ފުލުހުންގެ މައި އިދާރާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
20 އެޕްރީލް 2025 - 16:34
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅޭ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ މައްސަލައިގެ ތަހުގީގަށް މާޒް ސަލީމާއި މަންދީ ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފަ އެވެ.
މީގެ ކުރިން ވެސް އެ މައްސަލާގައި އެ ދެ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ދެވަނަ ފަހަރަށް ހާޒިރުކުރާ ސަބަބެއް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.
ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ބުނެފައި ވެ އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ ގަވާއިދުގައި، ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި އަމަލު ކުރަންޖެހޭ ވަކި ހާއްސަ އުސޫލުތަކެއް އޮވެ އެވެ.
ފުލުހުން މާޒް ސަލީމާއި މަންދީއާ ގުޅޭ މައްސަލާގައި ފަހުން ކޯޓު އަމުރަށް އެދުނުއިރު، "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނެގުން" ކަމަށް ޖަހާފައި ވަނީ ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި ވަކި އުސޫލުތަކެއް "ޖިނާސީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަރުގެ ގަވައިދު" ގައި ހިމަނާފައިވާތީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ފޮޓޯ ނެގުމުގެ ވާހަކަ ނޯންނާތީ އެ ގޮތަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ހަށިގަނޑުގައި ފެންނަން ހުންނަ ތަފާތު ނިޝާންތައް މިހެން ލިޔެފައި އޮވޭ. އެއީ ސްޕެސިފިކް ކުރުމުގެ ގޮތުން ކަން ފާހަގަކުރެވޭ،" ޖިނާއީ ތަހުގީގުތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، ފުލުހުން މިކަމުގައި އެއްޗެއް ރަސްމީކޮށް ނުބުނެ އެވެ.
ޗިޓްގައިވާ ގޮތުން އެ ދެ މީހުން ހާޒިރުކުރަން އަންގާފައިވަނީ އިއްޔެއަށެވެ. ނަމަވެސް، ފުލުހުން ފަހުން ވަނީ އިއްޔެ ހާޒިރުކުރަން ނިންމި ނިންމުން ކެންސަލްކޮށް، ދެން ހާޒިރުވާން ޖެހޭ ދުވަސް ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.
އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާކޮށް، ފެމެލީ ކޯޓުގައި ވެސް މަންދީގެ މައްޗަށް ދައުވާކޮށްފަ އެވެ.
ފުލުހުން މާޒް ސަލީމާއި މަންދީއާ ގުޅޭ މައްސަލާގައި ފަހުން ކޯޓު އަމުރަށް އެދުނުއިރު، "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނެގުން" ކަމަށް ޖަހާފައި ވަނީ ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި ވަކި އުސޫލުތަކެއް "ޖިނާސީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަރުގެ ގަވައިދު" ގައި ހިމަނާފައިވާތީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ފޮޓޯ ނެގުމުގެ ވާހަކަ ނޯންނާތީ އެ ގޮތަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ އާއިލާގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ބުނެފައިވަނީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ ރައީސްގެ ދަރިކަލުން ވޭޕްކުރަން ފެށުމުން ކަމަށް ދޭހަވާ ގޮތަށެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސް މުއިއްޒުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2025
21 April 2025
ބޮޑުވަރު ދެއްތޯ؟
ސަދޫމަށް ތުރެ ހުތުރޭ
21 April 2025
ވާހަކަ ދެއްކީ ދުލުން އެކަމު ބަރަހަނާކޮށް މުޅި ހަށިގަނޑުގެ ފޮޓޯ، ޖިންސީ ގުނަވަން ފިޔަވާ. ފިރުއައުނު ވެސް އަޖައިބު ވާނެ!!!
ހަބީބޯ އެއަތް ނަގަން މިއަތް ނަގަން
21 April 2025
ކޮބަޔޯ އެޗުއާރުސީއެމު؟
ފުލް
21 April 2025
ޓެލް މީ ދަ ފުލް ސްޓޯރީ ބްރޯ!
