ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ކުރިން "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މިހާރު
22 އެޕްރީލް 2025 - 17:38
އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ އެކު، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައި ނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް (ސީސީއޯ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވިޔަސް އެފަދަ ތަހުގީގެއް ކުރަމުން އަންނަކަން އެ އޮފީހަށް މިދިޔަ މަހު އަންގާފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ އެއްވުމާ ގުޅޭ ތަހުގީގެއް ކުރާކަން ފުލުހުން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް އެންގީ މިދިޔަ މާޗު 13 ވަނަ ދުވަހު އޮފީހުން ފޮނުވި ސިޓީއާ ގުޅިގެން މާޗު 17 ގައި ދިން ޖަވާބުގަ އެވެ.
ޖިނާއީ ތަހުގީގެއް ހިންގަައިދޭން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައި ނުވާ ކަމަށް އެ އޮފީހުގެ ރޭގެ ބަޔާނުގައި ބުނެފައިވާތީ، އެެހެން ބުނި ސަބަބު ސާފުކުރުމަށް ފުލުހުންގެ އިދާރާ އިން މިއަދު ފޮނުވި ސިޓީގައި ވެސް ބުނެފައި ވަނީ ތަހުގީގު ކުރަމުން އަންނަކަން މާޗު 17 ގެ ސިޓީގައި އަންގާފައިވާނެ ކަމަށެވެ. މިއަދު ފޮނުވި ސިޓީގައި ވެސް އެހެން ބުނެފައިވާނެކަން ފުލުހުން އިސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވި އެވެ.
ރައީސްގެ ދަރިކަލުންނާ ވޭޕާ ގުޅުވައި ދެއްކި ވާހަކަތަކަކާ ގުޅިގެން ފުލުހުން ގެންދަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މާޗު 13 ގައި ފޮނުވި ސިޓީގެ މަގުސަދު ސާފުކޮށްދިނުމަށް ފުލުހުން މިއަދު އެދުނީ އެ މައްސަލައާ ގުޅުވައިގެން ތަހުގީގެއް ކޮށްދޭން އެދިފައި ނުވާނެ ކަމަށް ރޭ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވާތީ އެވެ.
މާޗު 13 ވަނަ ދުވަހު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީގައި އެމްޑީޕީގެ އެއްވުމަށް އިޝާރާތްކޮށް، ބުނެފައި ވަނީ "މިފަދަ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމު ވެގެން ތިއްބަވާއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދެއްވުން އެދި ދަންނަވަމެވެ،" މިހެންނެވެ.
އަދި މަންދީ ދެއްކި ވާހަކަތަކުގެ ލައިވް ފެންނަ ލިންކެއް ވެސް ވެސް އެ ސިޓީއާ އެކު ފުލުހުންނާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހިއްސާކުރި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މާޗު 13 ގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީގައި ލިޔެފައިވާ އިބާރާތް ކުރީގެ ސިޓީތަކުގައި ވެސް ބޭނުންކޮށްފައިވާއިރު މާޗު 13 ގެ ސިޓީ ތަފާތުވި ސަބަބު އެނގެން ބޭނުންވާ ކަމަށެވެ.
"އެހެންވެ، މާޗު 13 ގައި އެ އޮފީހުން ފޮނުވި ސިޓީގެ މަގުސަދު އަޅުގަނޑުމެން އެނގެން ބޭނުންވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ތަހުގީގަކީ ރައީސްގެ އާއިލާއިން އެދިގެން ހިންގާ ތަހުގީގެއް ނޫން ކަމަށް އެ އާއިލާގެ ވަކީލް އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނިކޮށް، ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތަހުގީގު ހިންގަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
23 April 2025
އެއްކަމެެއްވެސްަ ކުރާ ތަނެއް ނޫން. އުވާލަންޖެހޭ އިދާރާއެއް. ބޭކާރު ހަރަދު. ކުޑަކުދިންނާ ގުޅޭ އިދާރާތައް ނަން ހުސްކޮށް. ވާކަމެއް ހަރާމް. ކުދިންނަށް ރައްކާތެރިކަމެއް ނުދެވޭ. ބޭކާރު އިދާރާތައް އުވާލާފަ އަމަލީ ގޮތުިން މަސައްކަތް ކުިރާނެ މީހުންނާ އެއް އިދާރާ ހުންނަންވީ. އޮމްބަޑްސް ޕާރސަން ތީ ވަރަށް ފޮނި މީހެއް. މީހުންނާ ގުޅުގެން އުޅެން އެގޭ މީހެއް ނޫން.
ބަދަން ސިތާރާ
22 April 2025
ވާނުވާގެ މައްސަލައަކީ ހަމައެކަނި ޝަރީއަތުގެ މަރުހަލާގައި ހިނގާ ކަމެއްހެން ހިޔެއްނުވޭ. ހިނގައިގަންނަން އުނދަގޫވަރަށް މުސާރަ ބޮޑެތިވެ އަތްގުޅިނުކާވަރުގެ ބޮޑެތި މަގާމުތަކާއިގެން ހިރިނުލެވިފަ ތިބޭ މީސްމީހުންގެ ވާނުވާ މައްސަލަތައް އަވަސްކަމެއްގެ ގޮތުގައި ހައްލުކުރަން ރައީސްގެ ވައުދެއް ނެތްތޯ ނޫނީ އެފަދަ ވައުދެއްވާން ކެރިދާނެތޯ.
