މިއަދުގެ ނިއުސް ކޮންފަރެންސްގައި ރައީސް މުއިއްޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.
03 މެއި 2025 - 13:47
ދޭދޭ ގައުމުތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވުން ހުރި ކަންކަމަށް މިހާރު ހައްލު ގެނެސްފައިވާ ކަމަށާއި އެކަމަކު އެ އެއްބަސްވުންތައް ހާމަނުކުރެވި ލަސްވަނީ އެކަމާ މެދު "ބައިލޭޓަރަލް" މަޝްވަރާތައް ކުރިއަށް ގެންދާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކި ގައުމުތަކާ އެކު، ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ އެެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަަމަށް މިއަދުގެ މީޑިއާ ބްރީފިންގެ ކުރީ ބައިގައި ވިދާޅުވި ނަމަވެސް ސުވާލާއި ޖަވާބުގެ ބައިގައި ނޫސްވެރިން ސުވާލު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، އާ ނުކުރެވެން އޮތީ ޑިމޮގްރެފިކް އެއްބަސްވުން އެކަނި ކަމަށެވެ. ބާކީ ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސީދާ އެ މަނިކުފާނު އެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން މިހާރު ހައްލު ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރަކު ނެތޭ ކަންބޮޑުވާ ކަމެއް. އެކަމަކު އިސްލާހު ގެނެވިފައިވި އެއްބަސްވުން ވިޔަސް ހާމަކުރުމުގައި ކޮންފިޑެންޝަލިޓީ ކްލޯޒް އޮންނާތީ ބައިލެޓްރަލް ޑިސްކަޝަންތަލެއް އެބަ ކުރިއަށް ދެއޭ، ދެ ފަރާތުގެ ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ޖެހޭނެއޭ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އުންމީދު ކުރަން މާ ލަސްތަކެއް ނުވެ ދެ ފަރާތުން އެއްބަސްވެވިގެން އެއްބަަސްވުމުގެ ކްލޯޒްތައް މީޑިއާއާ ހިއްސާ ކޮށްދިނުން."
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަން ކުރިއަށް ދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް ސައީދު
04 May 2025
ފެނޭތަ ގައުމީ ވެރިން ވަތަނީ ވެރިން ގައުމުގެ ވެރިކަމާ ހަވާލުވީމަ ލިބޭ ނަފާ؟ އަލްހަމްދުﷲ
އަމީން މުހައްމަދު
04 May 2025
ގައުމަށް ހެޔޮ އެދޭ ގައުމު ދެކެ ލޯބިވާ ވެރިޔެއް ހަމަ ހަގީގަތުގައިވެސް ރައީސް މުޢިއްޒް މިއީ
މިހާރުގެ މިހާރު
03 May 2025
ރައީސް މުއިއްޒު އެއީ އެއްވަނަ! ރައީސް މުއިއްޒު ވަރެއްނެތް! ރައީސް މުއިއްޒު އެއީ ނަމްބާރު ވަން! ރައީސް މުއިއްޒު މޮޅުވާނެ! ރައީސް މުއިއްޒު އަކީ ބެސްޓު! ރައީސް މުއިއްޒަކީ އެންމެ މމތް ރައީސް! ރައީސް މުއިއްޒު އެއީ ނަމްބާރު ވަން!
ދ އަމާ
03 May 2025
އިސްލާހުކުރި އެއްބަސްވުމުގަވެސް ކޮންފިޑެންސިއަލިޓީ މާއްދާ ހިމެނީ ކުރީ ސަރުކާރުންތަ
ސެމްބ
03 May 2025
ރައީސް މުއިއްޒުއަށް އިގޭނީ ބައިލެޓަރަލް! ރައީސް މުއިއްޒުއަށް އިގޭނީ ކޮންފިޑެންޝަލް ކުލޯޒް! ރައީސް މުއިއްޒުއަށް އިގޭނީ ޑިސްކަޝަން! ރައީސް މުއިއްޒު އެއީ އެއްވަނަ! ރައީސް މުއިއްޒު ވަރެއްނެތް! ރައީސް މުއިއްޒު އެއީ ނަމްބާރު ވަން! ރައީސް މުއިއްޒު މޮޅުވާނެ! ރައީސް މުއިއްޒު އަކީ ބެސްޓު! ރައީސް މުއިއްޒަކީ އެންމެ މާތް ރައީސް! ރައީސް މުއިއްޒު އެއީ ނަމްބާރު ވަން! ތިބޭފުޅާ މޮޅު ވާހަކަ ނުދައްކާ ދޭ މަހަށް! އެއީ ހަޑި މީހުން، ނަމްބަރު ޓޫ މީހުން ކުރާ މަސައްކަތަކީ!
1264އަހަރު
03 May 2025
މިވަރަށް ދޮގުހެދުމަށް ދެވިހިފާފައިވާ މީހެއް މިނޫނީ ނުދެކެން. ހަމަ ރަނގަޅައްވެސް ދޮގުހެދުމަށް އެޑިކްޓްވެފައި.
ޗޫޤީ
03 May 2025
އުޅަނދުތައް އޮޕަރޭޓް ކުރަނީ އިންޑިޔާގެ ރައްޔިތުން އަދި ވަކިން ޚާއްސަކޮށް މިލިޓަންޓުން ކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ސިޔާސީ މީހުންނަަށް އެކަން އަދި ކަމަކަށް ނުވިޔަސް.
ވެންގަބޯ
03 May 2025
ރަނގަޅު ވާހަކައެއް ސަރުކާރުން ބޭނުން ވާގޮތަށް ކަންކަން ބަދަޅު ކުރަމުން ތިގެންދަނީ އެންމެ ފަހުން ތިގެނައި ބަދަލުން ވެސް އިގިޖެއް ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅިފަކަން މުޒާހަރާ ތައް 3 ސަރަހައްދަކަށް ބަދަޅުކުރީ ބިރުން ވެއްޓިދާނޭތީ %20 ވެސް މިހާރު ނުލިބޭނެއެވެ ކެރެންޏާ ނިކަން ވެރިކަމުގައި ހުންނަން ފެންނަ ނުނެންނަ ވޯޓެއް ނަގާ ބަލާ ނުކެރޭނެއެވެ މިހާރު ނެގިޔަސް އަންނާނީ ވެރިކަމުގައި ހުންނަން ނުފެންނަކަމަށް.؟