ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު: އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ތަހުގީގެއް ހިންގަން އެދިފައިނުވާނެ ކަމަށް ބުނި - ފޮޓޯ: މިހާރު
21 އެޕްރީލް 2025 - 23:15
އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ އެކު، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައި ނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިރޭ ބުނެފި އެވެ.
ރައީސްގެ ދަރިކަލުންނާއި ވޭޕާ ގުޅުވާ ދެއްކި ވާހަކަތަކަކާ ގުޅިގެން ފުލުހުން ގެންދަނީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
އެ ތަހުގީގަކީ ރައީސްގެ އާއިލާ އިން އެދިގެން ހިންގާ ތަހުގީގެއް ނޫން ކަމަށާއި އެ އާއިލާގެ ވަކީލް އާޒިމާ ޝަކޫރު ވިދާޅުވެފައިވަނިކޮށް، ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަހުގީގު ހިންގަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި އެކަން ދޮގުކުރި އެވެ.
އެ އޮފީހުގެ ބަޔާނުގައި ބުނީ އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ފުލުސް އޮފީހަށް ފޮނުވި ސިޓީގައި އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް އަދި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދިފައި ނުވާނެ ކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ އޮފީހުން ފުލުހުންގެ ކިބައިން އެދިފައި ވާނީ އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ހިންާ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމު ވެގެން ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކަރާމަތަށް އުނިކަން ލިބޭ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށެވެ.
"އެ ހާދިސާއާ ގުޅިގެން އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާގައި މި އޮފީހުން އެދިފައިނުވާތީ އާއި އެ އިދާރާއިން މިއަދު އާންމުކުރި ނޫސްބަޔާނުގައި މި އޮފީހާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވާތީ އެކަން މައުލޫމާތަށްޓަކައި ދަންނަވަން،" ބަޔާނުގައި ބުންޏެވެ.
މަންދީ އާއި މާޒު ސަލީމްއާ ގުޅޭ ގޮތުން ފުލުހުން ހިންގާ ތަހުގީގުގެ މައްސަލަ ބޮޑުވެފައިވަނީ އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯއެއް ނެގުމަށް ކްރިމިނަލް ކޯޓުގެ އަމުރެއް ފުލުހުން ހޯދާފައިވާތީ އެވެ.
އެކަމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ "ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން" ކަމަށެވެ. އަދި ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.
ފުލުހުން ބުނީ ޖިނާއީ ތަހުގީގަކަށް ފޮޓޯ ނަގަން ބޭނުންވާ ނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާ ނަމަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށާއި އެ މީހެއްގެ ރުހުން ނުދޭ ކަމަށްވާ ނަމަ، އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭތީ ހަށިގަނޑުގެ ބޭރު ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާން ކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެ ކަން ސާފުކޮށްދިނުމަށެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
22 April 2025
މީނަވެސް އަދިވެސް އެބައުޅޭތަ، މިއީ މޑޕ މީހުން އެމީހުންގެ މީހުންނައް ލާރިދޭންވެގެން ހެދިބޭކާރު އޮފީސްތައް، ބޭކާރުހަރަދުތައް، ފަޒުނާގެ އެކުވެރިއެއްވީމަ ލާރިގަނޑެއްދޭންވެގެން، ފަސްއަހަރުވަންދެން ކޮންކަމެއްމިމީހަކުކުރީ ބޮޑުމުސާރަނެގުން ފިޔަވާ
ޑރ ވާންޗޯ
22 April 2025
އަންބޮޑިސްޕާސަން ވާހަކަ ދެއްކިބަޔަކާމެދު ފިޔަވަޅުނާޅާ ވާހަކަދައްކަފާނެކަމަށް އެކަންހުއްޓުވާނެގޮތެއްވެސް ޕޮލިހަށް އަންގާލިނަމަ.
މުލޭ
22 April 2025
"ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ އޮފީހުން ފުލުހުންގެ ކިބައިން އެދިފައި ވާނީ އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ހިންާ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމު ވެގެން ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކަރާމަތަށް އުނިކަން ލިބޭ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށެވެ." މިކަން ކަށަވަރުކުރެވޭނީ އެކަންކުރާ މީހުންނަަށް ފިޔަވަޅު އަޅައިގެން. އެހެންވީމަ އެކަން އެކުރަނީ.
އެޑްމުންޑޯ
22 April 2025
އެފަދަ އަމަލުތަށް ތަކުރާރު ވިޔަނުދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފުލުހުންގެ ކިބައިން އެދުނު ވާހަކަ ތިބުނީ ، އެހެންވީމާ ފުލުހުން އެކުރަނީ އެމަސައްކަތޭ ، ކޮންހާ ހާސަރުތަކެއް ކިޔާކަށް
ނާގާބިލު
22 April 2025
ރިވަރުން ފުލުހަށް މައްސަލަ ހުށަހަޅަނީ ކޮން ބޭނުމަކު؟ ތިވަރިއްޔާ ކަމަނާއަށް ވެސް ނޫސްބަޔާނަކުން ތިކަން އެންމެ ފުރަތަމަ ވެސް ނިންމާލެވޭނެ. އޭރަށް އެ އޮތީ ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރެވިފަނު. މިހާރު ތިދެން ގޯސްވީ އެ ކުއްޖާއާއި އެކުއްޖާގެ ކަރާމާތަށް އެރި މައްސަލަ ބަލާ ބަޔަކުނު. ރާއްޖޭގެެ މައްސަލައަަކީ މިކަހަލަ މައްސަލަ ބަލަން އުޅެ ބަޔަކު މޮޔައިންނަށް ހަދާތީ ކަމަނާ މެން ކަހަލަ މީހުން
ލައިޓް
22 April 2025
މިފަހަރު ފުލުހުން ރަނގަޅު، ކަށަވަރު ވާވަރަށް ފިޔަވަޅު އަޅާދޭށޭ ލިޔުމުން ފުލުހުންނަށް އަންގާފައި ނޫސް ބަޔާނުގައި މި ބުނަނީ “ ބަރަބޮލެކޭ! “
ސަޅި ގައުމެއް
22 April 2025
ގައުމައް ދިމާވެގެން އުޅޭ ބޮޑެތި މައްސަލަ ތަކުގެ މުގުލުގަ ފޮރުވިގެން ނޫނީ އިންތިޒާމް ވެގެން މިކުރާ ނުބައި ހުރިހާ ކަމެއް ފަހަތުގަ ޔުނީފޯމް އެޅި ބޮޑު މުއައްސަސާ އެއްގެ މީހުން ތަކެއް ބައިވެރިވުން އިންތިހާ އައް އޮންނާނެ. ގައުމު މިންޖު ކުރަން ކުރީ ސަފަށް ތައުލީމީ ޒުވާނުން އިސް ނަގަން އެބަޖެހޭ
ޗަންކީބެ
22 April 2025
މިއީ އެމްޑީޕީގެ ބޮޑެއް. މަތި ފަޑީގައި އަދިވެސް މިމީހުން.
ދެބޯ-ގެރި
22 April 2025
ނިއުމަތު އަށް ކިޔޭ އެއްޗެއް އެބަ އެގޭތަ؟
މައްކޫ
22 April 2025
ވަ×ީފާ ދިން މީހާއަށް އަދި ވިސްނުމުގަވެސް ރީދޫ މީހެއްވީމަ ކޮން ކަމެއް ކުރަން ބޭނުންވާނީ؟؟؟ އެމްޑިޕީގަ މީހަކަަށް ދޫކުރާ އެކަކުވެސް ނުހުރޭ .