123332
22 April 2025
މިއީ މޑޕ ގެ ބޮޑެއް، ޑީއޯ ސައްޕޭގެ ދައްތަ، މީނަ ބޮޑުމުސާރަ ނަގައިގެން މި ފަސްއަހަރު ކުރީކޮންކަމެއް، މިއީ އުވާލަންޖެހޭތަންތަން، ބޭކާރުހަރަދު
ހުސެން ރަހާ
22 April 2025
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ )ސީއޯސީ( އޮފީހުން އެ ބުނަނީ ތި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރާކަށް ފުލުހުންނަކަށް ނާންގަމޭ. އެހެން ބުނީމާ، ތިމަންނަމެން ތަހުގީގެއް އެބަ ކުރަމޭ ކިޔާފައި ޖަވާބެއް ފޮނުވިޔަސް އެ ވާނެތޯ ސީއޯސީ އޮފީހުން އެދިގެން ކުރާ ތަހުގީގަކަށް. )ސީއޯސީ(ގެ ބަޔާނާއި ފުލުހުންގެ ބަޔާނުން ވެސް ސާފުކޮށް އެނގެނީ، ތިޔަ ކުރާ ތަހުގީގަކީ ފުލުހުން އަމިއްލައަށް އިސްނަގައިގެން ކުރާ ތަހުގީގެއް ކަން.
ރަހާބެ
23 April 2025
ބަލަ އެފަދަ ވާހަކަ ނުދެކެވޭނެކަން ކަށަވަރުކުރުމަށް އަންގާފައި އޮތީ.. ކަށަވަރުކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭނެ. އޮމްބަޑަށް ވާނުވާ ނޭނގި ތިއޮތީ.
އިސްތިއުފާ
22 April 2025
މިކަމަނާއަށް ކުޑަކުދިންގެ ކަރާމާތް ރައްކާތެރިއެއް ނުކުުރެވުނެއްނު. ރައްކާތެރި ކުރަން މިއުޅެނީ ކުޑަކުދިންނާ ފޮށޭ މީހާ. އިސްތިއުފާ ދީފަ އެކަން ވާ ވަރުގެ ގަޓު ހުރި މީހަކާ ހަވާލުކުރޭ.
އަސް
22 April 2025
ހުންގާނު ދޭން ނުޖެހޭ މީހުންނަށް ހުންގާނު ދިނީމަ ކަމަކު ނުދާނެ.
ޖަންބޮޜީޓޭ
22 April 2025
ކުޑަކުއްޖެއްގެ އަބުރާ ކަރާމާތް ފަޟީހަތް ކޮށްލިފަދައިން، އެވާހަކަތައް ދެއްކި މީހުންވެސް، ގާނޫނީ ހަމަތަކުގެ މަތިން ބޭޒާރުކޮށް، އެފަދަމީހުންނަކީ ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާބައެއްކަން ހާމަކޮށްދޭބްޖެހޭ
މިސްރާބު
22 April 2025
މި އޮމްބަޑުޕާސަން މި ކިޔަން އުޅެނީ ކީކޭތޯ؟ ކުއްޖެއްގެ ކަރާމާތް މިހާރު ގެއްލިއްޖެތޯ ނުވަތަ ނޫންތޯ؟ ނުގެއްްލޭނަމަ އެހެން ސިޓީގައި ލިއުނީ ކީއްވެތޯ؟ ނޫނީ ކަރާމާތް ގެއްލިއްޖެ ނަމަ އެމައްސަލަ ފުޅުހުން ނުބަލާށޭތޯ މި ބުނަނީ؟ ދެން ކީއްކުރާ އޮމްބަޑްސްޕާސަން އެއްތޯ؟؟؟؟؟
ސާސްކަފް
22 April 2025
ނިޢުމަތު ޝަފީޤް އަކީ އިބޫއަެއޔަންކޮށްފައިހުރި މީހަކަށްވާތީ، ބިރުން އެފަދަ ތަހްގީގެއް ހިންގަނީ އެދިފައި ނުވާކަމަށް ބުނާއިރު، މަންދީ ދެއްކިވާހަކަ އިގެ ލިންކަށް ދާންދެން ފޮނުވާފަ ، މިހާރު ނޫންކަމަށް ހެދުނީމަ ކަމަކު ނުދޭ!
ވަކަބެ
22 April 2025
ސީސީއޯ އިން އަންގާފައި ނުވާވާހަކަ އެމީހުން އެބުނަނީ . . މޭޒުދަށުން ނޯޓެއް ދިއްކޮށްލާފަ އެތަނަށް އަންގާފަ ނެތްވާހަކައެއް ނުބުނައޭ . . . ހުރިހާކަމެއްވެސް އޮޅުވާލުން!