ބ. އޭދަފުށީ، މަސްޖިދުލް މުހައްމަދު އަލީގައި ނަމާދުކުރަނީ: ރަށްރަށުގެ އިމާމުންނަށް މި މަހުގެ މުސާރަ ލިބުން ވަނީ ލަސްވެފައި. --ފޮޓޯ: ނިޝާން އަލީ| މިހާރު
30 އެޕްރީލް 2025 - 16:16
މުސާރަ ތައްޔާރުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ހެދި މި މަހު ރަށްރަށު އިމާމުންގެ މުސާރަ ލިބުން ލަސްވާނެ ކަމަށާއި މައްސަަލަ ހައްލުކޮށް މުސާރަ ދެވޭނެ ދުވަހެއް އަދި ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ރަށްރަށުގައި މަސައްކަތް ކުރާ އިމާމުންގެ މުސާރަތައް ސިސްޓަމަށް އަޅަނީ ކައުންސިލްތަކުން ކަމަށާއި އެ މައްސަލަ ދިމާވީ އެ ސިސްޓަމަށް ކަމަށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިސްޓަމަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، މުސާރަ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއީ އިންޓާނަލް މައްސަލައެއް ކަމުން މުސާރަ ދެވޭނެ ސީދާ ދުވަހެއް ބުނާކަށް ނޭނގޭ. އަބަދުވާ ކަމެއް ނޫން ކުއްލިއަކަށް މިވީ،" އޭނާ ވިދާޅުވި އެވެ.
އިމާމުންގެ ތެރޭގައި އެލަވަންސް ލިބޭ އިމާމުންނާއި މުސާރަ ލިބޭ އިމާމުން ތިބެ އެވެ. މުސާރަ ލިބެނީ ދާއިމީ ވަޒީފާގައި ތިބޭ އިމާމުންނަށެވެ. މައްސަލަ ދިމާވެ މުސާރަ ލަސްވީ ކިހާ އިމާމުންނަކަށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރުހޭ
01 May 2025
އިސްލާމްދީނުގަ އޮންނަނީ އެމީހަކު ކުރިމަސައްކަތެއްގެ އުޖޫރަ ވީހާވެސް އަވަހަށްދިނުން. އިސްލާމިކް މިނިސްޓްރީއެއްގެ ބެލުމުގެ ދަށުގަ ދިބި ބަޔަކަށް މިގޮތަށްދިމާވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މައްސަލައެއް ދިމާވެދާނެ އެކަމަކު ޓެކްނިކަލް ކަންކަން ހައްލުކުރެވޭނެ ގާބިލް މީހުން މިތާވެސްތިބޭނެ.
އޮނަރަބްލް އަފީފު ދީދީ
30 April 2025
ކ.އަތޮޅު މާލެ އަކީވެސް ދިވެހިން ދިރިއުޅޭ ދިވެހި ދައުލަތުގެ ސަރަޙައްދުގައި އޮތް ދިވެހިންގެ ރަށްތަކުގެ ތެރޭގައި ހިނެނޭ ރަށެއް. ކ.މާލެ އަކީ ކޮންޓިނަންޓެއް ނުވަތަ ވަކި ބައްރެއް ނުވަތަ ސަހަޜާ ހިމެނޭގޮތަށް އޮތް ޝަހަރެއްވެސް ނޫން. ރަށް ރަށުގެ މުދިމުންނަށް މުސާރަ ނުލިބޭ ނަމަ ތިރަށު މުދިމުންނަށްވެސް މުސާރަ ދީގެން ނުވާނެ.
ކޮރަލް
30 April 2025
ޕޮލިހުންގެ ބޮޑު މީހާ ރިޓަޔަރ ވީމަ ލިބުނީ ކިތައް ލައްކަ ތޯ ބަލާލަ ބަލާށެވެ. ދެން މަހަކު ލިބެނީ ކިހާ ވަރެއްތޯ ބަލާލަ ބަލާށެވެ. ސަރުކާރު އޮތީ އެތައް ބިލިއަނުން ދަރާފަ އެވެ. އެކަމު ރިޓަޔަރ ކުރާ ސިޔާސީ މީހުން އެދަނީ މިލިއަނުން ޖީބަށް ލަމުންނެވެ. އަދި ކޮންމެ މަހަކު ބޮޑު އެއްޗެއް ލިބެ އެވެ. މިވާހަކަ އެއްވެސް ޕާޓީ އަކުން ނުދައްކާނެ އެވެ. އިމާމުން ނަށް މިފަހަރު މިދިމާވީ ވ ދެރަ ގޮތެކެވެ. ސިސްޓަމް އަށް ޖެހުނު މައްސަލަ ކިޔާ ދީ ބަލާށެވެ.
