ސިނގިރޭޓު އުފައްދާ ތަން ފުލުހުން ފާސްކުރަނީ.-
16 މާޗް 2025 - 11:36
ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.
ހ. ހުޅުގަލީގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 30 ގައި އެ ތަން ބަލާ ފާސްކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ބެލިއިރު 49،000 ސިނގިރޭޓް ފޮށި ފެނިފައިވެ އެވެ.
ސިނގިރޭޓު އުފައްދަން އުޅުނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެކަމަކު، އެ ކުންފުންޏާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އެ މައްސަލައިގައި ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.
އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާާ
16 March 2025
ކޮބާހޭ ހޯކްސް ކުންފުނިން ވަގަށް އެތެރެ ކުރި ސިގިރޭޓްތައް؟ މުއްސަދި މީހާގައިގާ އަތް ނުލެވެނީތަ؟
އަހުމަދުބޭ
16 March 2025
ނޫސްތަކުން އިރުއިރު ކޮޅައި މިވާހަކަ އެބަޖަހައި އެކަމު ހާދަފާޑެއްގެ މައްސަލައަކަށް މިކަން އެބަވެއޭ، މިފަހަރު ކުންފުނި މިއުވާލީ އަދި މީއީ ކޮންބައެއްކަމެއް އަދި މިކަން ކުރިމީހުންނަށް ލިބުނު އަދަބެއް ނާދޭ، ނޫސްވެރިންނަށްވެސް މިމައްސަލައިގައި އަޑިއަށް ފީނޭވަރަށްވުރެ ފުންކަމަށް މިފެންނަނީ
ކަތްދައިތަ
16 March 2025
ޢަސު ހަގީގަތަށް ކަން ވާގޮތް ހިންގާ ކިޔާލަމާ މި ގުރުޕްތަކުން އޮންނާނަނީ އޭރަކު އޮންނަ ސަރުކާރަކާ ނުވަތަ ކޮންމެވެސް އެމްޕީއަކާ ގުޅިފަ އެމްޕީން ގުޅާނީ ސީދާ ވެރި މީހާޔައް ގުޅީމަ ދޫކޮށްލަން ޖެހޭނީ ސަރުކާރު ހިންގަން ހުންނަ ވެރިޔަކަށް އެހިސާބުން މަޖުބޫރުވާނެ ސިޔާސީ ވެގެންގޮސް އަދުލު އިންސާފު ވެސް ނެތި ދިޔައީ
ޑރ ވާންޗޯ
16 March 2025
މީ ބައިއެޅިގެން ކަންކަންކުރުމުގެ ފައިދާއަކީ، ކުންފުނީގެ ނަން ކުއްވެރިވީ. ކުންފުނީގެ ވެރިޔަކީ ކާކުކަމެއް ނޭގުނު. މާދަމާ ހަމައޭނަ އެހެންނަމެއްގަ ކުންފުނި ރަޖިސްޓްރީކުރީމަނިމުނީ!!!!
އަފްރާސިޔާބު
16 March 2025
ކުންފުންޏަށް އަދަބު ދެވިއްޖެއެއްނޫން. އެ ނިމުނީ. އެއީ ޕާޓީ ކުއްޖެއްގެ ކުންފުންޏެކޭ.
ކުދުބެއްޔާ
16 March 2025
"ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ." ދެން ސިގިރެޓް މިހަދަނީ ދުންފަތަކުން ނޫންބާ!!!!!
އޮަޓޯ
16 March 2025
ކުންފުނީގެ ހުއްދަ އެކަނިތޯ ބާޠިލުވާންވީ؟ ޤާނޫނާ ޚިލާފަށް އެ ޢަމަލު ހިންގި މީހުންނަށް އަދަބެއް ނެތްތޯ؟ މާދަމާ ހަމަ އެމީހުން އެހެން ކުންފުންޏެއް ހަދައިގެން ގާނޫނާ ޚިލާފަށް ކަމެއް ކުރަންވީތޯ؟
މޮޔަވެދާނެޭ
16 March 2025
ކުށްވެރިވާނެ މީހަކުނެތްދޯ، އިމަރާތާއި ކުންފުންޏާއި ސިގިރެޓް ކުށްވެރިމިވީ، ތިކަން ކުރި ބަޔަކުވެސް އެންމެ ކުޑަމިނުން ހާމަކޮށްލާކަށް ނުކެރުނުދޯ، ގައިމުވެސް ތިޔަ ކުންފުނީގެ ހިއްސާދާރުންވެސް އުޅޭނެތާ، އަދި ތި މަސައްކަތް ކުރި ބަޔަކުވެސް އުޅޭނެތާ، ދެން އަނެއްކާ އހެން ނަމަެއްގައި ކުންފުނި ހަދައިގެން ހަމަ ކުރިއަށް ދާންވީތާދޯ،