ނޫޅެ ޕޮލިހުންނާ ސިފައިން ނެރިގެން ވެއްޖެދޯ މިހާރު ހޯދަން. މާލެ މަގުމައްޗަށް އެރޭ ވަރެއް ނޫން މިފެންނަ ވަރުން.
ޕަރިސްތާން
18 April 2025
ޕަރީއެއްތަ، ފިޔައެއް ބިނދިގެން ހަވާއިން ވެެއްޓުނު؟
ޑރ ވާންޗޯ
18 April 2025
މީދެންކިހާދެރަކަމެއް ދަންވަރު ރުކުންކާށިވެއްޓޭހެން، ބަނބުކެޔޮ ފުރާޅަށް ވެއްޓޭހެން މީހުންވެސް ވެއްޓެންފެށީ!!!!
ކާށި
18 April 2025
5:50 ކަންހާއިރު އެއްޗެއް ވެއްޓުނު އަޑަށް ހޭލެވުނު.
މހއމ
19 April 2025
އެވަރުންވެސް ތެދުވެގެން ގޮސް ބަލާ ނުލަން ދޯ ކަލޭ؟
މހއމ
20 April 2025
އާ މަގޭއެއްޗެއް ނުވެއްޓޭކަން އެނގޭތީ އޮތީ.