ދީނަށް ޓަކާ
30 April 2025
ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ތެރެއިން ވެސް އިމާމުންގެ މުސާރަ ދޯ ތި ލަސްވީ. ހާދަ ދީނަށް ލޯބިކުރާ ސަރުކާރެކޭ މީ. ބޮޓުންތައް ދެން އަތްޖަހާ!
ވަޖގޔއ
30 April 2025
ސިސްޓަމަށް އެރޯއެއް އަރާފާނެއެއްނު؟
ބައިކަޑި
30 April 2025
މިސްކިތްތަކުގެ އަޑު ކަޑުވާލަން އުޅޭހެން ހާދަހީވެއެވެ! މުސާރަ ނުދެންޏާ ބަނގި ގޮވާނެ މީހަކު މިރާއްޖެ އަކު ނުހުންނާނެއެވެ! ވަރަށް ދެރަވެއްޖެ !
ސސްސ
30 April 2025
ތިހީވާގޮތް. މީހުން ނަމާދަށްދަނީ މުސާރަދީގެންތަ؟
ދައިގަންނަގުރާ
30 April 2025
އިންޓާނަލް ސިސްޓަމްއަކަށް ގިނަފަހަރު ސަރުކާރުން ގެންގުޅޭނީ މައިކްރޮސޮފްޓް ނުވަތަ އެސް.އޭ.ޕީ ސިސްޓަމެއް. ރަގަޅަށް ވިއްޔާ ސަބްސްރިޕްޝަން ލާރި ނުދައްކާ އޮއްވާ ޚިދުމަތް މެދުކެނޑުނީއޭ މަ ބުނާނީ. އަދިވެސް ސަބްމެރީނާއި މިސައިލާއި ގްރައުންޑް ވެހިކަލްތައް ގަނެލާ.
ލޮލްލޮލީ
30 April 2025
އިމާމުންނަށް އެކަނި އެހެންވެ މުސާރަ ނުދެވެނީ؟
ޜައްޔިތު އަހުމަދު
30 April 2025
ޢެހެން މުވައްޒަފުންގެ މުސާރަ ހެދި އިރު އޯކޭ ވެފަ އިމާމުންނާ ޖެހުނީމަ ސިސްޓަމް ބޮޑާ ހޭކީ.
مالديفي
30 April 2025
މިރާއްޖޭގައި ބޮޑު މުސާރަ ހައްޤީ އަދި މުސާރަ ބަރާބަރަށް މަހުން މަހަށް ލަސްނުވެ ޖަމާވާންޖެހެނީ ވަކި ބަޔަކަށް އެކަނި. އިމާމުންނަކީ ކިޔަވައިގެންތިބި ބޭފުޅުން. އިމާމުންގެ ހައްގުތައް ނިގުޅައިގެން ބަންދު ދުވަސްތަކުގެ މުސާރަވެސް ދޭންނުޖެހޭކަމަށް ކަނޑައަޅާފައި އޮންނައިރު އެކަމާ ބަހެއް ބުނެލާނެ އިމާމުން ނެތީމަ. އިމާމު ކަމަކީ ދުލުން ބުނެލާހާ ފަސޭހަ ވަޒީފާއެއްނޫން. މިނިސްޓަރު އެބަޖެހޭ އިމާމުންގެ މުސާރަވެސް ބޮޑުކޮށްދޭން.
ޑރ ވާންޗޯ
30 April 2025
އީމެއިލް އަކުން ޑިޓެއިލް ހޯދާފަ ތިޔަ މުސާރަ ޖަމާކުރެވެން ވާނެދެއްތޯ؟. ފަހުން ސިސްޓަމަށް އެޅިދާނެ. ތިޔައީ ބައެއްގެ ދިރިއުޅުމާ ގުޅޭކަމެއް ތިހާފަރުވާކުޑަކޮން ގޮސްގެން ނުވާނެ.
ދސްއ
30 April 2025
އެރަށެއްގެ ކައުންސިލުން ސިސްޓަމަށް މައުލޫމާތު އަޅަނީ. ސިސްޓަމް ޑައުންވެދާނެއެއްނު. ބެންކް އެޕް ވެސް ޑައުންވާ ފަހަރު އާދޭ