ޖުޑީޝަރީ ކޮމިޓިން ވަކިކުރި އިސްމާއީލް ނިޒާރު؛ ދެ ދުވަސް ފަހުން އޭނާ ވަނީ އަލުން ކޮމިޓީއަށް އައްޔަންކޮށްފައި -- ފޮޓޯ: މަޖިލިސް
08 މެއި 2025 - 12:06
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ގެނައި ބަދަލު އެއް ދުވަސް ފަހުން ރުޖޫއަކޮށްފި އެވެ.
ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނައީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ ދުވަހު ރިޔާސަތުން އިއުލާނުކުރި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ އަލުން އައްޔަން ކޮށްފަ އެވެ.
ނަމަވެސް ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޓީން ވަކިކުރި މެންބަރު ނިޒާރު އެވެ.
އެ ބަދަލު ސާފުކޮށްދެއްވަމުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރަކް ވިދާޅުވީ، ނިޒާރުގެ ބަދަލުގައި އިތުރު މެންބަރަކު ކޮމިޓީއަށް ހަމަޖެއްސީ ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރުމަށް ނިޒާރު އެ ވަގުތު ސެމިނާއެއްގައި ހުންނެވުމުން ކަމަށެވެ.
"ނިޒާރު ތަމްސީލް ކުރައްވާ ޕާޓީގެ ފަރާތުން އެ ބަދަލު ގެނައުމަށްފަހު އިސްމާއިލް ނިޒާރު އެނބުރި ކޮމިޓީއަށް ގުޅިފައިވަނީ،" ހުސްނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން ސާފުކޮށްދިނީ މި ބަދަލަކީ ކޮމިޓީން ކުރަމުން އަންނަ ވަކި މަސައްކަތެއް ކުރުމަށް ގެނައި ބަދަލެއް ގޮތަށް ދޭހަވާ ގޮތަށް މީޑިއާގައި މި ވާހަކަތައް ފެތުރުމުން ކަމަށެވެ.
ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެދޭތެރެއިން ބަދަލު ގެނައި ނަމަވެސް، ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރަން ދާ މުއްދަތުގައި ބަދަލުގައި ކޮމިޓީއަށް އިތުރު މެންބަރަކު އައްޔަން ކުރުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުން ބޭރު ދުވަހެއްގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި ނަމަވެސް، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިއަދަށް ތާވަލެއް ނުކުރެ އެވެ. މިއަދު ތާވަލްކޮށްފައި އޮތީ ގޭންގު ކުށްތަކުގެ ބިލާއި ބަންޑާރަ ނައިބު އޮފީހުގެ ބިލު ދިރާސާކުރުމެވެ.
ފަނޑިޔާރުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާކުރުމުގެ މައްސަލަ ކޮމިޓީގައި އޮތްނަމަވެސް، އެ މައްސަލަ ދެ ފަހަރަށް އެޖެންޑާ ކުރުމަށް ފަހު ހޯމަ ދުވަހު ވަނީ ބައްދަލުވުން ކެންސަލް ކޮށްފަ އެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ރިޕޯޓް މެންބަރުން ދިރާސާކުރުމަށް ފަހު، ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ފެންނަ ނަަމަ، އެކަން ކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެން ހެޕީ
08 May 2025
ކުރިން ބުނިއެތި ކެންސާ...........ލް
ސަޅި ގައުމެއް
08 May 2025
ހުދު ގަމީސް ލައިގެން މުޅި ގައުމު ލޫޓުވުމުގަ..މީ އަޅެ ސަދޫމް ތަ
ކަރާސީނު
08 May 2025
މިހެންވެ ބުނެވެނީ އުނބުޓާން ނަގާ ވާހަކަ!
ފުކުރޭ
08 May 2025
! ވައްކަން ކުރާ މީހުން އެއްޗެހި ފޮރުވަން އެއްތަނުން އަނެއްތަނަށް ބަދަލު ކުރާ ގޮތަށް ތި މީހުން ހެދުން ކަޑަ
ކޮސް
08 May 2025
ކޮންމެކަމެއް ކުރިއަސް މިވެރިންގެ އުޞޫލަކީ ބަތްކައްކާ ކުޅޭ ގޮތަށް ކަންކަން ރާވާ ހިންގުން.
އުދުހޭ
08 May 2025
ތެޅިބާލަނީތަ
އަޅުގަ
08 May 2025
ބަތްކައްކާކުޅޭ
12321
08 May 2025
އަފީފު ދީދީ އަބަދު އެއްފަޑިޔާރު ޕްރޮމޯޓްކުރީމަ ކަމަކުނުދޭ، އަދި ހުސްނު އައް ސުއޫދު، ގެ ނަންލިޔާގޮތްވެސްތަފާތީ، މި ތަޖުރިބާކާރު ޔާމީންގެ ކެންޑިޑޭސީ މައްސަލައިގަ މުތުލަގައް ސާބިތުދަރަންޏޭ ކިޔާފަ ގޯސްހުކުމެއް ކޮށް ކެންޑިޑޭސީ ބާތިލްކުރީ
ާވަންޗުންވިގަމް
08 May 2025
ހަދާނެ ނުހަދާނެޔެއް ނޭނގިގެންތަ މި އުޅޭނީ؟ ކުރާނެ މަސައްކަތެއް ނެތިގެންތަ، އިރުއިރުކޮޅާ އެއްތަނުން އަނެއްތަނަށް މީހުން މި ދަމަނީ؟
އޮނަރަބްލް އަފީފު ދީދީ
08 May 2025
ސުޕްރިމްކޯޓްގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު، ރާއްޖޭގެ މަޝްހޫރު ޤާނޫނީވަކީލު ހުސްނު އަލް ސުޢޫދު މަޤާމުން އިސްތިޢުފާދެއްވާ 17 މާޗް 2025 ގައި ރައީސުލް ޖުމްހޫރިއްޔާއަށާއި ޖޭއެސްސީއަށް ފޮނުވިސިޓީގައި އިސްތިޢުފާ ދެއްވާސަބަބު ސާފުކޮށް ލިޔެ ހާމަކޮށްފައިވޭ. އަދި މިމައްސަލަ ދުނިޔޭގެ ސަމާލުކަމަށްގެނެސް "ދިވެހިދައުލަތުގެ ސުޕްރިމްކޯޓް ހިމާޔަތް ކޮށްދިނުމަށް" ޔޫއެން ހިއުމަންރައިޓްސް ކޮނިޝަނަށާއި އީޔޫ އަދި ކޮމަން ވެލްތަށްވެސް އެބޭފުޅާ ހުށަހަޅާފައިވޭ.
އޮނަރަބްލް ބުލްބުލް
08 May 2025
ރާއްޖޭގެ މަޝްހޫރޫ ނޫސްކޮމެންޓަރ އޮނަރަބްލް އަލްއަފީފް އަލްދީދީ މިތަނުގައި ކިތަންމެ ވަރަކަށް ކޮމެންޓް ކުރެއްވިއަސް ސަރުކާރު ގުޑުވައެއް ނުލެވޭނެ.
ކުނބުރަހިމު
08 May 2025
މަށަށް މީރު ހުސްނޫގޭ އަލް ބަޖިޔާވެސް.