ޖުޑިޝަރީ ކޮމިޓީން ވަކިކުރި މެންބަރު އިސްމާއިލް ނިޒާރު: އޭނާގެ ބަދަލުގައި ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ކޮލާމާފުށީ ދާއިރާގެ މެންބަރު --
07 މެއި 2025 - 11:26
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ބަދަލު ގެނެސްފި އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި މެންބަރު ވަނީ ބަދަލުކޮށްފަ އެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. އޭނާގެ ބަދަލުގައި ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ.
މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެދޭތެރެއިން ބަދަލު ގެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގިނަ ކޮމިޓީތަކެއްގެ ބައްދަލުވުން މިއަދަށް ތާވަލުކޮށްފައިވީ ނަމަވެސް، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދަކު ނެތެވެ. އިއްޔެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ހެނދުނު 11:00 އަށް ތާވަލުކުރި އެވެ. އެކަމަކު، އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުން ފަހުން ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.
ޖުޑިޝަރީ ކޮމިޓީގައި މި ވަގުތު އޮތީ ފަނޑިޔާރުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާކުރުމެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ރިޕޯޓް މެންބަރުން ދިރާސާކުރުމަށް ފަހު، ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ފެންނަ ނަަމަ، އެކަން ކުރާށެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލްމީ
07 May 2025
އިސްމާޢީލް މެން ބޮޑެތި ކޮށްފައި ތިބީ ހެޔޮ ތަރުބިއްޔަތާއެކު. ހަމަޔާ ނަހަމަ އެނގިލައްވާނެ. ޕާޓީ އަކަށް ނުބަލާނެ. އިންސާފަށް ލޯބިކުރާނެ. އެހެންވެ ވަކިކޮއްލީ.
ކަލަކުވޭ ބިރުވެތިވޭ!
07 May 2025
ހީވާ ހީވުން ތަކެއްގެ މައްޗަށް، ލަފާ ކުރެވޭ ލަދާ ކުރުން ތަކެއްގެ މައްޗަށް، އެހެން ބަޔަކު ބުނި ބަހަކަށް ނުވަތަ އެހެން ބަޔަކު ކުރި އަމަލަކަށް އަޒްމިރައްލާއަށް އަނިޔާވެރި ވުމަށް ރިޕޯޓު ލިޔުނު ޖޭއެސްސީ މެންބަރުން ހަނދާން ބަހައްޓަން ވީ މިނޫން ދުވަހެއް އޮތް ކަމާ މާތް ﷲ ގެ ހަޒުރަތުގައި އެދުވަހުން ތިމާމެންގެ ގުނަވަންތައް ވެސް ތިކުރާ ކަންކަމާ ލިޔާ އެއްޗިއްސަށް ހެކި ދޭނެކަން. އެދުވަހުން ކާކުބާ ތިމާމެން ތި ހިންގާ ނުބައި ޖަރީމާތަކުން ސަލާމަތް ކޮއްދޭނީ؟
އާދަނާ
07 May 2025
ހީވަނީ ކަންނޭގެ މުއިއްޒު އެދުވަހުން ވެސް މިމީހުން ސަލާމަތް ކޮއްދީފަ ބޮޑެތި މަގާމުތަކާދުނިޔަވީ ފައިދާ ކޮއްދޭނޭ. ކީއްކުރާނީ. މާތްކަލާންގެއަށް ބިރުވެތިވުމެއް ވެސް ނެތް
ސައްހާފް
07 May 2025
މިކަމުގައި އައްޑޫ ހުރިހާ މެމްބަރުން އެއްބަހެއްކިޔާ، ޤާނޫނުގެ ބާރު ނަގާލާ ސުޕްރީމް ކޯޓު ހައިޖެކް ކުރުމާ ދެކޮޅަށް ވޯޓު ދިނުން މުހިއްމު. އައްޑޫ މީހުންނަކީ، އަބަދުވެސް ހައްޤަށް ނަސްރުދޭބަޔަކަށްވާންވާނެ، އެއީ ތިމާގެ މިތުރުންނާއި ދެކޮޅަށް ބަސްބުނުންކަމަށްވިޔަސް. ނިޒާރު، ދީދީ، ޝާހިދު، އިބްރާހިމް ދީދީ، ނާޒިލު، އަޒާން އަދި ސިނާން މިކަމުގައި ބަހަކީ އެއްބަހަކަށް ހަދަންޖެހޭ. އައްޑޫގެ ނަމާއި ފަޚުރު ހަމައިސްކޮޅަށް ތެދުކުރަންޖެހޭ.
އަފްރާސިޔާބު
07 May 2025
އެހެންވެގެން ހައްގަށް ނަސްރުދޭންވެގެން އިބްރާހީމްދިދީ އާ ޝާހިދު މެން ނުނިދާ އެހެރަ އުޅެނީ މުއިއްޒު ފައިބުޑަށްވެއްޓި.
