ޗީފް އިންސްޕެކްޓާ ސާމިހު: އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ވަނީ ވަކިކޮށްފައި - ފޮޓޯ: މިހާރު
05 މެއި 2025 - 18:05
ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.
ސާމިހު އެ މަގާމުން ވަކިކޮށްފައިވާކަން "މިހާރު" އަށް ޔަގީން ވެފައިވާއިރު، އޭނާ އައްޔަންކުރީ އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަށެވެ. އެއީ ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމަންޓެވެ.
ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކުރިއިރު އޭނާ ހުންނެވީ ކުރިއްސުރެ ހަމަޖައްސާފައިވާ ޗުއްޓީއެއްގައި ކަމަށް އެނގިފައި ވެ އެވެ.
ފުލުހުންގެ މި ފިޔަވަޅާ ގުޅިގެން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ސާމިހު އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާ އެކަމަށް ޑިމާންޑް ކުރަމުން ދަނިކޮށެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ސާމިހު އިސްކޮށް ހުންނެވިއިރު، އެ ތަހުގީގާ މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. އެ ތަހުގީގުގެ ކުރީކޮޅު ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުންތައް އޮތްއިރު، އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާ އެކު އެ ރޭ އުޅުނު އެހެން ޒުވާނުން ތަހުގީގަށް ހާޒިރު ނުކުރެވި، އެ މީހުންގެ ސާމްޕަލް ވެސް ނުނަގާ ލަސްކުރި ކަމަށް ފުލުހުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެ ޒުވާނުން ސާމްޕަލް ދޭން އިންކާރު ކުރުމުން އެކަމަށް ފުލުހުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އޭގެފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ މައްސަލަތައް އެ އޮފީހަށް ފޮނުވުމަށް ފުލުހަށް އަންގައިފަ އެވެ.
ޔުމްނުގެ މައްސަލައިގައި އޭނާއާ އެކު އެ ރޭ އުޅުނު ރައުދު ޒިލާލު ހައްޔަރު ކުރުން ފުލުހުން ލަސްކުރުމަކީ ވެސް ތަހުގީގާ މެދު ސުވާލު އުފައްދަމުންދާ ކަމެކެވެ. ރައުދު ހައްޔަރުކޮށްފައިވަނީ އެ މައްސަލާގައި ޒުވާނުން ރުޅިގަދަވެ، ބޮޑު މުޒާހަރާއެއް ކުރި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެ
06 May 2025
މީގައި އިންސާފަކީ ކޮބާ؟ ސާމިހުއަކީ މޮޅު ރަނގަޅު އިންވެސްޓިގޭޓަރެއް. އެހެން ބަޔަކު ފަހަތުގައި ތިބެގެން ކުރި ކަމެއް.
ލައިކް އައްޕަތުޅޭ ސްޓޭއިން
06 May 2025
ސްމޯލް ފިޝް ގޮއިން. ބިގް ފިޝް ސްޓޭއިން
ހަމަދު ސަލީމް
06 May 2025
މޮޅުނަމަ އެހެންމީހުން ބުނާހާގޮތެއް ނަހަދާނެ. އެހެންބައެއްގެ ނުފޫޒެއް އަންނަންޏާ އިސްތިއުފާދޭނެ.
ވަޒީރާ
06 May 2025
ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނާއި ޔުނިފޯމު ބޮޑީސްތަކުގެ ޔުނިފޯމު އަޅާ މުވައްޒަފުން ވާންޖެހޭނީ ގައުމީ މަސްލަހަތާއި ގައުމިއްޔަތު އިސްކުރާބަޔަކަށް، ބައެއްފަހަރު ފަރުވާކުޑަވެގެން، ބެއްފަހރު ގަސްދުގަ ކަންކަން އިހުމާލުވައްޏާ މިގައުމުގެ މުސްތަގުބަލެއް ނެތް.....
ޔަގީންޓާރ
06 May 2025
ވަރަށްވެސް ދެރަ ނިންމުމެއް!، މިއީ އެތަކެއް އަހަރެއްގެ ޓްރެއިނިންގ އާއި ތަޖުރިބާ އެ ޑިޕާޓްމަންޓުން ގެއްލިގެން ދާނޭ ނިންމުމެއް! ބަޔަކުކޮއްލާ މުޒާހަރާއަކުން ނުވަތަ ކޮއްލާ ޓްވިޓަރ އަކުން އެއަކެއް ޚިދުމަތްތަކެއް ކޮއްފައިވާ މީހުން މަގާމުތަކުން ދުރުކުރުމަކީ ހިތާމަވެރިކަމެއް!
