އައިޖީއެމްއެޗް ހޮސްޕިޓަލް --
01 މެއި 2025 - 18:22
އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާތީ ފިޔަވަޅުތައް އަޅައި އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗް އިން ބުނީ ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި މަދު ކުދިންތަކެއް ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅައި ޑިސްއިންފެކްޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިފަދަ ބެކްޓީރިއާތަކަކީ ކްރިޓިކަލް ކެއާ ދޭ ތަންތަނުގައި، ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ބަލިމީހުންގެ މެދުގައި ފެތުރުން އެކަށީގެންވާ އެއްޗެއް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
"މި ކަން ފާހަގަކުރެވުމާ އެކު، ވަގުތުން އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާނެ،" އައިޖީއެމްއެޗުން ބުންޏެވެ.
މިހާރު ހާލަތު ރަނގަޅަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ބެކްޓީރިއާ އިތުރަށް ފެތުރެމުންދާކަން މިހާރު ފާހަގަ ނުވާ ކަމަށް ވެސް ބުންޏެވެ.
"ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން،" އައިޖީއެމްއެޗް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޜަލޯ
02 May 2025
ކޮމެންޓު ކުރާ ޑަމްބއސ ތަކަށް ހީވަނީ އެހެން ހޮސްޕިޓަލު ތަކުގެ ގޮނޑިތަކުގަ ދޫ ވެސް ލާން ކެރޭހެން ތާހިރުކަމުން.
ސިގްމާ
01 May 2025
އައްޗީޑި!!
ކޖލކިޖ
01 May 2025
އައްޗީޑި ކިޔާނި ކަމެއްނެތް. އިނގިލީގަ ކޫރުމެއް އެޅިލިޔަސް ހަމަ އެހޮސްޕިޓަލަށް ގޮސް ވަދެ އޮންނާނީ
ސިގްމާ އާ އެއްކޮޅަށް
02 May 2025
އައި.ޖީ.އެމް.އެޗް ހާ ނުތާހިރު ހޮސްޕިޓަލެއް މަށެއް ނުދެކެން. މި ބެކްޓީރިއާއަކީ ހޮސްޕިޓަލްގެ އިކުއިޕްމަންސް، މެކޭނިކަލް ވެންޓިލޭޓަރ، އިންކިއުބޭޓަރ ފަދަ ތަކެތި ސާފުކުރަންވާވަރަށް ސާފުނުކުރެވުނީމަ އުފެދޭ ބެކްޓީރިއާއެއް. އިނގިލީގައި ކޫރުމެއް އެޅުނަސް ލޮލުން އެސްފިޔައެއް ވެއްޓުނަސް ތިޔަ ތަނައް ނުދިއުން ބުއްދިވެރީ
އް223
01 May 2025
ބެކްޓީރިއާ ފެންނީ ހިސާބައްވުރެ ނުތާހިރުކަމުން
ހޖކކކ
01 May 2025
ކަލޯ މާ ބޮޑަށް އެނގިފަ ތިހުރީ. ކަލޭ ހަންގަނޑުގަ ޖަރާސީމު ހުންނަނީ ވެސް ނުތާހިރު ކަމުން ދޯ އެހެންވީމަ
ހެހހެ
01 May 2025
ޢައިޖީއެމް އެޗުން އެމްޑީއާރު ބެކްޓީރިޔާ މި ފެނުނީ އަލަކައްނޫން، އައިސީޔޫގަ އެޑްމިޓްކުރާ ކޮންމެ މީހަކައްމީގެ ޑޯޒެއްލިބޭ، މޮޅެތި ހެޑްލައިންތައް ހެދުމުގަ އަވަދިނެތި،
ާރައްޔިތުމީހާ
01 May 2025
އަދި އަވަސް މިވާހަކަ ބުނަން. މިހާރު ތިކަމެއްވެގެން އުޅޭތާ 1 މަސް ވެެއްޖެ. އެތަނުގަ ތިބި ކުޑަކުދިން ކްރިޓިކަލް ވެގެން އުޅޭއިރުވެސް " ބޭބީ ކްރިޓިކަލް ވެއްޖެ އޭ ބޭރަށް ފުރަން ރެޑީ ވާށޭ" ބުނީމަ ނިމުނީ. ކޮންމެ ދުވަހަކު ބޭބީ އަށް ލޭ ނުލިބިގެން އެހާ ހާލުގަ އުޅޭތާ 1 މަސް ވެއްޖެ.
އެމްސް
01 May 2025
އިންޑިއާ އާއި ގުޅިގެން ލިބޭނެ ކުރިއެެރުމެއް ނެތްކަން އިންޑިއާއަށް ބޭހަށްދާ ދިއުން ނުހުއްޓުމުންވެސް އެނގެއެެވެ!