ސިނގިރޭޓް ފޮށިތައް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން --
27 އެޕްރީލް 2025 - 15:53
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން ފެނުނު 49،000 ސިނގިރޭޓް ފޮށި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ.
ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ވަނީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގަ އެވެ. ޖެހިގެން އައި ދުވަހު، އެ އިދާރާ އިން ބުނީ އެ ގެއިން ކާޑުބޯޑުގެ 103 ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް އޭރު ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަން އުޅުނީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެ ކުންފުނިން ވަނީ ފުލުހުން ހިފެހެއްޓި މުދާ ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ފޮއްޓާއި ދެ ބޮކްސިން މެޝިނަކާއި އުފައްދާފައިވާ ސިނގިރޭޓް އަދި ދުންފަތެވެ.
ފުލުހުން ހިފަހައްޓާފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައި އެ ހުއްދަރަކާ އެކު ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފި ނަމަ ހިފަހައްޓާފައިވާ މުދާ ދޫކުރަން އިއުތިރާޒު ނުކުރާ ކަމަށް މި މައްސަލައިގެ އަޑުއެހުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ ފުލުހުން ހިފަހައްޓާފައިވާ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑްގެ މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށެވެ. ސިނގިރޭޓާއި ދުންފަތް ދޫކުރުމަށް ބައެެއް ޝަރުތައް ހުކުމްގައި ކަނޑައަޅައިފަ އެވެ.
އެ ޝަރުތުތަކަކީ:
- މުދާ ދޫކުރެވޭ ހާލަތުގައި ހިފަހައްޓާފައިވާ މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުން.
- ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ / ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުމަށް.
- މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް
- މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އެންގުމަށް.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހުސް ފޮށިތަކާއި މެޝިންތައް ތިން ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ. އަދި ސިނގިރޭޓާއި ދުންފަތް ލައިންސެންސް ނެގުމަށްފަހު ހުށަހަޅާތާ ފަސް ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ރެއިޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.
އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
28 April 2025
ޤާނޫނެއް ހެދިއްޔާ އޮންނަނީ އޭގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ބަޔަކަށް އެފުރުޞަތު ފަހިވާނެހުރިހާ މަޅިއަކާއި ބާގަނޑެއް ހިމަނާފައެވެ. ދެން މިގައުމުގައި ރަނގަޅަށް ހިނގާނެ ކަމެއް އޮންނާނެ ބާވައެވެ.
ރިހާކުރުފުޅި
28 April 2025
ރިހާކުރު ފުޅި ވަގަށްނެގީމައި، ދެން ކޯޓުން ހުކުންކުރަންވީ ވަގުކަލޭގެ ފިހާރައަށްގޮސް އެފުޅިއަށް ފައިސާދައްކައިގެން އަންނަންދެން އެ ރިހާކުރުފުޅި ފުލުހުން ބަލަހައްޓަން. ފޫ ޖަހައިފިނަމަ ފުލުހުން ޒިންމާވާން ޖެހޭނެ. ފައިސާދެއްކީމާ ވައްކަންކުރުން ކެންސަލްވެ ވިޔަފާރީގެ އަޤްދަކަށް ބަދަލުވީ. ސަޅި.
އަޖާއިބުގެ ޖަވާބު
27 April 2025
ހަމަ ޔަގީންތަ އެހެންކަނޑ އަމުރުގަ އޮތީ. އަހަރެންނަށް ލިޔުން ކިޔާލީމަ ފެނުނީ އެހެންވާހަކައެއް. ފިތުނަ އުފައްދަންތަ ތިކަހަލަ ސުރުހީ ތި ޖަހަނީ
ކޮބާހޭ އިންސާފު؟؟؟
27 April 2025
މިސަރުކާރުގެ ނެޕޮ ކިޑެއްގެ ކަމެއްތީ. ޢެސޮރަށް ބުއްފުޅި ޖައްސާ ހިސާބުގައި އޮތީ ތިކަމަކާ ހެދި. އަވަހައް ތީތި ކޮޅު ދީ. އެހެންމީހުންނަށް މަނާ ނެޕޮ ކިޑްސް އަށް ހުއްދަ ކަންކަން ތިހިރީ.
