މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ގަލޮޅު، ހުވަފެނީގޯޅީގައި މާރާމާރީ ހިންގީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އިމަޖެންސީގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތެއް ނުދެ އެވެ.

ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.