ޑްރަގްސް ބޭނުން ކޮށްގެން ހުރެ ދުއްވި ކާރު ޑްރައިވަރު ހމ. ފްލެޓްނަންބަރު 07-1-4، މުހައްމަދު މާއިސް، 23.--
04 މެއި 2025 - 11:54
މަސްތުވެގެން ހުރެ ނުރައްކާތެރިކޮށް ޓެކްސީ ކާރެއް ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4، މުހައްމަދު މާއިސް އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހައިވޭގައި ހެޑްލައިޓް ނުދިއްލާ، ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުލުހުންގެ އެންގުމުން ވެސް މަޑުނުކޮށް ދިޔަ ކަމަށެވެ.
އެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް، ހުޅުމާލޭ ހައިވަކަރު މަގުން ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލަށް އެ ކާރު ދަތުރު ކުރަމުން ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދުއްވާފައި ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ކާރު ދުއްވާފައި ދިޔައީ ބަމްޕަރުތަކަށާއި ގޯޅި އަޅާއިރު ވެސް ދުވެލި މަޑުނުކޮށެވެ.
ޑްރަގްސް ބޭނުން ކޮށްގެން ހުރެ ދުއްވި ކާރު.--
އެގޮތަށް ދުއްވަމުން ގޮސް ރަބަރުގަސްމަގު 97 ނަމްބަރު ފްލެޓް ކައިރިން ކާރު މަޑުކުރި އެ ކާރު ކައިރިއަށް ފުލުހުން ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި އެ ޓަޔަރު ފެނިފައިވަނީ 103 ނަމްބަރު ފްލެޓް ކައިރިން ކަމަށެވެ. އަދި ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިިބިފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ކާރު ދުއްވި މާއިސް ހައްޔަރު ކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފަ އެވެ.
ފުލުހުން ވަނީ އެ ކާރު ވެސް ޓޯކޮށްފަ އެވެ. ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ދުއްވީ އަވަސް ރައިޑުގެ ޓެކްސީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
04 May 2025
މީގެ ދެތިންމަސްފަހުން ހަމަތިޔަމީހާ ދުއްވާކާރަކުން މީހަކަށް އަނިޔާއެއްވިޔަސް ހައެރާންނުވާތި، ތިޔަމީހުންނަކީ ރިޕީޓެޑް ކްރިމިނަލްސް. ޕޮލިހުންނަށްވެސް އެނގޭ. އެކަމަކު އެމީހުންގެ ޑިމޮކްރަސީ ބޮޑުވެފަ ހިއުމަންރައިޓްސް ދިގުކަމުން ދޫކޮށްލާފަތިބެނީ.
ހަމިއްޓޭމަ
04 May 2025
ބައެއް މީހުންނަށް ކާރެއް ލިބުނީމާ ހީވާކަހަލަ ލައްކައެކޭ
އިދުރީހުބެ
04 May 2025
މިކަހަލުގެ މީހުން މިއުޅެނީ މުޒާހަރާ ކުރަން އެހެންމީހުންގެ ހައްގު ހޯދަދޭން އަވަދިނެތި ވާއެއް ނުވާއެއް ނޭގި.
ަސދދފގހކ
04 May 2025
ބައެއް ޓެކްސީ ޑްރައިވަރުން، މަސްތުވާތަކެތި ބޭނުންކޮށްގެން ދުއްވުމާއި، މީހުންގެ ފުރާނަ އަށް ނުރައްކާ ވާގޮތަށް ދުއްވުމާ، މީހުން ރަހީނުކުރުމާއި، ހިތުހުރި އަގެއް ޗާޖު ކުރުމާއި މިފަދަ އެތަކެއް ގިނަ މައްސަލަތަކެއް އެބަހުރި. ސަރުކާރުގެ ޓެކްސީ ފްލީޓް ވީހާވެސް އަވަހަކަށް ފަށަން ޖެހޭ އެނޫންގޮތަކަށް މިކަމެއް ރަނގަޅު ނުވާނެ.
ޕައިލެޓް ބޯއީ
04 May 2025
ޓެކްސީ ކޮމިއުނިޓީ ގަ އުޅޭ ގްރޫޕް މިކަން ޤަބޫލުކުރާނެބާ؟ ހިއެއް ނުވޭ ކުރާނެހެން
ޖޮލީ
04 May 2025
އޭނަގެ ލައިސަން 5 އަަހަރަށް ސަސްޕެންޑްކުރޭ.
ގާސިމް
04 May 2025
މާލޭގަ ދުއްވާ ޓެކްސީތައް ރަގަޅައް ރެގިއުލޭޓްކޮއް، ޑްރައިވަރުން ޔުނީފޯމް ލައްވާ، ޓެކްސީ ފީ ހާއްސަ ބޭންކް އެކައުން ޓަކަށް ޖަމާ ވާ ގޮތް ހަދަންވީ. ކޭޝްލެސް ޓެކްސީ.
ހަމަޖެހިބަލަ
04 May 2025
ޑްރައިވަރުން ޔުނިފޯމު ލައްވަންށޭ؟
އެޑްމުންޑޯ
04 May 2025
ދެން މިޒުވާނާގެ ދިފާއުގައި ނިކުންތަން ފެންނާނީ
މިސް
04 May 2025
ނޫސްވެރިޔާއަށް އެއީ އަވަސް ރައިޑްގެ ޓެކްސީއެއްކަން އެގުނީ ކިހިނެއްތޯ؟ މީސްމީހުންގެ އަމިއްލަ ޓެކްސީގއިވެސް އަވަސް ރައިޑް ސްޓިކަރ ހަރުކޮށްގެން ދުއްވާ، އަވަސް ރައިޑް ސްޓިކަރ ޖެހި ކޮންމެ ޓެކްސީއަކީ އަވަސް ރައިޑްގެ ޓެކްސީއެއްނޫން، ނޫސްވެރިކަމުގައި މީހުންނަށް އޮޅުން ނާރާނެ ގޮތަށް ލިޔުންތެރިކަން ގެންގުޅުން އެދެން،
ހަމަހޭ123
04 May 2025
ނޫސް ވެރިޔާ ބުނެފައި ވަނީ "ފޮޓޯއިން ފެންނަ ގޮތުގައި" ކަޑައެޅިގެން ނުބުނޭ އަވަސް ރައިޑުގެ ޓެކްސީއެކޭ.
ވަތަންގެ ދަރި
04 May 2025
އަދިވެސް ސަރުކާރުން ޓެކްސީ ހިދުމަތް ފަށާތީ ތެޅިބާލާ.