ވަދާއީ
28 April 2025
އަދިވެސް ގިނަ ދިވެހިންނަށް ގައުމުގެ އެންމެ ބޮޑު މައްސަލަ ނުވިސްނޭނެ. މައްސަލަ: ސިޔާސީ ގޮތުން ނުފޫޒު ގަދަ އާއިލާތަކުގެ މީހުން ސަރުކާރާ، ޖުޑީޝަރީއާ ފުލުހުގެ ނާޖާއިޒު މަންފާ އަމިއްލަ އެދުމަށް ހޯދުން. ގެޓް ވެއްޖެ ކަމަށް ހީކުރަން.
ބޮޗޭ
27 April 2025
އެ ބުނާ ހުއްދައެއް ނުލިބޭނެ. ހުއްދަ ނުލިބި ދުލެއް ނުކުރެވޭ. ހެހެ
ނެޕޯ ބޭބީގެ ސިގިރެޓް ކޮންޓޭނަރު
27 April 2025
މާތް ކަލާކޮއްޓަކާ!!!. ވަގަށް އެތެރެ ކުރި އެއްޗެއް ދޫކުރަން އެ އެންގީ ކޯޓުން. ފަހަތުގައި ހުރީ މެންބަރު ބޮޗޭ. ވައްސަލާމް
މާފަންނު
27 April 2025
ނެޕޯ ދައިތަ އސމ ގެ ދަރި. ކ މާލޭ ނަށާ ޕާޓީ މަނިއްޕުޅުން. ތި ސިގުރޭޓު ސާމާނު އަވަހައް އެސޮރަށް ދީ. އަބަދުވެސް ނުއަތު ބުރުން ފައިސާ ހޯދާ ސޮރެއް އެއީ
ބޮޑުވަރު
28 April 2025
އެޗްޑީ ސިގިރެޓޯ. އާދައިގެ މީހެއް ކުރި ކަމެއް ނަމަ އިންނާނީ މިހާރު އެމީހަ ޖަލުގައި. މެންބަރު ވީމަ އެޖެހުނީ އަނބުރާ ދޭން. ދެން ކަލޭމެން ބުނެބަލަ މިގައުމު ރަގަޅުވާނެ ގޮތެއް. ގާނޫނު ހަދަން ތިބި މީހުން ގާނޫނާ ހިލާފު ވިޔަފާރިކުރަނީ ވެސް.
ކައްކާ
27 April 2025
ރީތި ކޮށް އަތަށް ގޮވާފި އެއްނޫން! 2 އުޅިއެއްނުވާ ގަވާއިދު ހެދޭ ގޮތުން އަނެއް ކޮޅުން އެއަށްވުރެ ރަނގަޅަށް ސާބިތު ކަމާއިއެކީ ހެދިއްޖެ ނަމަ ނޯ ޗޮއިސް ދޯ
ރުފިޔާ
27 April 2025
ކަލޭ ހާދަ އުފަލުން؟؟ އަނެއްކާ އެސިގިރެޓު ބިޒްނަސްގެ ޕާޓުބަރުތަ ތީ އެމްޕީ ގެ؟؟؟
ބޮޗޭ
27 April 2025
ތި އެއްޗެހި ތިހެން ވާނެކަން ކުރިންވެސްއެގޭ، ތީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ސިގަރެޓް ފެކްޓރީ.
މިއައު
27 April 2025
ސިނގެރޭޓު ރާއްޖޭގަ އުފެއްދުން ހުއްދަތަ އެހެންވީމަ
ސިނގެރޭޓު ރާއްޖޭ
27 April 2025
ވޭޕް އެކަނި މަނަލީ
މުނިކާފަ
28 April 2025
ދުންފަތް މަނާކުރަން މަސައްކަތް ކުރިޔަސް ޑްރަގު މަނާކުރަން އެވަރަކަށްނޫޅޭ ޒުވާނުން ނިންދަވާފަ ބައިތއްބަންބާ…؟ނޫނީ ޙަލާލުވީބާ؟
ނަރީޝް އެންޑް ބޮޗޭ ބިން ސުޖާބެ
27 April 2025
ސަރުކާރުގެ ނުފޫޒު ގަދަ ބަޔަކު ކުރާ ކަންކަން ނިމޭނީ ތިކަހަލަ ގޮތަކަށް! މި ގައުމުގަ ސިޔާސީންނަށް ހިތުހުރި ގޮތަކަށް އުޅެންވީ! ރަޔިއްތުންނަށް ވެސް ރަނގަޅީ މިކަހަލަ މީހުން! އަނެއް ފަސް އަހަރު ވެސް އާއިމަ ހޮވަން ތިބޭ! ސޭކު ރާއްޖެ