އޭދަފުށީ ބަޔަކު އެ ރަށު ޖެޓީމަތީގައި މަސް ބާނަނީ: އެރަށުގައި ރޭގަނޑު އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ފުލުހުން ވަނީ ހޯދަން ފަށާފައި --- ފޮޓޯ/މިހާރު
21 އެޕްރީލް 2025 - 14:22
ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ރަށުގެ ޕޮލިސް ސްޓޭޝަނުން އިއްޔެ އެ މަސައްކަތް ފެށީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކަމަށެވެ.
އެހެންވެ، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި، ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދައި، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައުއަށް ގެނައުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކުރަން ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮބްރީ
21 April 2025
ބައެއް މައިންނަށް ދަރިން ހަރުދަނާ ގޮތުގަ ނުބެލެވުމުގެ ނަތީޖާ އަކީ ފުލުހުންގެ އިދާރާއިން މިކުދިން ބޭބީ ސިޓް ކޮށް ސިދާ ގާނުނު ތަށް ހަދައިގެން މިމީހުން މައިތިރިކުރަންޖެހުން.
އަހައްމަ،ަދޫ
21 April 2025
ވ. ރަނގަޅު. ކުޑަކުދިން ގެންގުޅެންޖެހޭނީ ކުޑަކުދިންގޮތުގައި.
މެން
21 April 2025
ތިކަން ހުރިހާ ރަށެއްގައިވެސް ކުރަންޖެހޭ ތިޔައީ ކާބަފައިންގެ ދަސްކޮށްދީފައިވާ ތަރުބިއްޔަތު
ހުސެއިން ސިރާޖު
21 April 2025
އޭދަފުށި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ ތިބޭ ކުދިން ރޭގަނޑު ދަންވަރު 2 ޖަހާއިރުވެސް މަގުމަތީ ދުވެ ނަގާކަމީ ހިތާމަ ހުރިކަމެއް، ހަޅޭފަޅޭލަވާ ހަދާ، ޕާރކު ކޮއްފަ ހުންނަ ސައިކަލްތަކަށް އަރާ ހަދާ، އިސްލާހުކުރުމުގެ ނިޔަތުގަ އެއިން ކުއްޖަކާ ދިމާލަށް އެއްވެސް އެއްޗެކޭ ބުނެވުމުގެ ހުއްދަޔެއް ނޯވެ، މިފަފަދަ ކަންކަން އިސްލާހުކުރަން ޖެންޑާގެ އިސްވެެރިން ނައްވެސް އެތަކެއްފަހަރު ނަސޭހަތްދީފިން. އޭދަފުށި ޖެންޑާ އަދި ކައުންސިލްގެ ޒިންމާ އަދާނުކުރެވޭ.
މަބުނީ
21 April 2025
މާލޭގަވެސް ތިކަންކުރަންވެއްޖެ. ވަކިންހާއްސަކޮށް ހުޅުމާލެ ފޭސް2ގަ.
ހަސްންބވެ
21 April 2025
މާލޭގެ މަގިތަކުގައި ވެސް ކަމެއް ނެތި އެކަނި ނުވަތަ ގުރޫޕު ހަދައިގެން އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް އެކުދިންގެ ބައްޕަ މެންނާއެކު ބައްދަލުވުން ބާއްވައި މަޝްވަރާ ކުރަން ފެނޭ.
އުނބުށޭމު
21 April 2025
ދުވާލުވެސް ބޭރުގަ އުޅެންޏާ ރޭގަނޑު އެކަނި ބޭރުގަ އުޅޭކަމަކަށް ނުވާނެ
ކިއްލި
21 April 2025
އޭދަފުށީގައި އެކަހަކަ ކުދިން އުޅޭތަ !
ލުގުމާން
21 April 2025
މާދަން ރޭ އޮއްނަ މުޒާހަރާ ގަ ބުނާނެ ރައީސް ގެ ދަރިން ރޭގަނޑު ބޭރުގަ އުޅޭތީ އެކަން ބާލާގޮތަށް ނިއްމީޔޭ