އަފޝީނ
21 April 2025
ދިވެހިރާއްޖޭގެ އެއްވެސް މުއައްސަސާ އަކީ އިތުބަރު ކުރެވޭ ތަނެއް ނޫން. ކިހިނެއް އިނގެނީ މާދަން ތި ފޮޓޯ ތައް ލީކް ނުވާނެ ކަމެއް ކޮންމެ ވެސް އެއް ދިމާލަކުން. ދެއްކީ ދައްކަން ނުޖެހޭ ވާހަކައެއް އެކަމަކު އެއަށް ބާރު ލިބޭ ވާހަކަ ވެސް ދައްކަން ނުވާ ފަރާތުން ވަނީ ދެކެވިފަ. ދެން ނެރުނު ކޯޓް އަމުރަކީ އެއްގޮތަކަށް ވެސް ބަޔަކަށް ބަލައިގަނެވޭނެ އަމުރެއް ނޫން. އެތައްބަޔަކު ކުރިމަތީ ދެއްކި ވާހަކައެއް އަދި ވީޑިއޯހެކި ވެސް އެހެރީ ފެންނަން. ރީތިގޮތަކަށް ނިންމާލާ...
ޢަލިކޮއެ/ހުޅުމާލެ
20 April 2025
ޢެއްކަލަ ގޭގެ ވެރިމީހާ ރަހީނުކޮށް ސިގިރޭޓު ނިއްވާހެދި ކުދިންކޮޅު ކުށެއް ނެތް ކަމަށް މިނިވަންދޯވީ؟
ޢިބޫ
20 April 2025
ކޮބާތޯ ހިއުމަންރައިޓްސް ކޮމިޝަން؟
އިބުރާހިމްބެ
20 April 2025
ދެންބުނާނެ ވައްކަންކުރާމީހާ ގަޔައް ދަވާދު އަޅާވާހަކަ ނޫނީ އަނިޔާ ކުރާވާހަކަ. މިފެންވަރައް ކޯޓުތައް ވެއްޓި އަދުލު އިންސާފު ގާއިމުވަންޔާ ރައްޔިތުން ތިބޭނެ ހާލު ވިސްނާ.
މރ.ކާޕެޓް ޝ
20 April 2025
ކޮންފެންވަރަކަށްތަ ވެއްޓުނީ؟ އެއީ މައްސަލައެއްް ނޫން. އަމުރަށް އެދުނީ ތިމަންނާ ދެއްކި ވާހަކައެއް ނޫނޭ ބުނެ އެއްބަސްނުވީމަ ހެކި ހުށަހަޅަން. އަޑާ ސޫރައާ މީހާގެ ފެންނަންހުރި ގުނަވަންތަކުގެ ތަހުލީލު ކުރުމަށް. އެއްބަަސްވާން ނުކެރޭވަރުގެ ވާހަކަ ދައްކަނީ ކީއްކުރަންތަ މާ ފެން މައްޗަށް އަރައިގެން މާ މާތް ބަޔަކަށް ވެގެން.
ދިއްދޫމީހާ
20 April 2025
ބަޔަކު މީހުން އަނގަބަހުން ދެއްކި ވާހަކައަކަށް މިކަހަލަ ބަހުރުވައަކުން އަމުރެއް ނެރެންޖެހޭތޯ؟ފަނޑިޔާރުގެ ކުރިމަތީގައި ދައުވާ ލިބޭ އަދި ދައުވާ ރައްދުވާ ފަރާތް ވާނީ ހަމަހަމަ ހުކުމް ކުރާނީ ހުށަހަޅާ ހެކި ޤަރީނާއަ މިއީ ޔުނިވާސް ސިޓީއަކަށް ނުދިޔަސް އުސްތާޛް އަދުރޭގެ ދަރުހުންވެސް އެނގޭ ކަންކަން
ސިންގިރެޓު ސސ
20 April 2025
ސިންގިރެޓު އަދި ވޭޕު އަދި މަސްތުވާތަކެތިވިޔަސް، ބެލެނިވެރިންނަށް އާންމުކޮއް އެންގެނީ ވަރަށް ފަހުން.. ކޮންމެވެސް ގޮތަކަށް ބަސްޓުވެގެން.. ބެލެނިވެރިން ދީގެން ނޫންވިއްޔާ ބޯން ފަށަނީ.. ގިނަފަހަރަށް ބެލެނިވެރިން ނުކުނަނާނީ ދުވަހަކުވެސް ކުރިކަމެށް ނޫނޭބުނެ ޑިފެންސަށް ފުރަތަމަ.. މިއީ ވަރަށް ޖެނެރަލްކޮށް ބުނެލިވާހަކަޔެއް..