މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިއަދު ފިރިހެނަކު ޒަހަމް ކޮށްލައިފި އެވެ.
ބިހުރޯޒު މިސްކިތް ކައިރީގައި ދިން އެ ހަމަލާގައި ޒަޚަމްވީ 33 އަހަރުގެ މީހަކެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:00 ހާއިރެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ
މި ހަމަލާގައި ޒަހަމްވި މީހާ އަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސްޓޭބަލް ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ނުވަ ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މަހު ވެސް މާލޭގައި ގިނަ މާރާމާރީތަކެއް ހިނގާފައި ވެ އެވެ. އޭގެ ތެރޭގައި ހިންގި މާރާމާރީއެއްގައި 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައި ވެސް ވެ އެވެ.