މުވައްސަސް
06 May 2025
މާނައަކީ ސާމިހު ނޫން މީހަކު ނެތޭތަ؟ ލޮލް
ޕޮލިޓިކަލް އާރޓް
06 May 2025
އޮނަރަބަލް އަފީފުދީދީ އަކީ ފުލުހެއް
ދެރަ
06 May 2025
ޕްރަމޯޝަނެއް ނޫންތޯ އެ ލިބުނީ، ކުރިއަށް ވުރެ ބޮލަށްފަސޭހަވާނެ،
އަހުމަދު މީމު
06 May 2025
ވަރައްސަލާމް
ބޯހަލާކުކު
06 May 2025
ހެޔޮނުވާނެ. ސަރުކާރުން ވެއްޖެ އޮނަރަބަލްއަފީފު ދީދީއަށް ވަޒީފާއެއްދޭން. އެބޭޅާ ކުރާހާ ކަމަކީ މި ނޫހަށް ކޮމެންޓްކުރުން. ލައިފްލެސް ވެގެން. އޭނާ ވަޒީފާގައި އުޅޭމީހެއް ނަމަ ވެއްޖެ އޮފީސް މަސައްކަތް ކުރޭތޯ ބަލަންވެސް. ހުރިހާ ކަމަކަށް އަނގަ ބާނައޭ އެބަ. ނޭނގޭ ކަމެއްވެސް ނޯވޭ
އަނދުން
06 May 2025
މަރުތަކުގެ ތަހިގީގު ކުރާ ޑިޕާޓްމަންޓުންވަކިކޮށް ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމަންޓަށް މި އައްޔަންުރީ، ބޯހަލާކު
ރިޓަޔަރޑް ބަޓް ނޮޓް ޑެޑް
06 May 2025
ސިޔާސީ ސަބަބުތަކަށް ބަލައިގެން ނޫނީ ސިޔާސީ ބޭނުމެއްގަ ފުލުހުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުން އެއީ ވަރަށް ދަށުދަރަޖައިގެ އަދި ދުރުމުސްތަގުބަލަށް އޭގެ ގެއްލުން އިންތިހާއަށް މުއައްސަސާއަށް އޮތް ކަމެއް ކަމުގައި ދެކެން، ފުލުހުންގެ ތެރޭގައި ޢާއްމުން ގަބޫލު ނުކުރާ ނޭދެވޭ ކަންތައްތައް ހިނގާކަމީ ހަގީގަތެއް، ނަމަވެސް އެފަދަ ކަންކަން ހައްލު ކުރަން ކަމާއި ނުބެހޭ އިހްލާސްތެރި ފުލުހުންނަށް އަދަބު ލިބޭގޮތް ވުމީ ދެރަ ކަމެއް.
އިންސްޕެކްޓަރ މެންގްރޫވް
06 May 2025
ކޮބާ މީނާއަށް ކިޔަވައިދިނުމަށް ދަޢުލަތުން ކުރި ހަރަދުގެ ބޭނުމެއް؟ މަތީ ރޭންކް ދޭންވެގެން ރާއްޖެއިން ބޭރުން ތަމުރީން ހަދުވާ އަހަރަކު އެއްފަހަރު ތަރިއެއް ދެމުން ދެމުން އެދަނީ. ރައްޔިތުން ބުނާހާގޮތަކަށް މުއައްސަސާއެއް ނުހިންގޭނެ. ތި ޔުނިފޯމާ ޤާނޫނު ތަންފީޒު ކުރުމަކީ ރައްޔިތުން ދުވަހަކުވެސް ރުހޭނެކަންކަމެއް ނޫން. އެހެންނެއްނޫން، ގޯސްކޮށް ކަމެއްކުރާ ކޮންމެމީހަކަށް ނަސޭހަތްދީފަ ދޫކޮށްލީމަ ބުނާނެ ވ.ރަނގަޅު ކޮޕުން އުޅެޔޭ. ރައްޔިތުން ބޭނުންވަނީ އެގޮތް.