ވޯލް
07 May 2025
ތިކޮމިޓީހައި އެބަތިބީ ޤާނުނީ ދާއިރާގެ ތަޖުރިބާ ހުރި މީހުން. މުޤައްރިރު ހުސްނީ މުބާރަކް އަކީ ރަގަޅަށް އެނގޭނެ މިޙާރު އޮތް ސުޕްރީމްކޯޓުގައި ތިބި ފަންޑިޔާރުން ނިންމާފައިވާ މައްސަަލަތަކުގައި އަދުލުވެރިންކޮށް ކަންކަން ކޮށްފައި އޮތްކަން. ދެން ހުރީ އަނާރާ ދީނުގައި މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނީމަ އޭނައަށް އެތުހުމަތު ބަރީޔަތް ވުމުގެ ފުރިހަމަ ފުރުސަތު ލިބެންވާނެކަން ރަގަޅަށް އެނގޭނެ. މިނޫން ދުވަހެއް އޮތްކަން ދެނެތިބެތި.
ވޯލް
07 May 2025
ކޮމިޓީގައި ބޭނުންހާ އެއްޗެއް ހަދަން ދެކޮޅު ހަދާތީ ބަދަލުކޮށްލީ. މިޖިލިސް ގައި މިހާރު މި ކުރިއަށްދަނީ، ޖޭއެސްސިގައި ކަންކަން ހިނގި ގޮތަށް. ކުރިން ހުރި ރައީސް އައްޔަން ކުރާ ޖޭއެސްސީ މެމްބަރު ބަދަލުކޮށްލާއިރަށް ސުޕްރިމް ކޯޓުގެ ފަންޑިޔާރުން ސަސްޕެންޑްވެ، އެމީހުންގެ މައްސަލައެއް ހިތުހުރިގޮތަކަށް ބަލާ ނިންމާލި.
އަހުމަދުއަލޯގެކޮއްކޮ
07 May 2025
ކޮބާހޭ ސޮއްފަތު ހަބީބުގެ މައްސަލަ؟؟؟؟ އޭނާ ނޫންނަތަ ހަމަ މަހާޒު ބުނިގޮތަށް އެކަން ކުރަން އުޅުނީ؟؟؟ ޒިހުުނީއަށް އޭނަ ގުޅީ ހަމަ ދޫކުރިކަން ނޭގި. އެހެންވީމަ ހަމަ އެމައްސަލަ ބަލަންވާނެ.
އޮނަރަބްލް އަފީފު ދީދީ
07 May 2025
ދިއްގަރު ދާއިރާގެ ގޮނޑީގައި އިންނެވި ކ.މާލޭ ވިޔަފާރިވެރިޔާ "ނަމީރާ ނާޒިމް" އިސްވެހުންނަވައިގެން ދައުލަތުގެ ސުޕްރީމްކޯޓް ބެންޗްކޮށާލަން ކުރާމަސައްކަތަށް އައްޑޫސިޓީގެ މަޖިލިސް އެއްވެސް މެންބަރަކު އެއްބާރުލުންދިނުމަކީ އައްޑޫ ރައްޔިތުން އެދޭކަމެއްނޫން. ތިޔަ ޤާނޫނުއަސާސީ އިސްލާޙްކުރި މަޖިލީހުގައި އިސްދައުރެއް އަދާކުރި ޤާނޫނީގޮތުން ފަޙުރުވެރި މާޒީއެއްއޮތް އައްޑޫމީދޫ ހަސަންކާރިގޭ ހުސްނު އަލް ސުޢޫދު ފަނޑިޔާކަމުން ބޭރުކޮށްލީ ވެސް އޭނާގެ ރޭވުމުގެ ދަށުން.
ދޮނަޅަ
07 May 2025
ކޯޓް ތަކަށް އަތް ބޭނުން މިހިސާބުން ނިމުނީއެވެ.! އަޅެ ފަހެ މީހަކު ހޭ ބުއްދި ފިލައެއް ނުދާނެތަ!؟
އޮނަރަބްލް އަފީފު ދީދީ
07 May 2025
ޕީއެންސީގެ ދަފުތަރުގައި ތިބިކަމަށްވިޔަސް ތިޔަ އިއްޒަތްތެރި މެންބަރުންނަކީ "އައްޑޫސިޓީ ރައްޔިތުން، މަޖިލީހުގައި އެމީހުން ތަމްސީލުކުރާން ހޮވާފައިވާ މެންބަރުންނަށް ވާތީ" ޤާނޫނުއަސާސީގެ ރޫޙާއި ޙިލާފަށް މަޖިލީހުގައި ކުރާ އެއްވެސްކަމަކަށް ތިއިން އެއްވެސް މެންބަރަކު އެއްބާރުލުން ދިނުމަކީ އައްޑޫރައްޔިތުން އެދޭނެ ކަމަކަށްނުވާތީ އަޙްމަދު އަޒާމް މަރުޒޫޤު އާއި އިސްމާއިލް ނިޒާރު ފަދައިން ޕީއެންސީ ދަފުތަރުގައި ތިބި އައްޑޫ އެހެންމެންބަރުންވެސް އަމަލު ކުރައްވާ.
ނިމާސްޓަރ
07 May 2025
މީ ސިޓީއެއްފޮނުވިޔަސް ރައްދުވާފަރާތަށް ނުލިބޭ ސަރުކާރެއް. އިއްތިފާގުން ކަންތައްހިނގަމުންދާ ސަރުކާރެެއް. ހަމައެކަނި ރައްޓެހިންގެ ގުޅުމަށްބަލާފަ މިނިސްޓަރުކަންދޭ ސަރުކާރެއް. އެގެންވާކަންތަށް ނޭގޭ ސަރުކާރެއް.