"މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)" ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
07 މެއި 2025 - 11:08
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްނަގައިގެން އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
"މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)" ގެ ނަމުގައި ފެށި މަޝްރޫއުގައި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީން ބައިވެރިވެ އެވެ. މިފްސީގެ ދަށުން ބީއެމްއެލް އިން ކުރިއަށް އޮތް ތިން އަހަރު، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ އެވެ. އެމްއައިބީން 30 މިލިއަން އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރަން ވަނީ ނިންމާފަ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު. އެމަނިކުފާނު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާ ކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
"އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން. އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް މިހާރަށް ވުރެ ފުޅާކުރުމަކީ، އެމްއެމްއޭއިން 2025-2027 ވަނަ އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ރާއްޖެއަކީ މި ސަރަހައްދުގެ ހަބަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
"އެމްއެމްއޭ ތަންވީލް ޕްރޮޖެކްޓް މިހާރު ވަނީ ފަށާފައި. އޭގެ ބޭނުމަކީ އާންމުން ހޭލުންތެރިކޮށް، އިންސްޓިޓިއުޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ ގަވަރުނަރު މުނައްވަރު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން މުޖުތަމައުގައި އިގްތިސާދީ ހަމަހަމަކަން އިތުރުކުރެވޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ގަވަރުނަރު ވިދާޅުވީ، މިއަދު ފެށި މިފްސީ ޕްރޮޖެކްޓްގެ ދަށުން މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމް ކުރުމަށާއި އިގްތިސާދު ކުރިއެރުވުމުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރު ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ފަހިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފްސީ އަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ދިރާސާއެއްވެސް ކޮށްފަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އަންހެނުންނާއި މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއިއްޒު
07 May 2025
ކޮބާތަ ތި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން؟ އެ ފެނުނު މީހަކު އުޅެންޏާ އެ އެއްޗެއް އޮތްނެއް ބުނެލަދީބަލަ.
ޢަލީ ކުރުސީ
07 May 2025
މި ރައީސް ތަފާތުވާނެ! ބޮޑެތި މާސިންގާ މަޝްރޫޢުތައް އެހެރަ ފަށާލަނީ! އަނެއްކާ 2000 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު! ހަރާން މީގެތެރޭގައި ލޮލަށް ފެންނަކަމެއްއް އޮތްނަމަ!
56565
07 May 2025
ކަނު މީހުނަށް ފެންނާނީ އަނދިރިކަން އެކަނި.
raajje
07 May 2025
ހަމަހުސްއަނގަތެޅުންނޫންކަމެއްވާތަނެއް އަދިއެއްނުފެނޭ! މާލޭގެ ބައެއްމަގުތައް ރޫޅަރޫޅާފަ އެބަހަދާ، އެއްވެސްރަަށަކަށް ކަމެއްކުރެވޭތަނެއް ތަރައްގީގެ ކަމެއްހިނގާތަނެއްނުފެނޭ، ފާހަގަކޮށްލެވޭފަދަ ތަރައްގީގެއެއްވެސްކަމެއް އަދިމިވީހާތަނަށް މިސަރުކާރުގައި ކުރެވިފައިއޮތްކަން އަޅުގަނޑަކަށް ފާހަގައެއްނުވޭ
ވަހީދުެ
07 May 2025
ބަސް ވަކިކޮށް ލިޔަން ދަސްކޮށްބަލަ
އާޓިސްޓް
07 May 2025
މިހެން މޮޅެތި މަސްރޫއުތައް އިއުލާން ކުރީމަ ނިމުނީތަ؟ މިދިޔަ އަހަރު އިއުލާނުކުރި ކުރިއޭޓިވް އިކޮނޮމީ ފަންޑު ކިޔާފަ ވެސް. އެޔައް ވެސް އެޕްލައިކޮށްގެން ވެސް އަދި އަދައްދާންދެންވެސް ޕްރޮސެސިންގ ގަ. އިއުލާނުކޮށް ހަބަރުގަ ޖަހާއިރު ރައްޔިތު މީހާ އަށް، އެއްޗެއް ލިބޭތަން ނުފެނޭ. ކުރިއޭޓިވް އިކޮނޮމީ ފަންޑްގެ ހާލަތެއް ކޮންމެސް ނޫސްވެރިޔަކު ޗެކު ކޮއްލަދީބަލަ
ދަންނަނުދަންނަ
07 May 2025
ސާބަހޭ ރައީސް. ބިލިއަން ޑޮލަރުގެ ޢަދަދުތައް ޖަހާލެވޭ ވަރުގެ ހެޑްލައިންތައް ނޫސްތަކުހައި ޖަހާލަންވާނެ ކޮންމެ ދުވަހަކުވެސް. އަލީ އެކްސްޕްރެސް އަށް އޯޑަރުދިން ޖުއްބާ ލިބުނީމަ މަވެސް ދާނަން ޕްރިންސް ހެދިފަ ރައީސްއާއި ބައްދަލު ކޮއްލަން
އެއްކަލަ މީހާ ދޯ
07 May 2025
މި އަނެއްކާ ކޮން ޕްރިންސެއްގެ ކުންފުންނެއް ބާ؟
ވަތަންގެ ދަރި
07 May 2025
އެމް އެމް އޭގެ ޒިންމާ އެނގުނު ސަރުކާރާ މީހުން، އަދި ވެރިކަމަށް އެރުމާއެކު ރައްޔިތުމީހާގެ ޖީބުތަޢް ފުރައިދިން ސަރުކާރާ މީހުން ވަނީ ވެއްޓިގެން ގޮއްސަ. ހިތާމައަކީ މި ހުރިހާ ކަމެއްކޮށދިން ސަރުކާރު ވެއްޓިގެން ދިރައިރު މި ގައުމުވަނީ އެތޭންނާ ބޭރުން ސަލާމަތް ނުވާވަރަށް ދަރުވާފަ.އަދަބެއް ސަދަބެއްނެތް، މަސްތުވާ ތަކެއްޗާ، ދުންފަތަށް ދެވިހިފައިފައިވާ ޒުވާން ޖީލެޢް އުފަން ކުރުވާފަ.
ފޮޓޯވާހަކަ
07 May 2025
އަބަދުވެސް އިފްތިތާހުކުރުމާއި ސޮއި ކުރުމުގަ، ރައްޔިތަކާ ހަމައަށް ކަމެއް ފޯރާ ފެންނަވަރެއް ހަމަނުވޭ، ޅެންފަރުވާގެ ތަރައްގީ އަކީ މިކަހަލަ ހުފެނީ ކަމެއްވީމަ ވާގޮތް، މިދައުރުގައި އޮތީ ހުސް ޅެންފަރުވާ ތަރައްގީ ކަމަށްބުނަނީ...
ރަގަޅު ކަމެއް ގޯސްކޮށް ކުރުން
07 May 2025
އެމްއެމްއޭގެ ޒިންމާ އެމްއެމްއޭ އަކަށް ނޭނގެ. އެއީ ތިވާ ގޮތަކީ. ތީ މަނާކަމެއް.